އެކުވެރިޔާ ސަލާމަތްކުރި ގަދަ އަޒުމް: "ފުރާނަ ހުއްޓާ ދުލެއް ނުކުރާނަން!"

ބްލެކްއައުޓްވި ޝިފާޒް (ކ) އާއި އޭނާ ސަލާމަތް ކުރި ޖަޒްލާން (ވ): ޝިފާޒްގެ ފުރާނަ ސަލާމަތްވީ ކިރިޔާ. -- ފޮޓޯ: ޖަޒްލާން

ބްލެކްއައުޓްވި ޝިފާޒް (ކ) އާއި އޭނާ ސަލާމަތް ކުރި ޖަޒްލާން (ވ): ޝިފާޒްގެ ފުރާނަ ސަލާމަތްވީ ކިރިޔާ. -- ފޮޓޯ: ޖަޒްލާން

ރޯދައިގެ ދެ ދުވަސް ކުރިން ފެށިގެން، ފ. ނިލަންދޫ އަށް ނިސްބަތްވާ ހަތް މީހުން އެ ގްރޫޕުން ކޮންމެ ދުވަހަކު މަސް ހިފަން ދާން ފެށި އެވެ. އާމްދަނީ ހޯދުމަށްޓަކައި ފެށި އެ މަސައްކަތުގައި، ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ފެށިގެން އިރުއޮއްސެން ގާތްވަންދެން އުޅެ އެވެ. އޭގެ ތެރެއިން މިދިޔަ ހޯމަ ދުވަހަކީ ވަރަށް ކާމިޔާބު ދުވަހެކެވެ. ނިލަންދޫގެ ފުއްޓަރު ބޭރުގައި ތިބެ ބޮޑެތި މަސްތަކެއް ހިފި އެވެ. މަސް ހިފުމުގައި ބޮޑަށް އުޅުނީ ގާތް ދެ އެކުވެރިން ކަމަށްވާ އަހުމަދު ޝިފާޒް މުހައްމަދު، 21، އާއި ޖަޒްލީން މުހައްމަދު، 22، އެވެ. ދެން ތިބީ އެހީތެރިންނެވެ.

މަސް ހިފުމުގައި ހަދާ ގޮތަކީ ކޮންމެ ދަގަނޑެއްގައި ވެސް ވަލެއް ޖަހައި މަހަށް ދަގަނޑު އަމާޒުކުރުމަށް ފަހު، ވަލަށް ދަމައިގެން މަސް ނަގަނީ އެވެ. އެހެން އުޅެނިކޮށް އެކަކު ބޮޑު މަހަކަށް ދަގަނޑު އަމާޒުކޮށްލި އެވެ. އެއާ އެކު ދަގަނޑާ އެކު މަސް ގޮސް ވަނީ ގަލަށެވެ.

ޖަޒްލީން(ކ) އާއި ޝިފާޒް(ވ): ޝިފާޒް ފުރާނަ ނުރައްކަލަކަށްވީ ބްލެކްއައުޓް ވެގެން-- ފޮޓޯ: ޖަޒްލީން
ޖަޒްލީން(ކ) އާއި ޝިފާޒް(ވ): ޝިފާޒް ފުރާނަ ނުރައްކަލަކަށްވީ ބްލެކްއައުޓް ވެގެން-- ފޮޓޯ: ޖަޒްލީން

ޖަޒްލީން(ކ) އާއި ޝިފާޒް(ވ): ޝިފާޒް ފުރާނަ ނުރައްކަލަކަށްވީ ބްލެކްއައުޓް ވެގެން-- ފޮޓޯ: ޖަޒްލީން

އެ މަހަށް ދަގަނޑު ޖެހި މީހާ އެ ދުވަހު ވަރަށް ފުނަށް ފީނާފައިވަތީ އޭނާ އެ ވަގުތު ހުރީ އެހާ އަޑިއަށް ދެވޭ ހާލަތެއްގައެއް ނޫނެވެ. އެހެންވެ ޝިފާޒާއި ޖަޒްލީން މަސައްކަތް ފެށީ ދަގަނޑު ނެގުމަށެވެ. އެ ގުރޫޕުން ތެރެއިން އެންމެ ނޭވާ ދިގީ ޝިފާޒް ކަމަށްވާތީ ޖަޒްލީން އޭނާއަށް އެންގީ އަޑިއަށް ގޮސް 25 މީޓަރު އަޑީގައި އޮތް ގަލުގައި ތާށިފައިވާ ދަގަނޑު ވަލުން ކަނޑާލުމަށެވެ.

"އަޅުގަނޑު ބުނިން މަހާ ނޫޅޭށޭ. ދަގަނޑު ކަނޑާލާފައި އަރާށޭ. ބުނީމަ ޝިފާޒް އަޑިއަށް ގޮސް ދަގަނޑު ވަލުން ކަނޑާލާފައި މަސް ނަގަން މަސައްކަތް ކުރީ،" ޖަޒްލީން ބުންޏެވެ.

ދަގަނޑު ޖަހާފައި އޮތް މަސް ނަގަން އުޅުމަށް ފަހު ނޭވާ ހުސްވާން ފެށުމުން ޝިފާޒް ވެސް މައްޗަށް އެރުމުގެ ގޮތުން ފިންސުން ޖަހަން ފެށި އެވެ. އޭގެ މާ ގިނައިރު ތަކެއް ނުވެ ޝިފާޒް ބްލެކްއައުޓް ވާން ފެށި އެވެ. އެހެން ވަނީ އަޑީގައި ފީނުމަށް ފަހު މައްޗަށް އަރާ ވަގުތު ސިކުނޑިއަށް އޮކްސިޖަން ލިބުން ދަތިވުމުގެ ސަބަބުން މޫނު މައްޗަށް އަނދިރިވާ ގޮތްވެގެން ނުވަތަ ހޭނެތިގެންނެވެ.

"އޭނާ މައްޗަށް އަރަން އުޅެނިކޮށް ދެން ލަކި ލަތްކަށް (އަޑިއަށް) ދަމުން ދަމުން ދިޔައީ، މަސް އެއްޗެހި މަރުވާން ދާހެން. ޝިފާޒް ބޯގޮސް ގަލުގައި ޖެހުނީ. އެ ހިސާބުން އެނގުނު ޝިފާޒް ދިޔައީކަން،" ޖަޒްލީން ކިޔައިދިނެވެ.

ބްލެކް އައުޓްވި ޝިފާޒް: އޭނާގެ ފުރާނަ ސަލާމަތް ވީ ކިރިޔާ-- ފޮޓޯ: ޖަޒްލާން
ބްލެކް އައުޓްވި ޝިފާޒް: އޭނާގެ ފުރާނަ ސަލާމަތް ވީ ކިރިޔާ-- ފޮޓޯ: ޖަޒްލާން

ބްލެކް އައުޓްވި ޝިފާޒް: އޭނާގެ ފުރާނަ ސަލާމަތް ވީ ކިރިޔާ-- ފޮޓޯ: ޖަޒްލާން

ގާތް އެކުވެރިޔާ ސަލާމަތްކުރަން މަސައްކަތް ފެށުން

ޝިފާޒް ބްލެކްއައުޓް ވާން ފެށުމުން އޭނާ ނެގުމަށް ޖަޒްލީން އަވަހަށް ފީނައިގަތެވެ. އޭރު ޝިފާޒް މޫދުތެރޭގައި އެކޮޅުކޮޅުން އޮތްއިރު ޖަޒްލީނަށް އެންމެ ފުރަތަމަ އަތުވީ އޭނާގެ ފައެވެ. އެހެންވެ ފައިގައި ހިފައި އެކޮޅުކޮޅުން ޝިފާޒް މައްޗަށް ނަގަން މަސައްކަތް ފެށި އެވެ.

"ވަރަށް ބަރު ހޭނެތިފައި އޮތީމާ. އެކަމަކު ހިތަށް އެރީ ފުރާނަ ހުރެ ޝިފާޒް ދުލެއް ނުކުރާނަމޭ،" އެ ބިރުވެރި ވަގުތުކޮޅު ޖަޒްލީން ސިފަކޮށް ދިނެވެ.

އެކަމަކު ޖަޒްލީންގެ ނޭވާ ހުސްވިއިރު ވެސް ޝިފާޒް މައްޗައް ނެގޭ ގޮތް ނުވި އެވެ. އެހެންވެ މޫދުގެ ތެރެއަށް ޝިފާޒް ދޫކޮށްލުމުގެ ބަދަލުގައި މަސް ހިފަން ދަގަނޑުގައި އައްސާފައި އޮތް ވަލުގައި ޖަޒްލީން ޝިފާޒް ބަދެލި އެވެ. އެއަށް ފަހު މައްޗަށް އެރުމަށް ފަހު އެންމެން ވެގެން ވަލަށް ދަމައި ޝިފާޒް މައްޗަށް ނެގި އެވެ.

"ޝިފާޒް އަޑީގައިވީ ތިން ވަރަކަށް މިނެޓްވާނެ. ނޫނީ އެއަށް ވުރެވެސް ގިނައިރު ވާނެ. އެކަމަކު އަޅުގަނޑު އުއްމީދު ކަނޑައެއް ނުލަން. ޝިފާޒް ނުނަގާ ނާރާނަމޭ ހިތުގައި އޮތީ،" ޖަޒްލީން ބުންޏެވެ.

ޝިފާޒް އޮޑިޔަށް ނެގުމާއެކު ޕަންޕުކޮށް އަގަޔަށް ނޭވާ ދިނުމުގެ މަސައްކަތް ފެށި އެވެ. ކެޑޭޓްގައި އުޅުނުއިރު ދަސްވި ފަސްޓް އެއިޑްގެ ބޭނުންކޮށް ޖަޒްލީން ދިޔައީ ޝިފާޒް ޕަންޕު ކުރަމުންނެވެ. ފުރަތަމަ އޮޑިއަށް ލުމަށް ފަހު ވިންދު ހުރިތޯ ބެލިއިރު ޝިފާޒްގެ ވިންދު ޖަހާކަން ފާހަގަ ނުވި ކަމަށާއި ނަމަވެސް ވިއްސަކަށް ފަހަރު ޕަންޕު ކުރި ފަހުން ޝިފާޒް ފުން ނޭވާއެއްލި ކަމަށް ޖަޒްލީން ބުންޏެވެ.

"އޭގެ ފަހުން ޕަންޕު ކުރާވަރަކަށް ނޭވާ ލާ. ބަލާ ލޯންޗް އަންނަން ދެން ވެސް އެހެން ޕަންޕު ކޮށްކޮށް ހުރީ،" ޖަޒްލީން ބުންޏެވެ.

އެ ދުވަހު 3:00 ޖަހާކަންހާއިރު އެ ހާދިސާ ހިނގުމާއެކު ފުލުހުންގެ އެހީތެރިކަމަށް ގުޅި އެވެ. ނަމަވެސް ފުލުހުން އައުން ލަސްވާތީ ނިލަންދޫގެ އާއްމު ރައްޔިތަކަށް ގުޅައި ލޯންޗެއް ގެނަ އެވެ. އެ ލޯންޗަށް ޝިފާޒް އެރުވުމަށް ފަހުވެސް ޖަޒްލީން ދިޔައީ ފަސްޓްއެއިޑް ދެމުންނެވެ. އެހެން އިންދާ ޖަޒްލީންގެ ހަބަރު ހުސްވެގެން ލޯންޗްގެ ތެރެއަށް ވެއްޓުނެވެ.

"ދެން އެ ހިސާބުން އަޅުގަނޑަކަށް ނޭނގޭ ވީގޮތެއް. ހޮސްޕިޓަލަށް ގެނައީ ދެން،" ޖަޒްލީން ބުންޏެވެ.

ޝިފާޒްގެ ފުރާނަ ސަލާމަތް ކުރި ޖަޒްލީން: އޭނާ ޝިފާޒް ސަލާމަތް ކުރީ ފުރާނަ އަތްމައްޗަށް ލައިގެން-- ފޮޓޯ: ޖަޒްލީން
ޝިފާޒްގެ ފުރާނަ ސަލާމަތް ކުރި ޖަޒްލީން: އޭނާ ޝިފާޒް ސަލާމަތް ކުރީ ފުރާނަ އަތްމައްޗަށް ލައިގެން-- ފޮޓޯ: ޖަޒްލީން

ޝިފާޒްގެ ފުރާނަ ސަލާމަތް ކުރި ޖަޒްލީން: އޭނާ ޝިފާޒް ސަލާމަތް ކުރީ ފުރާނަ އަތްމައްޗަށް ލައިގެން-- ފޮޓޯ: ޖަޒްލީން

ބްލެކްއައުޓްވި އެ ހާދިސާއަށް ފަހު ޝިފާޒަށް އައިޖިއެމްއެޗް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ނުރައްކާތެރި ހާދިސާއަށް ފަހު އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް އާއިލާއިން ބުނެ އެވެ. އެ ހާދިސާއަށް ފަހު ފ. ނިލަންދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ޖަޒްލީން ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ބްލެކްއައުޓްވުން

ބްލެކްއައުޓް ވުމަކީ މީހާގެ ހަށިގަނޑުން އޮކްސިޖަން އެއްކޮށް ހުސްވެދާނެތީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ރައްކަލަކަށް ހަށިގަނޑު އަމިއްލަ ޒާތަކަށް ކުރާ ކަމެކެވެ. ބްލެކްއައުޓްވާ ހިސާބުން އެ މީހާގެ ހަށިގަނޑުގެ އެތެރެއަށް ލޮނު ނުވަންނާނެހެން ހުރިހާ ދޮރެއް ބަންދުވެ އެވެ. މީހާ ދެން އަމިއްލައަށް ނޭވާލާން ފަށާނީ ހަށިގަނޑަށް ސާފު ވައި ލިބެން ފެށުމާއެކު އެވެ. ބްލެކްއައުޓުން ރައްކާތެރި ވުމަށް އެންމެ މުހިންމު ކަމަކީ އެފަދަ ހާލަތެއް ދިމާވާއިރު އެހީތެރިވާނެ މީހަކު ގާތުގައި އޮތުމެވެ.

ބްލެކްއައުޓްވާ ހިސާބުން މުޅި މީހާގެ ހަށިގަނޑުން ވަރުދެރަވެ، ބާރު ސްޕީޑުގައި މީހާ މޫދުގެ ތެރެއަށް އަޑިއަށް ދެ އެވެ. އެވަގުތު އެހީވާނެ ނުވަތަ އޭނާ ފެނުން މައްޗަށް ނަގާނެ މީހަކު ކައިރީގައި ނެތް ނަމަ އެ މީހާ ސަލާމަތް ވާނެ ގޮތެއް ނޯވެ އެވެ. ޝިފާޒުގެ ނަސީބަކަށްވީ، އޭނާގެ ގާތުގައި އެކުވެރިޔާ ޖަޒްލީން ހުރުމެވެ. އަދި އޭނާގެ ފުރާނަ ސަލާމަތްކުރަން އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅަން އޭނާ ތައްޔާރަށް ހުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox