ވެކްސިން ހަދަން ބޭނުންވާ ތަކެތި އިންޑިއާއަށް ލިބޭނެ ގޮތް އެމެރިކާއިން ހަދައިފި

އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިން. ވެކްސިން ސަޕްލައި މަދުވެފައި ވަނީ އެ އުފައްދަން ބޭނުންވާ ސާމާނު އެމެރިކާއިން ނުލިބޭތީ. --

އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިން. ވެކްސިން ސަޕްލައި މަދުވެފައި ވަނީ އެ އުފައްދަން ބޭނުންވާ ސާމާނު އެމެރިކާއިން ނުލިބޭތީ. --

އިންޑިއާގައި ކޮވިޝީލްޑް ވެކްސިން އުފައްދަން ދަތިވެފައިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ވެކްސިން އުފައްދަން ބޭނުންވާ ސާމާނު އެކްސްޕޯޓު ކުރުމުގެ ހުއްދަ އެމެރިކާއިން ދީފި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީން ކޮވިޑާ ދެކޮޅަށް ތައްޔާރު ކުރި މި ވެކްސިން އިންޑިއާގައި އުފައްދަނީ ސިރަމް އިންސްޓިޓިއުޓުންނެވެ. އެ ތަނުން ބުނެފައި ވަނީ ވެކްސިނަށް ބޭނުންވާ ބައެއް ތަކެތި އެކްސްޕޯޓް ކުރުން މަނާކޮށްފައި ވާތީ ޕްރޮޑަކްޝަނަށް އަސަރުކޮށްފައިވާ ކަމަށެވެ.

ދެ ވަނަ ރާޅެއްގައި ވަރަށް ބޮޑަށް ހާލަތު ގޯސްވެފައިވާ އިންޑިއާގެ ވެކްސިން ޕްރޮގްރާމްގެ ދުވެލި އަވަސް ނުކުރެވި ވަނީ ވެސް ބޭނުންވާ މިންވަރަށް ވެކްސިން ނުލިބިގެންނެވެ. އެހެންކަމުން އެމެރިކާއިން ނިންމީ މި ދަނޑިވަޅުގައި އެހީވުމުގެ ގޮތުން މަނާކުރި ތަކެތި އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭށެވެ.

ވައިޓް ހައުސްއިން ބުނީ އިންޑިއާގެ ކުންފުނިތަކަށް ވެކްސިން ހަދަން ބޭނުންވާ ތަކެތީ ދޭނެ ކަމަށެވެ. ރައީސް ޖޯ ބައިޑެން ވިދާޅުވީ ބަލިމަޑުކަމުގެ ކުރީކޮޅު އިންޑިއާއިން އެމެރިކާއަށް އެހީވި ގޮތަށް އެމެރިކާ އިން ވެސް އިންޑިއާއަށް އެހީވާނެ ކަމަށެވެ.

އެމެރިކާގައި އޮކްސްފޯޑް ވެކްސިނަށް އަދި ހުއްދަ ދީފައި ނުވި ނަމަވެސް، އެ ގައުމުގައި ގިނަ އަދަދެއްގެ މި ވެކްސިން ރައްކާކޮށްފައި އެބަ ހުއްޓެވެ. އިންޑިއާ ހާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި އެ ތަކެތި ފޯރުކޮށްދޭން ނިންމާފައި ނުވާތީ އެމެރިކާއަށް ފާޑުކިޔުން އަމާޒުވެ އެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާ ސަރުކާރުން ދަނީ އެކަމާ މެދު ގޮތެއް ނިންމަން ވިސްނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox