ފެނަކައިގައި ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކޮށްފިން: ސައީދު

May 2, 2021, 11:01 AM
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު: ކޮރަޕްޝަން ނުހިންގޭނެ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ޝަޔާހު | އަދަދު

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު: ކޮރަޕްޝަން ނުހިންގޭނެ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ޝަޔާހު | އަދަދު

ކުރީގެ ސަރުކާރުގައި ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ސިފަކުރި ފެނަކައިގައި ކޮރަޕްޝަނަށް ހުޅުވިފައި ހުރި ހުރިހާ ދޮރުތަކަށް ބަންދުކޮށްފައިވާ ކަމަށާއި އެތަނުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް މިހާރު ނުހިނގާނެ ކަމުގެ ޔަގީންކަން މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ދެއްވައިފި އެވެ.

ގިނަ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ އަދި ކުރީގެ ސަރުކާރުގައި ވެސް ސިޔާސީ ވަޒީފާތައް ގިނަ، ފެނަކަ ކޯޕަރޭޝަންގައި ހިޔާނާތުގެ ގިނަ މައްސަލަތަކަކަށް ތުހުމަތުވެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރި އެވެ. އެ މައްސަލަތައް ކޮޅެއްގައި ނުޖެހި އުޅެނިކޮށް، މި ވެރިކަމުގައި ވެސް ފެނަކައިގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް، ނަޒާހަތްތެރި ކަމުގެ ވައުދުގައި ސޮއިކޮށްގެން ތިބި ކުންފުނީގައި ހިޔާނާތުގެ މައްސަލަތަކެއް ހިނގާ ކަން އޭސީސީއަށް ހުށަހެޅީ އެތަނުގެ މުވައްޒަފުންތަކެކެވެ. މުދަލާއި ތަކެތި ހޯދުމާއި މަޝްރޫއުތައް ހަވާލުކުރުމުގައި އުސޫލާ ހިލާފަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވުނު 22 މައްސަލައެއް އޭސީސީން ބެލި އެވެ.

މިކަން ރައީސް އޮފީހުގެ ސަމާލުކަމަށް އޭސީސީން ގެނައުމުން، އެކަން އިސްލާހުކުރަން ފެނަކައަށް އެންގި އެވެ.

ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ އެ ކުންފުނި ކޮރަޕްޝަނުން ސަލާމަތްވެފައިވާ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ޔަގީންކަން އަރުވަން ފެނަކައިގެ ތެރޭގައި މިއަދު ނުހިނގާނެ، ނުހިންގޭނެ ކޮރަޕްޝަންގެ އަމަލެއް އަދި ވައްކަމުގެ އެއްވެސް އަމަލަކަށް މަގުފަހިވާ ކަމެއް ވެސް ފެނަކައިގެ ތެރޭގައި ނުހިންގާނެ، ނުހިންގޭނެ،" "އަދަދު"ގެ "ކުޅިކޮށް" ޝޯގައި ސައީދު ވިދާޅުވި އެވެ.

ޝޯގައި ސައީދަށް އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އޭސީސީއަށް މިހާރު ހުށަހަޅާފައިވާ މައްސަލަތަކުގައި ވެސް ކޮރަޕްޝަނެއްގެ ކަމެއް ސާބިތު ނުވާ ކަމަށާއި އެންމެ ކުޑަ މިނުން ހުއްޓަސް ހުންނާނީ އުސޫލީ ކުދިކުދިން ގޯސްތައް ކަމަށެވެ.

އެ މައްސަލަތަކުން 99.99 ޕަސެންޓް މައްސަލާގައި އެއްވެސް ގޯހެއް ނެތްކަމަށް ނިންމާފައިވާކަން ވެސް ސައީދު ފާހަގަ ކުރެއްވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި، ފެނަކައާ މެދު ކޮރަޕްޝަންގެ އިނގިލިތައް ދިއްކުރަނީ ކުރިން ކަން ކުރަމުން ގޮސްފައިވާ ގޮތުންނެވެ.

"ފެނަކައާ ދިމާއަށް އެ އިނގިލި ދިއްކުރާނެ، ދިއްކުރަން ޖެހޭ ވަރަށް ބައިވަރު ސަބަބު އެބަހުރި، ސަބަބަކީ ފެށުނީންސުރެ އެތަނަކީ ވަރަށް ބައިވަރު ނާޖައިޒު ފައިދާތަކާއި ވައްކަމާއި ފަސާދައަށް ވަރަށް ބޮޑަށް ދޮރުތަކެއް ހުޅުވިފަ ހުރި ތަނެއް،" ސައީދު ވިދާޅުވި އެވެ.

ނަމަވެސް، މިހާރު އެ ދޮރުތައް ބަންދުކޮށް ފެނަކަ އިސްލާހުކޮށްފައިވާކަން ސައީދު ފާހަގަ ކުރެއްވި އެވެ. އެފަދަ ދޮރުތަކުން ފައިދާ ނަގަމުން ދިޔަ މީހުންގެ ޝަކުވާ މިހާރު އޮންނާނެ ކަމަށާއި ތަންތަނަށް ފެނަކައާ ގުޅޭ ޝަކުވާތައް ހިފައިގެން ދަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާނީ ތަބިއްޔަތުގަ ވެސް މަންފާއެއް ހުއްޓޭ ކަމުގައިވާ ނަމަ ޝަކުވާ އުފުލާނެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ނޯންނާނެ ކަމުގެ އަދި ސާބިތު ނުވާނެ ކަމުގެ ވެސް 100 ޕަސެންޓް ޔަގީންކަން ދެއްވަން ކެރޭނެ ކަމަށެވެ. ނަމަވެސް، އެފަދަ މައްސަލައެއް ފެންމަތިވެ، އިސްތިއުފާ ދޭން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox