އިނގިރޭސިން އިންޓަވިއު ނުދެވޭތީ ލީޑްސް ކޯޗު ބިއެލްސާ މާފަށް އެދިއްޖެ

Apr 30, 2021, 5:05 AM
މަޝްހޫރު ކޯޗު ބިއެލްސާ.

މަޝްހޫރު ކޯޗު ބިއެލްސާ.

ލީޑްސް (އޭޕްރީލް 30) - އޭނާ އަށް އިނގިރޭސިން އިންޓަވިއުތައް ނުދެވޭތީ އެކަމާ މާފަށް އެދޭ ކަމަށް ލީޑްސް ޔުނައިޓެޑްގެ މަޝްހޫރު ކޯޗު މާސެލޯ ބިއެލްސާ ބުނެފި އެވެ.

ބިއެލްސާ ވަނީ މީގެ ކުރިން މަދު ފަހަރަކު އިނގިރޭސިން އިންޓަވިއުތަކެއް ދީފަ އެވެ. އެކަމަކު އޭނާ ވާހަކަ ދައްކާ މާނައިގައި މީޑިއާ އިން އޭނާގެ ވާހަކަތައް ނުގެނެސްދޭ ކަމަށް ބުނެ، ފަހުން ސްޕެނިޝް ބަހުން އިންޓަވިއުތަކުގައި ވާހަކަ ދައްކަން ފެށީ އަދި އެ ވާހަކަތައް އިނގިރޭސި ބަހަށް ޓްރާންސްލޭޓް ކުރަން މީހެއް ބެހެއްޓި އެވެ.

ލީޑްސްގެ ކޯޗުކަމާ 2018 ވަނަ އަހަރު ހަވާލުވިއިރު ވެސް ބިއެލްސާ ވަނީ އޭނާގެ ހުރިހާ އިންޓަވިއުއެއް ގެންދާނީ ސްޕެނިޝް ބަހުން ކަމަށް ބުނެ އެގްރީމެންޓްގައި ވެސް އެގޮތަށް ހިމަނައިފަ އެވެ. އެންމެ ރަނގަޅަށް ސްޕެނިޝް އިން ވެސް ވާހަކަ ނުދެއްކޭތީ އެއީ ވެސް ބިއެލްސާ އަށް އޮތް ބޮލުގެ ރިހުމެކެވެ.

އުމުރުން 65 އަހަރުގެ ބިއެލްސާ ބުނީ އޭނާގެ ވާހަކަތައް އަޑުއަހާ މީހުންގެ ކިބައިން މާފަށް އެެދެން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެހެން ހުރިހާ ކޯޗުންގެ ވާހަކަތައް އަޑު އަހާލެވޭހާ ފަސޭހައިން އޭނާގެ ވާހަކަތައް ނީވޭނެތީ އެވެ.

"އަހަރެން ރަނގަޅަށް އިނގިރޭސި ދަސްނުކުރެވޭތީ އެކަމަށް ވެސް މާފަށް އެދެން. އިނގިރޭސި ފުޓްބޯޅައިގައި އަހަރެންގެ އެންމެ ބޮޑު ދެރައަކީ އަހަންނަށް އިނގިރޭސި ވާހަކަ ދައްކަން އެހާ ރަނގަޅަށް ނޭނގުން،" 16 އަހަރަށް ފަހު ލީޑްސް ޕްރިމިއާ ލީގަށް ކޮލިފައިކޮށްދީ ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބިއެލްސާ ބުންޏެވެ.

ބިއެލްސާ ބުނީ އޭނާ ދައްކާ ބައެއް ވާހަކަތައް ނަގައިގަންނަން ކުޅުންތެރިންނަށް އަދިވެސް ކޮންމެވެސް ވަރަކަށް އުނދަގޫވާ ކަމަށާއި އެކަމަކު އެންމެ ފުރަތަމަ ދުވަހާ އަޅާކިޔާއިރު މިހާރު ވަރަށް ބޮޑުތަނުން ކުރިއެރުން ލިބިފައިވާ ކަމަށެވެ.

ދާދި ފަހުން ލީޑްސްގެ ރަސްމީ ވެބްސައިޓްގެ ވީޑިއޯ ޝޯ އަކަށް އެ ކްލަބްގެ ރައީސް އިޓަލީގެ އަންދްރެއާ ރަޑްރިޒާނީ ވިދާޅުވީ އާންމުންގެ ކުރިމަތީގައި އިނގިރޭސިން ވާހަކަ ދައްކަން ބިއެލްސާ ދެކޮޅު ހަދާ ސަބަބަކީ އޭނާ ބޭނުންކުރާ ބަސްތަކުން އެހެން މާނަ ނަގައިގެން މީޑިއާގައި ބޭނުންކުރާތީ އެވެ.

ހައި ޕްރެސިން އެޓޭކިން ފުޓްބޯޅަ ކުޅުވުމުގައި މަޝްހޫރު ބިއެލްސާ ވަނީ އާޖެންޓީނާ، ޗިލީ، އެތުލެޓިކް ބިލްބާއޯ އަދި އޮލިމްޕިކް މާސޭ އަށް ކޯޗުކޮށްދީފަ އެވެ. ފާހަގަކޮށްލެވޭ މާބޮޑު ކާމިޔާބެއް ލިބިފައި ނެތަސް އޭނާ އަކީ ޓެކްޓިކަލީ ތަފާތު މޮޅު ކޯޗެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި ޕީއެސްޖީގެ މައުރޯސިއޯ ޕޮޗެޓީނޯ އަދި އެތުލެޓިކޯ މެޑްރިޑުގެ ޑިއެގޯ ސިމިއޯނީ އަކީ ބިއެލްސާ އަށް ވަރަށް ތާއީދުކުރާ އަދި އޭނާގެ ކިބައިން ފިލާވަޅު ނަގާފައިވާ ކޯޗުންނެވެ.

މި ސީޒަނުގައި ލީޑްސް ގޮވައިގެން ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބިއެލްސާ ކޮންމެ ފަހަރަކު ވެސް ލީޑްސްއާ އެކު ކޮންޓްރެކްޓް އާ ކުރަނީ ކޮންމެ ސީޒަނެއް ނިމުމުން އިތުރު އެއް އަހަރަށެވެ. ލީޑްސް އިން ވަނީ އަންނަ ސީޒަނުގައި ވެސް ބިއެލްސާ ބަހައްޓަން އޭނާ އަށް ކޮންޓްރެކްޓެއް ދީފަ އެވެ. ބިއެލްސާ ގޮތެއް ނިންމާނީ މި ސީޒަން ނިމުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox