ތުރުކީ ފުރަތަމަ ފަހަރަށް ލޮކްޑައުނަށް

ތުރުކީގެ ފަރުބަދަ މަތީ އަވަށެއްގައި އުޅޭ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖަހަން ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

ތުރުކީގެ ފަރުބަދަ މަތީ އަވަށެއްގައި އުޅޭ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖަހަން ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

ކޮވިޑުގެ ހާލަތު ގޯސްވަމުން ދާތީ ތުރުކީގައި ފުރަތަމަ ފަހަރަށް މިއަދު މެންދުރު ފަހުން ފެށިގެން ލޮކްޑައުން ތަންފީޒު ކުރަން ތައްޔާރުވެއްޖެ އެވެ.

ލޮކްޑައުން ކުރާނެކަން އެންގުމާއެކު ޓްރެފިކް ބާރު ބޮޑުވެ، ޝޮޕިން މޯލްތައް ފުރިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބައެއް މީހުން ދަނީ ވެރިރަށް އިސްތަންބޫލް ދޫކޮށް ދިޔުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

މި ބަލިމަޑުކަން ފެށުނު ފަހުން މީގެ ކުރިން ތުރުކީ ލޮކްޑައުންކޮށްފައެއް ނުވެ އެވެ. މިދިޔަ އަހަރު ތުރުކީއިން އަވަސް ފިޔަވަޅު އަޅާ، އަދަދުތައް ހިފެހެއްޓުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ތައުރީފް ވެސް ލިބުނެވެ.

ނަމަވެސް އޭގެ އެއް ފަހަރު ފަހުން ތުރުކީއަކީ މިހާރު އެންމެ ހާލަތު ގޯސް އެއް ގައުމެވެ. ޔޫރަޕްގައި ބަލި ފެތުރޭ ރޭޓް އެންމެ މަތިކޮށް އުޅެނީ ވެސް ތުރުކީގަ އެވެ.

ކޮވިޑު ޖެހިގެން ތުރުކީއިން މިހާތަނަށް މަރުވީ 39،000 މީހުންނެވެ. އެ ގައުމުގެ ސިއްހީ ނިޒާމު ހަރުދަނާވުމުގެ ސަބަބުން ހާލަތު އޮތީ ކޮންޓްރޯލްވެފައި ކަމަށް އޮފިޝަލުން ބުނެ އެވެ. ނަމަވެސް ކޭސްތައް އިތުރުވާ ރޭޓުން ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ފެބްރުއަރީ މަހު ދުވާލަކު 6،000 ކޭސް ފެނުނުއިރު، މިހާރު 60،000 ކޭސް ދަނީ ފެންނަމުންނެވެ. މިގޮތަށް ދިމާވީ މާ އަވަހަށް ފިޔަވަޅުތަކަށް ލުއި ދިނުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ތުރުކީގެ 82 މިލިއަން މީހުންގެ ތެރެއިން 22 މިލިއަން މީހުންނަށް ވެކްސިން ޖަހާފައި ވާއިރު، އެ ގައުމުގެ ގިނައިން ބޭނުން ކުރަނީ ޗައިނާގެ ވެކްސިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox