އާ ޖައްވީ ސްޓޭޝަނުގެ ފުރަތަމަ މޮޑިއުލް ޗައިނާއިން ލޯންޗުކޮށްފި

ވެންޗަންގް ސްޕޭސް ލޯންޗު ސެންޓުން ޖައްވީ ސްޓޭޝަނުގެ އާ މޮޑިއުލް ޖައްވަށް ފޮނުވަން ތައްޔާރުވަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ވެންޗަންގް ސްޕޭސް ލޯންޗު ސެންޓުން ޖައްވީ ސްޓޭޝަނުގެ އާ މޮޑިއުލް ޖައްވަށް ފޮނުވަން ތައްޔާރުވަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާއިން ޖައްވީ ޕްރޮގްރާމް ފުޅާ ކުރުމުގެ ގޮތުން ޖައްވުގައި މުޅިން އާ ސްޓޭޝަނެއް ގާއިމް ކުރަން ބޭނުންވާ ފުރަތަމަ މޮޑިއުލް ޖައްވަށް ފޮނުވައިފި އެވެ.

ޓިއަންހޭ މޮޑިއުލް ޖައްވަށް ފޮނުވަން ލޯންޗު ކުރީ ވެންޗަންގް ސްޕޭސް ލޯންޗު ސެންޓަރުން "ލޯންގް މާޗް 5ބީ ވައި2" ރޮކެޓެއްގަ އެވެ.

ޗައިނާއިން އުއްމީދު ކުރަނީ 2022 ވަނަ އަހަރު ފެށުމުގެ ކުރިން މުޅިން އަލަށް ހަދާ ޖައްވީ ސްޓޭޝަން ބޭނުން ކުރުމަށެވެ.

Advertisement

މިހާރު ޖައްވުގައި ހުންނަނީ އެންމެ ސްޓޭޝަނެކެވެ. ނަމަވެސް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގެ ނަން ދީފައިވާ އެ ތަން ޗައިނާއަށް ބޭނުން ކުރުމުގެ ހުއްދައެއް ނުދެ އެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކާ އަޅާ ބަލާއިރު، ޗައިނާއިން ޖައްވީ ޕްރޮގްރާމްތައް ފެށީ ވަރަށް ލަހުންނެވެ. އެ ގައުމުގެ އެސްޓްރޮނޮޓަކު އަލަށް ޖައްވަށް ދިޔައީ 2003 ވަނަ އަހަރެވެ. ނަމަވެސް ޗައިނާއަކީ ރަޝިއާ އާއި އެމެރިކާއަށް ފަހު ޖައްވަށް އެންމެ ފުރަތަމަ މީހުން ފޮނުވި ތިން ވަނަ ގައުމެވެ.

މީގެ ކުރިން ޗައިނާއިން ވަނީ ދެ ސްޓޭޝަނެއް ޖައްވުގައި ގާއިމްކޮށްފަ އެވެ. ނަމަވެސް އެ ދެ ތަނަކީ ވަގުތީ ގޮތުން ގާއިމް ކުރި ތަންތަނަށް ވާތީ، އެސްޓްރޮނޮޓުންނަށް ބޭނުން ކުރެވުނީ ކުޑަ ދުވަސްކޮޅަކަށެވެ.

އެއާ ހިލާފަށް މި ފަހަރު ޖައްވުގައި ހަދަން މަސައްކަތް ކުރާ ސްޓޭޝަނަކީ މަދުވެގެން ދިހަ އަހަރު ބޭނުން ކުރެވޭނެ ތަނެކެވެ.

ޗައިނާ ސަރުކާރުން ބުނީ އެ ސްޓޭޝަން ފުރިހަމަ ކުރަން ބޭނުންވާ އެކި ބައިތައް ދިހަ ފަހަރެއްގެ މަތިން ޖައްވަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

ޖައްވީ ސްޓޭޝަން ގާއިމް ކުރުމުގެ އިތުރުން ހަނދާއި މާސްއަށް އިންސާނުން ފޮނުވުމުގެ މަސައްކަތް ޗައިނާއިން ދަނީ ކުރަމުންނެވެ. އޭގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ރޭޑިއޯ ޓެލެސްކޯޕް ހެދުމުގެ މަސައްކަތް ވެސް އެ ގައުމުގައި ދަނީ ކުރަމުންނެވެ.

ޗައިނާއިން ވަނީ ރަޝިއާއާ ގުޅިގެން ހަނދު ކައިރީގައި "ލޫނާ" ޖައްވީ ސްޓޭޝަނެއް ގާއިމް ކުރަން ވެސް ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox