އާސެނަލާ ހަވާލުވުމުގެ ކުރިން އެމެރީއާ ވާހަކަދެއްކިން: އާޓެޓާ

Apr 29, 2021, 5:41 AM
އާސެނަލްގެ ކޯޗު އާޓެޓާ (ކ) އާއި ކުރިން އެ ޓީމަށް ކޯޗުކޮށްދިން އެމެރީ.-- ފޮޓޯ: ދި އެނަލިސްޓް

އާސެނަލްގެ ކޯޗު އާޓެޓާ (ކ) އާއި ކުރިން އެ ޓީމަށް ކޯޗުކޮށްދިން އެމެރީ.-- ފޮޓޯ: ދި އެނަލިސްޓް

ލަންޑަން (އޭޕްރީލް 29) - އާސެނަލްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އެ ޓީމަށް ކުރިން ކޯޗުކޮށްދިން އުނާއި އެމެރީއާ ވާހަކަ ދެއްކި ކަމަށް އާސެނަލްގެ މިހާރުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެން ވެންގާ 2018 ވަަނަ އަހަރު އާސެނަލް ދޫކޮށްލުމުން އެ ޓީމާ ހަވާލުވީ އެމެރީ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އެ ޓީމަށް ކޯޗުކޮށްދީފަ އެވެ. އެމެރީ ވަކިކޮށްފައި ވަގުތީ ކޯޗެއްގެ ޒިންމާ ހަވާލުކުރީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ފްރެޑީ ލިޔުންބާގްއާ އެވެ. އާޓެޓާ، އާސެނަލާ ހަވާލުވީ 2019 ގެ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި މިރޭ އާސެނަލް ގޮވައިގެން އާޓެޓާ ނުކުންނާނީ އެމެރީ ހަވާލުވެހުރި ސްޕެއިންގެ ވިޔަރެއާލްއާ ދެކޮޅަށެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޓެޓާ ވަނީ އެމެރީއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"އަަހަރެން އާސެނަލާ ހަވާލުވުމުގެ ކުރިން އެމެރީއާ ވާހަކަ ދެއްކިން. އޭނަ ވަރަށް އެހީތެރިވެދިން މި ކަމުގައި. ބައެއް ފަހަރު ކްލަބްތަކުން ވަކިކުރާ ކޯޗުން ދެން ހަވާލުވާ ކޯޗަކާ މެދު އެހާ ގާތްކަމެއް ނުހުރޭ. އެކަމަކު އެ ފަހަރު ކަންތައްތައް ދިޔައީ ތަފާތުކޮށް. އެމެރީ ވެވުނު ވަރަކުން އަހަންނަށް އެހީވި،" އާޓެޓާ ބުންޏެވެ.

އެމެރީ ވަނީ އާސެނަލާ އެކު 2019 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅެފަ އެވެ. ފައިނަލުގައި މައުރީޒިއޯ ސާރީގެ ޗެލްސީ އަތުން ބަލިވީ އެވެ. އާސެނަލްގައި ކޮންމެ ގޮތެއް ވިޔަސް އާޓެޓާގެ ނަޒަރުގައި ޔޫރޮޕާ ލީގުގައި އެމެރީގެ ކާމިޔާބީއަކާ އަޅާނުކިޔޭނެ އެވެ. އެމެރީ ވަނީ ސެވިއްޔާ އަށް ޖެހިޖެހިގެން ތިން އަހަރު ޔޫރޮޕާ ލީގު ހޯދައިދީފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ވިޔަރެއާލްގެ ކޯޗަކަށް ހަމަޖެއްސި އެމެރީ ވަނީ އެ ޓީމާ އެކު މިހާތަނަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެމެރީ ބުނީ އާސެނަލްގައި އާޓެޓާ ބޭނުންވާ ކަންތައްތައް ހާސިލްކުރަން އެކަށީގެންވާ ވަގުތު ދީފިނަމަ ތަފާތު ފެންނާނެ ކަމަށެވެ.

"އާޓެޓާ އަކީ މޮޅު ކޯޗެއް. އޭނަގެ ގޭމްޕްލޭނުން އެ ތަފާތު އެބަފެނޭ. މީގެ ވަރަށް މުހިއްމު އޭނަ އެ ކުރާ މަސައްކަތަށް ވަގުތު ދިނުން،" އެމެރީ ބުންޏެވެ.

އާސެނަލާއި ވިޔަރެއާލް މީގެ ކުރިން ޔޫރަޕްގައި ކުޅުނު ހަތަރު މެޗު ވެސް ކުޅުނީ ޗެމްޕިއަންސް ލީގުގަ އެވެ. މިހާތަނަށް ވިޔަރެއާލަށް އާސެނަލް ބަލިކުރެވިފައިނުވެ އެވެ. ދެ މެޗު އެއްވަރުވިއިރު، އަނެއް ދެ މެޗުން ވިޔަރެއާލްވީ ބައްޔެވެ.

ވިޔަރެއާލާއި އާސެނަލް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox