އިނގިރޭސި ޕްރިމިއާ ލީގުގައި ރޯދަ ވިއްލަން ވަގުތުކޮޅެއް ދެނީ

May 1, 2021, 8:12 AM
އިނގިރޭސި ޕްރިމިއާ ލީގުގައި ރޯދަ ވިއްލަން ވަގުތުކޮޅެއް ދެނީ

ލަންޑަން (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެެރެއިން ކުޅުންތެރިއަކު ރޯދަ ވިއްލަން ބޭނުންނަމަ އެ އިންތިޒާމު ހަމަޖެހޭނެ ގޮތްތަކެއް ލީގުން ކަނޑައަޅައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ލީގުގައި ލެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗުގެ މެދުން ވަނީ ކުޑަ ވަގުތު ކޮޅަކަށް ކުޅުން މެދުކަނޑާލައިފަ އެވެ. އެއީ ލެސްޓާ ސިޓީގެ ޑިފެންޑަރު ވެސްލީ ފޮފާނާ އާއި ކްރިސްޓަލް ޕެލަސްގެ މިޑްފީލްޑަރު ޗެއިކް ކުޔާޓޭ ރޯދަ ވިއްލަން ވަގުތު ދިނުމުގެ ގޮތުންނެވެ. މިއީ ލީގުގެ ތާރީހުގައި މެޗެއް މެދުކަނޑާލުމަށް ފަހު ކުޅުންތެރިއަކު ރޯދަ ވިއްލަން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

އެކަމަށް އިޝާރާތްކޮށް ލީގުން ވަނީ ހުރިހާ ކްލަބަކަށް ހާއްސަ އެންގުމަކާ އެކު މެއިލް އެއް ފޮނުވައިފަ އެވެ. އެއީ މެޗެއް ފެށުމުގެ ކުރިން ރޯދަ އަށް ހުރި ކުޅުންތެރިންގެ ކަންކަން ރެފްރީގެ ސަމާލުކަމަށް ގެނައުމަށާއި މެޗުގެ މެދުން އެ ކުޅުންތެރިއަކު ރޯދަ ވިއްލަން ފުރުސަތު ދޭނެތޯ ނިންމާނީ ދެ ޓީމުގެ ކެޕްޓަނުންނާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ. ދެ ޓީމުގެ ކެޕްޓަނުން ރުހޭނަމަ ރޯދަ ވިއްލަން ވަގުތު ކޮޅަކަށް މެޗު ހުއްޓާލަން ރެފްރީ ނިންމާނެ އެވެ.

ޕްރިމިއާ ލީގުން މި ގޮތަށް ކަނޑައެޅި އެންމެ ބޮޑު ސަބަބަކީ މި ދުވަސްވަރަކީ ލީގުގެ މުހިއްމު މެޗުތަކެއް ކުރިއަށްދާ ދުވަސްތަކެއް ކަމަށްވެފައި ގިނަ އަދަދެއްގެ މުސްލިމް ކުޅުންތެރިން ރޯދަ އަށް ހުރެ މެޗުތަކުގައި ކުޅެމުން އަންނާތީ އެވެ.

ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވެސް ވަނީ ރޯދަ ވިއްލައިފަ އެވެ.

ދާދި ފަހުން އިނގިރޭސި ގިނަ ކްލަބްތަކެއްގެ އޮފިޝަލުންތަކެއްގެ މެދުގައި ކުރެވުނު ސާވޭއެއްގައި ބުނާގޮތުން ރޯދަ އަށް ހުރެ މެޗު ކުޅޭ ގިނަ ކުޅުންތެރިން ރޭގަނޑު ވަގުތުގައި އެކަށީގެންވާ ވަރަށް ފެން ބޭނުންކުރަން ވަނީ އަންގައިފަ އެވެ. އަދި ބައެއް ކްލަބްތަކުގައި ރޯދަ މަހަށް ހާއްސަކޮށް ބައެއް މުސްލިމް ކުޅުންތެރިންނަށް މީލް ޕްލޭނެއް އެކުލަވާލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox