ސަރުކާރު ހިންގުމަށް ބަދަލު އަންނާނީ ލީޑަރުންނާ އެކު މަޝްވަރާތައް ނިމުމުން: މަބްރޫކް

May 2, 2021, 6:07 PM
ކޯލިޝަން ލީޑަރުންނާ އެކު ރައީސް ސޯލިހް: ސަރުކާރަށް ގެންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށް މަބްރޫކް ވިދާޅުވި.

ކޯލިޝަން ލީޑަރުންނާ އެކު ރައީސް ސޯލިހް: ސަރުކާރަށް ގެންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށް މަބްރޫކް ވިދާޅުވި.

ކެބިނެޓާއި ސިޔާސަތުތަކަށް ވެސް ބަދަލު ގެނައުން ހިމަނައިގެން މުޅި ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަވަން ރައީސް އިބްރާހިމް ސޯލިހް ނިންމެވުމާ އެއްގޮތަށް މިހާރު ކުރިއަށް ދަނީ އެ ބަދަލުތަކާ ގުޅޭ ގޮތުން ކޯލިޝަން ޕާޓްނަރުންނާ އެކު މަޝްވަރާތައް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތަށް ސަރުކާރު ހިންގުމަށް ގެންނަން ޖެހޭ ބަދަލުގެ މަސައްކަތްތައް އެމަނިކުފާނު ފައްޓަވާފައިވާ ކަމަށެވެ. އެ ބަދަލުތައް އަންނާނީ އެ މަޝްވަރާތަކަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ކެބިނެޓަށް އިތުރު ވަޒީރުން އައްޔަން ކުރެއްވުމާއި އެއް ވުޒާރާގައި ހުންނެވި ވަޒީރު އަނެއް ވުޒާރާއަށް ބަދަލުކުރުމަކީ ޖުމްލަ ހައްލުގެ ތެރެއިން ކުޑަ މިންވަރެކެވެ. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް އަވަސް މިނެއްގައި ފުއްދައި ރައްޔިތުން ބަލައިގަންނަ މިންވަރަށް ނަތީޖާ ނެރެދޭން އެއަށް ވުރެން ގިނަ ވިސްނުންތަކެއް ރައީސް ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

"އެކަންކަމާ މެދު ކޯލިޝަން ޕާޓްނަރުންނާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާތައް އެބަދޭ،" މަބްރޫކް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވާހަކަ ދައްކަވަނީ: ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަވަނީ ނަތީޖާ ނެރުން ހަލުވި ކުރަން ކަމަށް ވިދާޅުވި. -- ފޮޓޯ/ރައީސް އޮފީސް

މަބްރޫކް ވިދާޅުވި ގޮތުގައި އެ މަޝްވަރާ ނިމުމުގެ ކުރިން އިތުރަށް އެކަމުގައި ދެއްވޭނެ ތަފްސީލެއް ނެތެވެ.

މި ވެރިކަން އުފެއްދި ކޯލިޝަންގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް އެވެ.

ކެބިނެޓުގައި އެކި ޕާޓީތައް ތަމްސީލްކުރައްވާ ވަޒީރުން ވެސް ބަދަލުކުރައްވަން ނިންމަވާފައިވާ އިރު އެ ބަދަލު ގެންނަވާ ސަބަބަކީ ރައީސް ލީޑަރުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ބައެއް ވުޒާރާތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރުމެވެ.

އެކި ވުޒާރާތައް ހިންގުމުގައި، ސިޔާސީ މަގާމްތަކަށް ކޯލިޝަން ޕާޓީތަކުން ވަޑައިގެންނެވި ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ މައްސަލަ ވެސް ރައީސް ވަނީ ލީޑަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. މިކަމުގެ ސަބަބުން ސިޔާސަތުތަކާއި މަސައްކަތްތައް ތަންފީޒުކުރަން ހުރަސްތައް މެދުވެރިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ކެބިނެޓަށް ގެންނަވަން ނިންމެވި ބަދަލުތައް މިހާތަނަށް އާއްމުކޮށްފައި ނުވިޔަސް "އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި މުހިއްމު އެއް ބަދަލެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓަރު، ޒަހާ ވަހީދު މަގާމުން ވަކިކޮށް، އެ މިނިސްޓްރީ ހިންގަވަން އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަމަޖައްސަވާނެ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ އެންމެ ގާބިލް އެއް ނަމުގެ ތެރޭގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ހިމެނިވަޑައިގަންނަވާ ކަން އެނގިފައިވެ އެވެ.

ކެބިނެޓުގައި ދެން ބަދަލު އަންނާނެ ކަމަށް ބެލެވޭ ވުޒާރާއަކީ، ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އެވެ. އެ ވުޒާރާ ހިންގަވަނީ އެމްއާރުއެމްގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގަތް ޑރ. އިބްރާހިމް ހަސަން އެވެ. މީގެ އިތުރުން ޓެލެކޮމިއުނިކޭޝަން މިނިސްޓްރީއަށް ވެސް އާ ވަޒީރަކު އައްޔަންކުރައްވާނެ ކަމަށް ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox