ވައުދު ފުއްދައި ހަލުވި ސްޕީޑުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީ: އިދިކޮޅު

May 1, 2021, 2:40 PM
އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީގެ އޮފީސް ކުރިމަތީގައި: މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ސަރުކާރު އިހުމާލުވެފައިވާ ކަމަށް އިދިކޮޅުން ދެކޭ. -- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީގެ އޮފީސް ކުރިމަތީގައި: މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ސަރުކާރު އިހުމާލުވެފައިވާ ކަމަށް އިދިކޮޅުން ދެކޭ. -- ފޮޓޯ/ ޕީޕީއެމް

މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ގާނޫނުތައް އަވަހަށް ފާސްކޮށް، ހައްގުތައް ކަށަވަރުކޮށްދިނުމުގެ ސްޕީޑު ހަލުވިކުރަން އިދިކޮޅުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީޕީއެމާއި ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ، މި ވެރިކަމުގައި މަސައްކަތްތެރިންނަށް ވީ ވައުދުތައް ނުފުއްދޭ ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެންމެ ކުޑަ އުޖޫރައަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކުރަމުން ބުނެފައި ވަނީ މިހާތަނަށް އެކަން ނުވެ އޮތީ ސަރުކާރުގެ އިިހްލާސްތެރިކަމެއް ނެތުމުން ކަމަށެވެ.

"މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރެވޭއިރު ސަރުކާރުގެ އެކި ލެވެލްތަކުން ނެރުއްވާ ބަޔާންތަކާއި ދައްކަވާ ވާހަކަތަކަށް އަމަލީ ސިފައެއް ނުގެނެވޭތީ ކަންބޮޑުވުންފާޅުކުރަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގާނޫނު ފާސްކޮށްފައިވާ އިރު ސަރުކާރުން މިއަދު ޔަގީންކަން ދިނީ މި އަހަރުގެ ތެރޭގައި އެކަން ތަންފީޒުކުރަން ފަށާނެ ކަމަށެވެ.

ޕީޕީއެމާއި ޕީއެންސީން ބުނީ މަސައްކަތްތެރިންގެ ދުވަސް މި އަހަރު އަރާ ހަމަކުރިއިރު ހައްގުތައް ގެއްލިފައިވާ ކަމަށެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި ނިކަމެތިވެ މަގުމަތިވެފައިވާ ކަމަށެވެ.

މަސައްކަތްތެރި އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފޭލްވެފައި ކަމަށް ވެސް ބުންޏެވެ.

ބަޔާނުގައި ބުނިގޮތުގައި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްދަތި އެތައް ކަމެއް ކުރިމަތިވެފައިވާއިރު މަސްވެރިން ބާނާ މަހަށް ހަމަ އަގެއް ނުލިބެ އެވެ.

"ކޯވިޑް-19ގެ ހާލަތުގައި ރެ އާއި ދުވާލު އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނާއި ފަންނީ މުވައްޒަފުންނަށް ހައްގު އުޖޫރައެއް ނުލިބެ އެވެ،" ބަޔާނުގައިވެ އެވެ.

އިދިކޮޅުން ބުނި ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ މަސައްކަތްތެރިންގެ ވެސް ހައްގު ހިމާޔަތްކުރާނެ ކަމުގެ ގިނަ ވައުދުތަކަކާ އެކުގަ އެވެ. އެކަމަކު އެކަން ފުރިހަމަ ނުވާ ކަމަށާއި އެކަންކަން ފުއްދަން ސަރުކާރުން މަސައްކަތް ކުރަން އިދިކޮޅުން ގޮވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox