މާލީ ހާލަތު ދަށްއިރު ބަދަލު ދޭތީ ހުށަހެޅި މައްސަލައަށް ބަހުސް ކުރަން ބޭނުމެއް ނުވި

ފަރެސްމާތޮޑާ ދާއިރާގެ އިދިކޮޅު މެމްބަރު ހުސެއިން މުހައްމަދު ލަތީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ފަރެސްމާތޮޑާ ދާއިރާގެ އިދިކޮޅު މެމްބަރު ހުސެއިން މުހައްމަދު ލަތީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ކޮވިޑް-19އާ ގުޅިގެން އިގުތިސޯދު ހީނަރުވެ، ދައުލަތުގެ މާލިއްޔަތު އިންތިހާއަށް ދަށްވެފައިވާ ދަނޑިވަޅެއްގައި ވެސް، އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ދައުލަތުން ބަދަލުދޭކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް ގޮވާލައި އިދިކޮޅުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

ފަރެސްމާތޮޑާ ދާއިރާގެ އިދިކޮޅު މެމްބަރު ހުސެއިން މުހައްމަދު ލަތީފު އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަދިވެސް އަރައި ނުގަނެވި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ނަމަވެސް، ސަރުކާރުން ދަނީ "ފައިސާ ޗާޕްކޮށް" ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ބަހަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސެއިން އެ އިޝާރާތް ކުރެއްވީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖުކުރުމަށްޓަކައި މަރުކަޒީ ބޭންކުން ސަރުކާރަށް ނަގާފައިވާ 4.4 ބިލިއަން ރުފިޔާގެ އޯވާޑްރާފްޓް ފެސިލިޓީގެ މުއްދަތު އަންނަ އަހަރަށް އިތުރުކޮށް ދިނުމަށް މަޖިލީހުން ނިންމި ނިންމުމަށެވެ.

އޭގެ ފަހުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލްގެ މަންދު ކޮލެޖް ހިންގި އިމާރާތް ކުއްލި ގޮތަކަށް އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން ސިވިލް ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ.

ހުސެއިން މިއަދު ވިދާޅުވި ގޮތުގައި ދައުލަތުން މިލިއަނުން ބަދަލު ދެމުންދަނީ ކޯޓުގެ ހުކުމެއް ނެތި އަދި ކޯޓުން ބޭރުގައި ހަދާ ސެޓެލްމަންޓް އެގްރީމަންޓްތަކުގެ ތެރެއިން ކަމަށެވެ.

އަދި އެކަން ހިނގަމުންދާއިރު، އާންމުންގެ ތެރެއިން ގިނަ ބަޔެއްގެ ވަޒީފާއާ ގެދޮރު ގެއްލި މަސްވެރިން ބާނާ މަސް ނުކުރި ހަމަ އަގު ވެސް ނުލިބި އާއިލާތައް ބިކަވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ ރައްޔިތުން އެފަދަ ނިކަމެތި ހާލަތެއްގައި ތިބި އިރު، ދައުލަތުގެ ފައިސާ ހަރަދު ކުރަން ޖެހޭނީ ގައުމު ތަރައްގީކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަަނގަޅު ކުުރަން ކަމަށެވެ.

ނަމަވެސް، ހުސެއިން ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް ނެގުނު ވޯޓުގައި އެ ގޮތަށް ފެންނަ ގޮތަށް ވޯޓު ދެއްވީ އެންމެ ފަސް މެމްބަރުންނެވެ.

މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެ ވޯޓުގައި ބައިވެރިވެޑައިގެންނެވި 29 މެމްބަރުން އެ ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަކަމަށް ވޯޓު ދެއްވުމުން އެ މައްސަލަ ވަނީ ބަލައިނުގަނެ ބޭރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox