އެމެރިކާއިން އޮކްސްފޯޑް ވެކްސިނުގެ 60 މިލިއަން ޑޯޒް ގައުމުތަކަށް ބަހާލަނީ

ވެކްސިން ޖަހަން ތައްޔާރު ވަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ވެކްސިން ޖަހަން ތައްޔާރު ވަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އެމެރިކާއަށް ލިބެމުންދާ އޮކްސްފޯޑް ކޮވިޑް ވެކްސިނުގެ 60 މިލިއަން ޑޯޒް އެހެން ގައުމުތަކަށް ބަހާލާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

އެ ވެކްސިނުގެ ރައްކާތެރިކަން އެމެރިކާގައި ކަށަވަރުކޮށް، ހުއްދަ ދިނުމާއެކު އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރަން ފަށާނެ އެވެ. ނަމަވެސް މިކަމަށް އަދި މަސްތަކެއް ހޭދަވާނެ ކަމަށް ބެލެވެ އެވެ.

މިހާތަނަށް އެމެރިކާގައި އޮކްސްފޯޑް ވެކްސިނަށް ހުއްދަ ދީފައި ނުވި ނަމަވެސް، އެ ވެކްސިނުގެ ބޮޑު ސްޓޮކެއް އެ ގައުމުގައި ރައްކާކޮށްފައި އެބަ ހުއްޓެވެ.

އެހެންކަމުން ބައެއް ގައުމުތަކުން ވެކްސިނަށް ޖެހި ހާލުގައި އުޅޭ އިރު، އެމެރިކާއިން އެ ތަކެތި ފޯރުކޮށްދީފައި ނުވާތީ ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

މިދިޔަ މަހު ރައީސް ޖޯ ބައިޑެން ވަނީ އޮކްސްފޯޑް ވެކްސިނުގެ ހަތަރު މިލިއަން ޑޯޒް ކެނެޑާ އާއި މެކްސިކޯއަށް ހަދިޔާ ކުރައްވަން ވައުދުވެ ވަޑައިގެންފަ އެވެ. އެ ދެ ގައުމުގައި ވެސް އެ ވެކްސިނަށް ހުއްދަ ދީފައި ވެއެވެ.

އޭގެ އިތުރުން އިންޑިއާއަށް ދިމާވެފައިވާ ކާރިސާގެ ސަބަބުން ވެސް އެމެރިކާއަށް ދަނީ އެ ގައުމުގެ ސިއްހީ ރިސޯސްތައް ހިއްސާ ކުރުމަށް ޕްރެޝަރު ބޮޑުވަމުންނެވެ.

ވައިޓް ހައުސްއިން ބުނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބުމާއެކު 10 މިލިއަން ޑޯޒް ގައުމުތަކަށް ފޮނުވާނެ ކަމަށެވެ. އިތުރު 50 މިލިއަން ޑޯޒް ހުރީ އުފެއްދުމުގެ މަރުހަލާގަ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ ވެކްސިން އެކްސްޕޯޓް ކުރުމުގެ ކުރިން އެފްޑީއޭއިން އޭގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ.

އިއްޔެ އެމެރިކާއިން ބުނީ އިންޑިއާގައި ވެކްސިން އުފައްދަން ހުރި ދަތިތައް ނައްތާލުމުގެ ގޮތުން އެ ގައުމަށް ބޭނުންވާ ސާމާނު އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.

އިންޑިއާގައި ވެކްސިން އުފައްދާ ކުންފުނިތަކުން ބުނެފައި ވަނީ ސަޕްލައިއަށް އަސަރު ކުރީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވެކްސިން އުފައްދަން ބޭނުންވާ ތަކެތި އެކްސްޕޯޓް ކުރުން އެމެރިކާއިން މަނާ ކުރުމުން ކަމަށެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ ބައިޑެން އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ފޯނުން ވާހަކަފުޅު ދެއްކެވި ކަމަށާއި އޮކްސިޖަނާއި، ވެކްސިނަށް ބޭނުންވާ ސާމާނާއި އެހެނިހެން ތަކެތި ވެސް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox