ޕީއެސްޖީ ފަހަތަށް ޖައްސާލައި ލިލް އަލުން އެއް ވަނަ އަށް

May 2, 2021, 5:01 AM
ލަނޑު ޖެހުމަށް ފަހު ލިލްގެ ޔިލްމާޒް (ކ) އާއި ޑޭވިޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލިލްގެ ޔިލްމާޒް (ކ) އާއި ޑޭވިޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (މެއި 2) - ފްރެންޗް ލީގުގައި ރޭ ނީސް އަތުން 2-0 އިން މޮޅުވެ، ލިލް އަލުން ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މެޗަށް ލިލް ނުކުތްއިރު އެއް ވަނައިގައި އޮތީ ޕީއެސްޖީ އެވެ. އެއީ ރޭ ފުރަތަމަ ކުޅުނު މެޗުން ލެންސް އަތުން 2-1 އިން ޕީއެސްޖީ މޮޅުވުމުންނެވެ. ބާކީ ތިން މެޗަށް ނުކުންނައިރު ލިލް އެއް ވަނައިގައި އޮތީ 35 މެޗުން 76 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަނަށް ލިބިފައިވަނީ 35 މެޗުން 75 ޕޮއިންޓެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް 33 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖޫލިއަން ޑްރެކްސްލާ ދިން ބޯޅައަކުން ނޭމާ އެވެ. މިއީ އަނިޔާގެ ސަބަބުން މި ސީޒަނުގެ ގިނަ މެޗުތަކެއް ގެއްލުނު ނޭމާ މި ފަހަރު ލީގުގައި ޖެހި ހަތް ވަނަ ގޯލެވެ. ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 59 ވަނަ މިނިޓްގައި މާކުއިނިއޯސް ވަނީ ޕީއެސްޖީ އަށް ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން ލެންސްގެ އިގްނާޝިއަސް ގަނާގޯ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުއްމީދެއް ހޯދައިދީފަ އެވެ. އެކަމަކު އިތުރު ގޯލެއް ޖެހޭގޮތެއްނުވި އެވެ.

ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ނޭމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މި މެޗުގައި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ރިސްކުކުރަން ބޭނުންނުވި ކަމަށެވެ. އެއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގަށް އޭނާ ފިޓްކުރުމުގެ ބޭނުމުގައި ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

ލިލް އަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ 13 ވަނަ މިނިޓްގައި ތުރުކީގެ ފޯވާޑް ބުރަކް ޔިލްމާޒް އެވެ. މިއީ ޖޮނަތަން ޑޭވިޑް ދިން ބޯޅައަކުން ޔިލްމާޒް ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ނީސްގެ ޖޯޑަން ލޮޓޮންބާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ.

ނީސްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 55 ވަނަ މިނިޓްގައި ލިލް އިން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ގޯލު ޖެހީ މެހެމެތު ޒަކީ ސެލީކް އެވެ.

ލީގުގައި ލިލް އަށް ދެން ބާކީ އޮތީ ލެންސާއި ސެއިން އެޓިއެން އަދި އެންޖާސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. މި ތިން މެޗުން މޮޅުވެގެން 2011 ވަަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލިލް އަށް ފްރާންސްގެ ޗެމްޕިއަންކަން ހޯދޭނެ އެވެ. އެ ޓީމުން އެ ފަހަރު ލީގު ތަށި އުފުލާލީ 57 އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox