މާލޭ ސިޓީ ކައުންސިލްގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާ ފަށައިފި

މާލޭ މޭޔަރަކަށް އިންތިހާބުވި ޑރ. މުއިއްޒާއި މާލޭގެ މޭޔަރު ޝިފާ ބައްދަލު ކުރައްވަނީ: ސިޓީ ކައުންސިލްގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާ ވަނީ ފަށައިފައި-- ފޮޓޯ: މުއިއްޒުގެ ޓުވިޓާ އެކައުންޓު

މާލޭ މޭޔަރަކަށް އިންތިހާބުވި ޑރ. މުއިއްޒާއި މާލޭގެ މޭޔަރު ޝިފާ ބައްދަލު ކުރައްވަނީ: ސިޓީ ކައުންސިލްގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާ ވަނީ ފަށައިފައި-- ފޮޓޯ: މުއިއްޒުގެ ޓުވިޓާ އެކައުންޓު

މާލޭ ސިޓީ ކައުންސިލްގެ ބާރުތައް މާލޭ ސިޓީގެ މޭޔަރު ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒަށް ބަދަލު ކުރުމުގެ މަރުހަލާ އިއްޔެ ފަށައިފި އެވެ.

މުއިއްޒުގެ އެދިވަޑައިގަތުމަކަށް މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ވަނީ އޭނާއާ އިއްޔެ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުން ބޭއްވީ އަލަށް ހަވާލުވާ ކައުންސިލުގެ ބާރުތައް ބަދަލު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.

މުއިއްޒު ވިދާޅުވީ ބާރުތައް ބަދަލު ކުރުމަށް ދޭންޖެހޭ އެއްބާރުލުން ސިޓީ ކައުންސިލުން ދެމުން އަންނަ ކަމަށެވެ. އޭނާގެ މަގުސަދަކީ ސިޓީ ކައުންސިން މިހާރު ކުރިއަށްދާ މަސައްކަތްތަކާއި މާލީ ހާލަތު ދެނެގަތުން ކަމަށާއި އެއިރުން ކައުންސިލާ ހަވާލުވާ ފުރަތަމަ ދުވަހު ވެސް މަސައްކަތްތައް ފެށޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަދި ކޮމެޓީއެއް ނުނަގަން. އެ ބޭފުޅުން ވިދާޅުވީ ގުޅާނަމޭ ޑޮކިއުމެންޓޭޝަނާއި ޕްރެޒެންޓޭޝަން ފަދަ ކަންކަން ހަމަޖައްސައިފައި،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ މޭޔަރަކަށް އިންތިހާބުވި ޑރ. މުއިއްޒާއި މާލޭގެ މޭޔަރު ޝިފާ ބައްދަލު ކުރައްވަނީ: ސިޓީ ކައުންސިލްގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާ ވަނީ ފަށައިފައި-- ފޮޓޯ: މުއިއްޒު ޓްވިޓާ
މާލޭ މޭޔަރަކަށް އިންތިހާބުވި ޑރ. މުއިއްޒާއި މާލޭގެ މޭޔަރު ޝިފާ ބައްދަލު ކުރައްވަނީ: ސިޓީ ކައުންސިލްގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާ ވަނީ ފަށައިފައި-- ފޮޓޯ: މުއިއްޒު ޓްވިޓާ

މާލޭ މޭޔަރަކަށް އިންތިހާބުވި ޑރ. މުއިއްޒާއި މާލޭގެ މޭޔަރު ޝިފާ ބައްދަލު ކުރައްވަނީ: ސިޓީ ކައުންސިލްގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާ ވަނީ ފަށައިފައި-- ފޮޓޯ: މުއިއްޒު ޓްވިޓާ

މިއީ މާލޭ ސިޓީގެ މޭޔަރުކަމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ފިޔަވައި އެހެން ޕާޓީއެއްގެ މީހަކަށް ލިބުނު ފުރަތަމަ ފަހަރެވެ. މިފަހަރުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ހޯދީ އިދިކޮޅު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކާއެކު ގިނަ ބާރުތަކެއް ކައުންސިލްތަކަށް ލިބެ އެވެ. އޭގެ ތެރޭގައި މާލީ މިނިވަންކަމާއި އަމިއްލައަށް ޕްރޮޖެކްޓްތައް ހިންގުން ފަދަ ބާރުތައް ހިމެނެ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އޭނާގެ އަމާޒަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށެވެ. ބޯހިޔާވަހިކަމަކީ މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަށް ވާއިރު މަގާމާ ހަވާލުވާ ފުރަތަމަ ދުވަހު ވެސް އެކަން ހައްލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބުވި އާ ކައުންސިލަރުން ހުވާ ކުރަން މިހާރު ހަމަޖައްސައިފައިވަނީ ފެށޭ މަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox