ޒިކުރާ މައްސަލާގައި އެސްޖީ އަތުން 30 މިލިއަން ހޯދަން ދައުލަތުން ކޯޓަށް

ޒިކުރާ މިސްކިތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ބަދަލު ހޯދަން ދައުލަތުން ވަނީ ކޯޓަށް ގޮަސްފައި - ފޮޓޯ: ޕީއެސްއެމް

ޒިކުރާ މިސްކިތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ބަދަލު ހޯދަން ދައުލަތުން ވަނީ ކޯޓަށް ގޮަސްފައި - ފޮޓޯ: ޕީއެސްއެމް

ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތެއް ހިމެނޭހެން 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް އިކުއިޓީގެ ގޮތުގައި ދިން ފައިސާ އަނބުރާ ހޯދުމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސެއިން ހަސަން މިއަދު "އަދަދު"އަށް ވިދާޅުވީ ހޯމަ ދުވަހު ސިވިލް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލާގައި އެދުނީ އިކުއިޓީގެ ގޮތުގައި އެ ކުންފުންޏަށް ދޫކުރި 30 މިލިއަން ރުފިޔާ އަނބުރާ ހޯދަން ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބައްޕާފުޅުގެ ހަނދާނުގައި ބިނާކޮށްފައި ހުރި މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި "ދާރުލް ޒިކުރާ"ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެ ނިންމުމުގެ ދަށުން އިސްލާމިކް މިނިސްޓްރީ އާއި އެސްޖީ ކުންފުންޏާ ދެމެދު، 130 މިލިއަން ރުފިޔާ ޖުމްލަ މަޝްރޫއުއަށް ލިބޭ ގޮތަށް ސޮއިކުރި އެވެ.

ނަމަވެސް އެ އެއްބަސްވުމަށް އެއް އަހަރުވެގެން ދިޔައިރު ވެސް އިމާރާތުގެ މަސައްކަތް ނުފެށެ އެވެ. އަދި، އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ އިދާރީ ގޯސްތަކެއް ހަދާފައި ހުރި ކަމަށް ބުނެ މަސައްކަތް ހުއްޓުނެވެ. އޭގެފަހުން ސަރުކާރު ބަދަލުވެ، އޭރުގެ އިސްލާމިކް މިނިސްޓްރީން އުޅުނީ ބަޔަކަށް ނާޖައިޒު ފައިދާ ނަގައިދިނުމަށް ކަމަށް ބުނެ މައްސަލަ ތަހުގީގު ކުރި އެވެ.

ތަހުގީގުން ހާމަވީ، މަޝްރޫއު ޕްލޭންކޮށްފައިވަނީ އެސްޖޭ ކުންފުންޏަށް 10 ފްލޯގެ އިމާރާތުގެ ތެރެއިން ހަ ފްލޯ ދިނުމަށްފަހު ސަރުކާރަށް ހަތަރު ފްލޯ ލިބޭ ގޮތަށް ކަމާއި ނަމަވެސް، ކުންފުންޏާ އެކު މިނިސްޓްރީން ހެދި އެއްބަސްވުމުގައި އެއާ ހިލާފަށް އޮތީ، ކުންފުންޏަށް ހަތް ފްލޯ އަދި ސަރުކާރަށް ތިން ފްލޯ ލިބޭ ގޮތަށް ކަމެވެ.

އެއީ އިދާރީ އޮޅުމެއް ކަމާއި އެކަން އިސްލާހު ކުރުމަށް އޭރުގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު މަސައްކަތް ކުރެއްވި ކަމަށް ބުނި ނަމަވެސް، ދައުލަތުން ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލައި އޭނާގެ މައްޗަށް ޝަރީއަތް ފަށައިފަ އެވެ.

އެއްބަސްވުން އުވާލި މައްސަލާގައި އެސްޖޭ ކުންފުނިން ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޯދުމަށް މީގެކުރިން މައްސަލަ ހުށަހެޅި ނަމަވެސް، އެ ކޯޓުން ވަނީ އެ ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކޮށްފައިނުވާ ކަމަށް ބުނެ ބަދަލު ނަގައި ނުދޭން ނިންމާފަ އެވެ. އެއްބަސްވުން އުވާލުން ގާނޫނާ ހިލާފު ނޫން ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް، އެސްޖޭއިން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox