ސުޕަ ލީގުގައި ބައިވެރިވެއްޖެނަމަ އިޓާލިއަން ލީގުން ވަކިވާނެ

Apr 27, 2021, 8:05 AM
ސުޕަ ލީގުގައި ބައިވެރިވެއްޖެނަމަ އިޓާލިއަން ލީގުން ވަކިވާނެ

މިލާން (އޭޕްރީލް 27) - ޔޫރަޕިއަން ސުޕަ ލީގު ފަދަ ރަސްމީ ފެޑެރޭޝަނަކުން ބަލައިނުގަންނަ ލީގެއްގައި ބައިވެރިވާ އިޓާލިއަން ލީގުގެ ކްލަބްތަކަށް އެ ލީގުގަިއ ނުކުޅެވޭ ގޮތަށް ގަވާއިދެއް ހަދައިފި އެވެ.

އިޓަލީގެ ކްލަބްތަކާ އެކު މަޝްވަރާކުރެވިގެން ދި އިޓާލިއަން ފުޓްބޯލް ފެޑެރޭޝަން (އެފްއައިޖީސީ) އިން އެޕްރޫވްކުރި ގަވާއިދުގައިވާ ގޮތުން ޔުއެފާ އާއި ފީފާ އިން ބަލައިނުގަންނަ އަމިއްލަ ލީގުތަކުގައި އިޓާލިއަން ލީގުގެ ޓީމުތަަކަށް ނުކުޅެވޭނެ އެވެ.

މި މަހު 18 ވަނަ ދުވަހު ސުޕަ ލީގު އިއުލާންކުރިއިރު، އެ ލީގުގައި ހިމެނޭ ކްލަބްތަކުން ބޭނުންވަނީ ސުޕަ ލީގުގައި ކުޅުނު ނަމަވެސް ޑޮމެސްޓިކް ލީގުގައި ކުޅެވޭގޮތަށް އޮތުމެވެ. ސުޕަ ލީގަކީ ޗެމްޕިއަންސް ލީގުގެ ބަދަލުގައި ކުޅޭ މުބާރާތެއްގެ ގޮތުގައި ބޭއްވުމަށެވެ.

އެފްއައިޖީސީން ހެދި މި ގަވާއިދަށް އަމަލުކުރަން ފެށުމާ އެކު އަދިވެސް ރަސްމީކޮށް ސުޕަ ލީގުން ވަކިނުވެ އޮތް ޔުވެންޓަސް އިން އެ ލީގުގައި ދެމިއޮތުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހޭނެ އެވެ. ސުޕަ ލީގުގެ ފައުންޑަރު ކްލަބްތަކުގެ ތެރޭގައި އޮތް އޭސީ މިލާނާއި އިންޓަ މިލާން ވަނީ އެ ލީގުން ވަކިވެފަ އެވެ. ސުޕަ ލީގުން ވަކިވާން އިޓަލީގެ ޓީމުތަކަށް އޮތް އެންމެ ފަހުގެ މުއްދަތަކީ ޖޫން މަހުގެ 21 އެވެ.

"މި ވަގުތަށް އަހަރެމެން އަތުގައި ސީދާ މައުލޫމާތެއް ނެތް ކޮން ބައެއްތޯ ސުޕަ ލީގުން ވަކިވީ އެހެން ބުނާކަށް. އަންނަ ސީޒަނުގެ ލީގުގެ ބައިވެރިން ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ މުހުލަތަކީ ޖޫން މަހުގެ 21 ވަނަ ދުވަހު. އޭރު އެހެން ޕްރައިވެޓް ލީގެއްގައި ބައިވެރިވެފައި އޮންނަ ޓީމަކަށް. އަހަރެމެންގެ ލީގުން ފުރުސަތެއް ނޯންނާނެ،" އެފްއައިޖީސީގެ ރައީސް ގަބްރިއެލް ގްރަވީނިއާ ވިދާޅުވި އެވެ.

އިޓާލިއަން ލީގުން ރަސްމީކޮށް ސުޕަ ލީގު ފަދަ ލީގުތަކުގައި ބައިވެރިނުވެވޭ ގޮތަށް ކަރުދާހުގައި ގަވާއިދެއް ހިމެނުމާ އެކު ވަރަށް އަވަހަށް މަޝްހޫރު އެހެން ލީގުތަކުން ވެސް އެ ގޮތަށް އަމަލުކުރާނެ ކަމަށް ބެލެވެ އެވެ. ދާދި ފަހުން ސްޕެނިޝް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުން ވެސް ވަނީ ސުޕަ ލީގުގައި ބައިވެރިވި ކްލަބްތަކާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް އެ ލީގުތަކުގައި ބާކީ އޮތް ކްލަބްތަކާ ބައްދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox