ބަހުގެ ހިދުމަތް ހުއްޓާލުމުން އެމްޕީއެލްއަށް 60 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ

ސިނަމާލެ ބްރިޖު މަތީގައި އެމްޕީއެލްގެ ބަހެއް: ގްރޭޓާ މާލެ ސަރަހައްދުގައި މާލެ-ހުޅުމާލެ ރޫޓަށް ހިދުމަތް ދެނީ އެމްޕީއެލްއިން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ސިނަމާލެ ބްރިޖު މަތީގައި އެމްޕީއެލްގެ ބަހެއް: ގްރޭޓާ މާލެ ސަރަހައްދުގައި މާލެ-ހުޅުމާލެ ރޫޓަށް ހިދުމަތް ދެނީ އެމްޕީއެލްއިން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ގްރޭޓާ މާލެ ސަރަހައްދު ހިމެނޭ ގޮތަށް ތިން ސަރަހައްދެއްގައި އެމްޕީއެލްއިން ދެމުން އައި ބަހުގެ ހިދުމަތް ހުއްޓާލުމުން އަހަރެއްގެ މައްޗަށް 60 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްއިން ދެމުން އައި ބަހުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރަނީ އަންނަ މަހުން ފެށިގެންނެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތައް ދެ ކުންފުނީގެ މެދުގައި ކުރެވި މުޅި ހިދުމަތް އެއްކޮށް އަންނަ މަހުން ފެށިގެން އެމްޓީސީސީގެ ދަށަށް ބަދަލު ކުރެވޭނެ އެވެ.

އެމްޕީއެލްގެ ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ބަހުގެ ހިދުމަތް ދެމުން އަންނަ ސަރަހައްދުތަކަކީ ގްރޭޓާ މާލެ، ލ. އަތޮޅު އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އެވެ. އެމްޕީއެލްއިން ބޮޑު ހަރަދެއް ކޮށްގެން ޓްރާންސްޕޯޓް ޑިވިޝަނެއް ގާއިމުކުރުމުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އަދި އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށީ އައްޑޫ ސިޓީގަ އެވެ.

އެމްޕީއެލްގެ ސަތޭކަ މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓެއް

އެމްޕީއެލްގެ ޓްރާންސްޕޯޓް ލިންކް ހިދުމަތް ގާއިމުކުރަން އެ ކުންފުނިން ސަތޭކާ މިލިއަނެއްހާ ރުފިޔާ އިންވެސްޓް ކުރި އެވެ. ނަމަވެސް ހިދުމަތް ދެމުން ދިޔަ ތިން ސެކްޓާ ހިންގަމުން ދިޔައީ ގެއްލުމުގަ އެވެ.

އެމްޕީއެލްއިން މި ހިދުމަތް ފޯރުކޮށް ދޭން ބޮޑު ހޭދައެއް ކުރަމުން ދިޔަ އިރު، މި ހިދުމަތަކީ އާންމު ދަތުރުފަތުރުގެ ހިދުމަތެއް ކަމުން މިކަހަލަ ނިޒާމުތައް ގިނައިން ހިންގަނީ ގެއްލުމުގައި ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ކަަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ޓްރާންސްޕޯޓު މެންޑޭޓު ވަންނަނީ އެމްޓީސީސީގެ ދަށަށް ކަމުން އެ ބަދަލު ގެންނަން ނިންމީ ކަމަށް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކުރިއަށްދާ މަޝްވަރާތަކުގައި ބަހުގެ ހިދުމަތް ބަދަލު ކުރަން ނިންމި ނަމަވެސް އިންވެސްޓް ކުރި ފައިސާއާ ގުޅޭގޮތުން އަދި ގޮތެއް ނުނިމެ އެވެ.

ޝާހިދު ވިދާޅުވީ މިވީ މުއްދަތުގެ ތެރޭގައި ޑިޕްރިޝިއޭޓް ވެފައިވުމާ އެކު މިހާރު އެސެޓްތަކުގެ އަގު ހުރީ ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ކަމަށެވެ.

އެމްޕީއެލްއިން ބަހުގެ ހިދުމަތް ދޭން ގެންގުޅޭ ބަސްތަކަކީ ރާއްޖޭގައި މި ހިދުމަތައް ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު ބަސްތަކެވެ. އަދި އެ ކުންފުނީގެ ބަހުގެ ތެރޭގައި ޑަބަލް-ޑެކާ ބަސް ވެސް ހިމެނެ އެވެ. މި ހުރިހާ ބަހަކާއި، އެމްޕީއެލްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ހުރިހާ މުވައްޒަފުން އެމްޓީސީސީގެ ދަށަށް ބަދަލު ވާނެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މި ހިދުމަތްތައް ހުއްޓާލުމާ އެކު އެމްޕީއެލްގެ ޓްރާންސްޕޯޓް ލިންކް ހިދުމަތުގެ ތެރެއިން ދެމުން ދިޔަ ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތްތައް އެއްކޮށް ހުއްޓާލާނެ އެވެ. އަދި، ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ފޯކަސް ހުންނާނީ ބަނދަރުތަކާ ގުޅޭ މަސައްކަތަށް އެކަނި ކަަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލްގެ ދަށުން ހިންގަމުން ދިޔަ ބަހުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމުން ދެން ރާއްޖޭގައި ބަހުގެ ހިދުމަތްދޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ދޭނީ އެމްޓީސީސީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

އެމެރިކާއިން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފި

އެމެރިކާގެ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި، ރައީސް ޓްރަމްޕްގެ ދެކޮޅުހެދުންތަކާ އެކުވެސް އެގައުމުގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފިއެވެ. މި ނިންމުމުގެ ސަބަބުން ލޯނު ނަގާ ފަރާތްތަކަށް އުފުލަންޖެހޭ ބުރަ ބޮޑުވި ނަމަވެސް، މިއީ އިގްތިސާދީ ހަމަޖެހުމަށްޓަކައި އެޅި ޒިންމާދާރު ފިޔަވަޅެއް ކަމަށް ފެޑަރަލް ރިޒާވްއިން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox