އެމްބާޕޭ އާއި ނޭމާއާ މެދު ނުވިސްނާނަމަ ހަމަނިދި ލިބޭ: ގާޑިއޯލާ

Apr 28, 2021, 4:53 AM
ޕީއެސްޖީގެ އެމްބާޕޭ (ކ) އާއި ނޭމާ މެޗެއްގެ ވޯމްއަޕްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ އެމްބާޕޭ (ކ) އާއި ނޭމާ މެޗެއްގެ ވޯމްއަޕްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 28) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީގެ ދެ ތަރިން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި ނޭމާ ހުއްޓުވަން ޖެހޭކަމާ މެދު ނުވިސްނާނަމަ ހަމަނިދި ލިބޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ސީޒަނުގައި ޕީއެސްޖީން ވަނީ އެމްބާޕޭ އާއި ނޭމާގެ މޮޅު ކުޅުމާ އެކު މި މުބާރާތުގެ ނޮކައުޓު ބުރުގައި ބާސެލޯނާ އާއި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލައިފަ އެވެ. ސިޓީގެ ކޯޗު ގާޑިއޯލާ އެކަން ފާހަގަކޮށް ބުނީ އޭނާ އަށް ނިދަން ފަސޭހަވާނީ އެ ދެ ކުޅުންތެރިންނާ މެދު ނުވިސްނާނަމަ ކަމަށެވެ.

"އަހަރެން ރޭ ވަރަށް ރަނގަޅަށް ނިދޭތޯ މަސައްކަތްކުރިން. ހަމަ އެ ގޮތަށް ނިދުނު. އެ ގޮތަށް ނިދުނީ އެ ކަހަލަ (ނޭމާ އާއި އެމްބާޕޭ) ކުޅުންތެރިންނާ މެދު ނުވިސްނާތީ. އެކަމާ ވިސްނިނަމަ އެހެން ގޮތަކަށް އެކަން ދާނީ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.

Advertisement

"އަހަރެމެން އެ މީހުން ހުއްޓުވަން މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި. އެކަމަކު އެ ކަމަށް މަސައްކަތްކުރިޔަސް އަހަރެެން ހަނދާން ނައްތާލައިގެން ނުވާނެ އަމިއްލަ ގޭމް ކުޅެން،"

މިއީ ސިޓީން ގާޑިއޯލާ ހަވާލުވި ފަހުން ކުޅޭ ފުރަތަމަ ސެމީ ފައިނަލް އެވެ. އަދި އެ ކްލަބްގެ ތާރީހުގައި ކުޅޭ ދެ ވަަނަ ސެމީ ފައިނަލް އެވެ. ގާޑިއޯލާ ބުނީ ސިޓީ އަކީ ޔޫރަޕްގެ ގަދަ ބާރެއްތޯ ގިނަ މީހުން އުފައްދާ ސުވާލަށް ޖަވާބުދޭން ޕީއެސްޖީ މެޗަކީ ރަނގަޅު ޓެސްޓެއް ކަމަަށެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ

"އަހަރެމެންނަކީ މި ލީގުގެ އެލީޓުންނެއް ނޫން. އެކަަމަކު އެ ކެޓަގަރީގައި އަހަރެެމެންގެ ނަން އޮންނާނެ މި ކަހަލަ މެޗުތަކުގައި ތަފާތެއް ދައްކައިފިއްޔާ. ސިޓީގެ މިހާރު ތިބި ވެރިން މި ކްލަބާ ހަވާލުވިއިރު ބޭނުންވީ އަހަރެމެން އިންގްލެންޑްގެ އެއް ވަނަ އަށް ގެންދަން. މިހާރު މި ތިބީ އެ މަގާމުގައި. ދެން ޔޫރަޕްގެ މޮޅު ޓީމުތަކުގެ ތެރެއަށް ވަނުން މަސައްކަތަކީ،" ގާޑިއޯލާ ބުންޏެވެ.

"ތެދެއް. އިނގިރޭސި ޕްރިމިއާ ލީގަކީ މުހިއްމު މުބާރާތަކީ. އެކަމަކު އެންމެ ފުރިހަމަވާނީ ޗެމްޕިއަންސް ލީގު،"

މިހާރު ޕީއެސްޖީއާ ހަވާލުވެ ހުރި ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ 2019 ވަނަ އަހަރު ޓޮޓެންހަމް ގޮވައިގެން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ސިޓީ ކަޓުވާލައިފަ އެވެ. ޕޮޗެޓީނޯ ބުނީ މާޒީގައި ކޮށްފައި ހުރި ކަމަކުން މީގެ ލިބޭނެ މޮޅެއް ނެތް ކަމަށެވެ.

"އަަހަރެމެން ޕެޕް ގާޑިއޯލާއާ ބެހޭގޮތުން ވާހަކަ ދައްކާއިރު ގަބޫލުކުރަންޖެހޭ މި ވާހަކަ ދެކެވެނީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗާ ބެހޭގޮތުން ކަން. އަހަރެން ގާޑިއޯލާ ބަލައިގަންނަނީ އޭނަ ހޯދާ ޓްރޮފީތަކާ ހެދިއެއް ނޫން. ފުޓްބޯޅަ އަށް އޭނަ އެ ގެންނަ ބަދަލާ އޭނަގެ ލެގަސީއާ މެދު ވަރަށް ހިތްހަަމަޖެހޭ،" ޕޮޗެޓީނޯ ބުންޏެވެ.

ކޯޗިން ކެރިއަރުގައި ގާޑިއޯލާ އާއި ޕޮޗެޓީނޯ ވަނީ 18 ފަހަރު ކުރިމަތިލައިފަ އެވެ. ރެކޯޑް ރަނގަޅީ ގާޑިއޯލާގެ އެވެ. އޭނާ ވަނީ 10 މެޗުން މޮޅުވެފަ އެވެ. ޕޮޗެޓީނޯ އަށް ތިން މޮޅު ހޯދުނުއިރު، ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޔޫރަޕްގައި ރަށުންބޭރުގައި ސިޓީ އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން ވަނީ 11 މެޗުން މޮޅުވެފަ އެވެ. ރަށުންބޭރުގައި ސިޓީ އެންމެ ފަހުން ކުޅުނު 17 މެޗުން ވަނީ މޮޅުވެފަ އެވެ. ޕީއެސްޖީ ވަނީ އެންމެ ފަހުން އެ ޓިމު ކުޅުނު 25 މެޗުގެ ތެރެއިން 19 މެޗުން މޮޅުވެފަ އެވެ. ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ދަނޑުގައި ކުޅުނު ލެގުން ބާސެލޯނާއާ 1-1 އިން އެއްވަރުވިއިރު، ބަޔާން އަތުން 1-0 އިން ވީ ބައްޔެވެ.

ސިޓީ އާއި ޕީއެސްޖީގެ މެޗު ފަށާނީ މިރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox