އިންޑިއާއިން އޮސްޓްރޭލިއާއަށް ދާ މީހުންނަށް ޖަލު

އިންޑިއާ އާއި އޮސްޓްރޭލިއާއާ ދެމެދު ކުރާ ހުރިހާ ވައިގެ ދަތުރެއް ވަނީ ކެންސަލުކޮށްފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާ އާއި އޮސްޓްރޭލިއާއާ ދެމެދު ކުރާ ހުރިހާ ވައިގެ ދަތުރެއް ވަނީ ކެންސަލުކޮށްފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާއިން އޮސްޓްރޭލިއާއަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށް، ވަންނަ މީހުންނަށް ބޮޑު ޖޫރިމަނާއެއް ނުވަތަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ހަމަޖައްސައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ބަދަލަކީ އިންޑިއާއިން އޮސްޓްރޭލިއާއަށް އެތެރެވެ، ކަރަންޓީނުގައި ތިބި މީހުންނަށް ބަލި ޖެހިފައިވާ ނިސްބަތަށް ބެލުމަށް ފަހު ގެނައި ބަދަލެއް ކަމަށެވެ.

އިންޑިއާއިން އޮސްޓްރޭލިއާއަށް ކުރާ ހުރިހާ ވައިގެ ދަތުރެއް މި ހަފްތާގެ ކުރީކޮޅު ކެންސަލް ކުރި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި 9000 އޮސްޓްރޭލިއާ ރައްޔިތުން އިންޑިއާގައި އެބަ އުޅެ އެވެ. އޭގެ ތެރެއިން 600 މީހުންނަކީ ހައި ރިސްކު މީހުންނެވެ.

އޮސްޓްރޭލިއާގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި އެ ގައުމުގެ ރައްޔިތުން ގައުމަށް އެތެރެވެއްޖެ ނަމަ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި މީގެ ކުރިން ދުވަހަކު ވެސް ބަލާފައެއް ނުވެ އެވެ.

އޭބީސީއަށް މައުލޫމާތު ދިން ޑޮކްޓަރަކު ބުނީ އެފަދަ ނިންމުމެއް ނިންމަން ޖެހޭ ވަރުގެ ނުރައްކަލެއް އިންޑިއާއިން އަންނަ މީހުންގެ ފަރާތުން އޮތް ކަމަށް އަދި ނުބެލެވޭ ކަމަށެވެ.

ސަރުކާރުގެ ނިންމުން ތަންފީޒު ކުރަނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. އެގޮތުން އޮސްޓްރޭލިއާއަށް އަންނަން ކަނޑައަޅާ ތާރީހުގެ 14 ދުވަސް ކުރިން އިންޑިއާއަށް ގޮސްފައިވާ ނަމަ އޮސްޓްރޭލިއާއަށް އެތެރެވުން މަނާ ވާނެ އެވެ.

އެ އުސޫލާ ހިލާފުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް ނުވަތަ 51,121 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ އެވެ. ބައެއް ހާލަތްތަކުގައި ޖޫރިމަނާއާ އެކު ޖަލަށް ލެވޭނެ އެވެ. ވަގުތީ ގޮތުން ގެންނަ މި ބަދަލު މޭ 15 ގައި މުރާޖައާ ކުރާނެ އެވެ.

ހެލްތު މިނިސްޓަރު ގްރެގް ހަންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެފަދަ ނިންމުންތައް ކުޑަ ކަމެއްގެ ގޮތުގައި ސަރުކާރުން ނުނަގާ ކަމަށާއި ނަމަވެސް އޮސްޓްރޭލިއާގެ އާއްމު ސިއްހަތު ހިމާޔަތް ކުރުމަށާއި ކަރަންޓީނު ނިޒާމު ފެއިލްވިޔަ ނުދީ ހިންގަން މި ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

އިންޑިއާއިން އަންނަ މީހުން ޖަލަށް ދާން ޖެހޭނެ ކަމަށް އޮސްޓްރޭލިއާއިން ބުނެފައި ވާއިރު، އެ ގައުމުން ވަނީ އިންޑިއާއަށް ސިއްހީ އެހީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރާއި ސިއްހީ އެހީތެރިން ކޮވިޑް ބަލި މީހުންނަށް ފަރުވާ ދޭއިރު ލާން ޖެހޭ ޕީޕީއީ ހިމެނެ އެވެ.

އިންޑިއާގެ ޖުމްލަ ކޮވިޑް ކޭސްތައް 19 މިލިއަނަށް އަރާފައި ވާއިރު، ދެ ލައްކައަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މި ނިމުނު ހަފްތާގައި ކޮންމެ ދުވަހަކު ވެސް ތިން ލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ އެވެ. އިއްޔެ އެ އަދަދު ވަނީ ހަތަރު ލައްކައާ ގާތްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox