ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އެމެރިކާގައި މާސްކު އަޅަން ނުޖެހޭނެ

އެމެރިކާގެ ސުޕަމާކެޓެއްގައި ވިޔަފާރި ކުރާ މީހުން ކިޔު ހަދާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އެމެރިކާގެ ސުޕަމާކެޓެއްގައި ވިޔަފާރި ކުރާ މީހުން ކިޔު ހަދާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހާ ފުރިހަމަކޮށްފައިވާ މީހުން ބޭރުގައި އުޅޭ އިރު މާސްކު އެޅުން މަޖުބޫރު ނޫން ކަމަށް އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.

ސީޑީސީން އަލަށް ނެރުނު އުސޫލުގައި ބުނެފައި ވަނީ ވެކްސިނުގެ ހުރިހާ ޑޯޒެއް ފުރިހަމަ ކުރުމުން، ބޭރުގައި އެކަނި ނުވަތަ މަދު ބަޔަކާ އެކު އުޅޭ އިރު މާސްކު އަޅަން ނުޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް މީހުން ގިނަ ސަރަހައްދުތަކުގައި އުޅޭ އިރު މާސްކު އެޅުން އަދިވެސް މަޖުބޫރެވެ.

މިހާތަނަށް އެމެރިކާގައި 95 މިލިއަން މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ސީޑީސީން އާ އުސޫލު އާއްމު ކުރުމުން ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާއިން ކޮވިޑާ ދެކޮޅަށް ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް އުފާ ފާޅުކުރައްވާފަ އެވެ.

"[ވެކްސިން ޖެހުމުން] ބަލިވުން ނުވަތަ އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ދައްކާ ތަފާސްހިސާބަށް އަޅުގަނޑުމެންގެ ސައިންސްވެރިން އިތުބާރު ކުރޭ،" ބައިޑެން ވިދާޅުވި އެވެ.

ވެކްސިން ޖެހުމަކީ ގައުމުގެ ދިފާއުގައި ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރެއްވުމަށް ފަހު ބައިޑެން ވަނީ ވެކްސިން ނުޖަހާ ތިބި މީހުން އަވަހަށް ވެކްސިން ޖެހުމަށް އެދިވަޑައިގެންފަ އެވެ.

"ވެކްސިނުގެ ބޭނުމަކީ ތިމާގެ ފުރާނަ ސަލާމަތް ކުރުން، ތިމާ ވަށައިގެންވާ އެހެން މީހުން ފުރާނަ ސަލާމަތް ކުރުން - އާއްމު ދިރިއުޅުމަށް އަނބުރާ ދެވޭތޯ ބެލުމަކީ ވެސް ވެކްސިނުގެ ބޭނުމެއް،" ބައިޑެން ވިދާޅުވި އެވެ.

ސީޑީސީން ނެރުނު އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ގޮތުގައި ބަލާނީ ފަހު ޑޯޒް ޖަހާތާ ދެ ހަފްތާ ފާއިތުވެފައިވާ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox