ޕެލަސް ބަލިކޮށް ލެސްޓާ ތިން ވަނައިގައި ލީޑުދަމަހައްޓައިފި

Apr 26, 2021, 9:38 PM
ޕެލަސް ބަލިކޮށް ލެސްޓާ ތިން ވަނައިގައި ލީޑުދަމަހައްޓައިފި

ލެސްޓާ (އޭޕްރީލް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި ކްރިސްޓަލް ޕެލަސް 2-1 އިން ބަލިކޮށް ލެސްޓާ ސިޓީން ތިން ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

މި މޮޅާ އެކު ލެސްޓާ ލީގުގެ ތިން ވަަނައިގައި އޮތީ 33 މެޗުން 62 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް ވަނީ 33 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމަށް 33 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި ލިވަޕޫލް އޮތީ 33 މެޗުން 54 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ޓޮޓެންހަމަށް 33 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެވެ. އަދި އެވަޓަން އަށް ވަނައިގައި އޮތީ 32 މެޗުން 52 ޕޮއިންޓާ އެކު އެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކްރިސްޓަލް ޕެލަސް އިން ރަނގަޅަށް ކުޅެ ލީޑުނެގި އެވެ. މެޗުގެ 12 ވަނަ މިނިޓްގައި އެބްރެޗީ އެޒޭ ހުސްކޮށްލާފައި ދިން ބޯޅައެއް ހޯދައި ޕެލަސް އަށް ލީޑުނަގައިދިނީ ވިލްފްރިއެޑް ޒަހާ އެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ލެސްޓާ އިން ކުރި މަސައްކަތް ނާކާމިޔާބުވީ ނަމަވެސް ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ބެލްޖިއަމްގެ ފުލްބެކް ޓިމޮތީ ކަސްޓާނިއާ ވަނީ ލެސްޓާ އަށް އެއްވަރުކޮށްދީފަ އެވެ. ކަސްޓާނިއާ މި ގޯލު ޖެހީ މި ވަގުތު ތަފާތު ފޯމެއްގައި ހުރި ލެސްޓާގެ ފޯވާޑް ކެލެޗީ އިހެނާޗޯ ދިން ބޯޅައަކުންނެވެ. މިއީ ސީޒަނުގެ ފުރަތަމަ މެޗަށް ފަހު ކަސްޓާނިއާ ޖެހި ފުރަތަމަ ގޯލެވެ.

ޕެލަސްގެ ކްރިސްޓިއަން ބެންޓެކޭ އަށް އަލުން އެ ޓީމަށް ލީޑުނަގައިދޭން ލިބުނު ބޯޅަތަކުގެ ބޭނުމެއް ނުހިފުނެވެ. ލެސްޓާ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި އިހެނާޗޯ އެވެ. ޖޯނީ އެވަންސް މަތިން ފޮނުވާލި ބޯޅައެއް ކޮންޓްރޯލްކޮށްލުމަށް ފަހު ޕެލަސްގެ ދެ ކުޅުންތެރިން ދޭތެރެއިން އިހެނާޗޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. އެ ބޯޅަ ގޯލަށް ވަންއިރު ޕެލަސްގެ ކީޕަރު ވިސެންޓޭ ގައީޓާ ހުރީ ހަރަކާތް ހުއްޓިފަ އެވެ.

ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ސީޒަންގެ މި ހިސާބުން އެންމެ މުހިއްމު ކަމަކީ ނަތީޖާ ނެރުން ކަމަށާއި އެކަން ހާސިލްކުރެވުމުން ހިތްހަމަޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox