ފަހަތުން އަރައި ލިޔޯން ބަލިކޮށް ލިލް އަލުން އެއް ވަނަ އަށް

Apr 25, 2021, 9:39 PM
ލަނޑު ޖެހުމަށް ފަހު ލިލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލިލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 26) - ފޯރިގަދަ މެޗަކަށް ފަހު ފަހަތުން އަރައި ލިޔޯން 3-2 އިން ބަލިކޮށް ލިލް އިން ފްްރެންޗް ލީގުގެ އެއް ވަނަ އަށް އަލުން ޖެހިލައިފި އެވެ.

ލީގުގައި ރޭ މެޓްޒް އަތުން މޮޅުވެ ޕީއެސްޖީ އެއް ވަނަ އަށް އެރި އެވެ. އަދި މޮނާކޯ އިން މިރޭ ކުރިން ކުޅުނު މެޗުން އެންޖާސް އަތުން މޮޅުވެ ދެ ވަނަ އަށް ޖެހިލިއިރު، ލިލް މެޗަށް ނުކުތީ ލީގުގެ ތިން ވަނައިގައި އޮވެ އެވެ. މޮޅުވެގެން ނޫން ގޮތަކަށް ލިލް އަށް އަލުން އެއް ވަަނަ އަށް އެރެން ނެތުމުން އެ ޓީމު ވަނީ ތަފާތު ހިތްވަރެއް ދައްކައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.

ލިލް އިން މިރޭ ހޯދި މޮޅާ އެކު އަލުން އެއް ވަނަ އަށް ޖެހިލީ 34 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ޕީއެސްޖީ ދެ ވަނައިގައި އޮތީ 34 މެޗުން 72 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް މޮނާކޯ އަށް 34 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. އަދި މިރޭ ބަލިވި ލިޔޯން ހަތަރެއްގައި އޮތީ 34 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement

އަމިއްލަ ދަނޑުގައި ކުޅުނު ލިޔޯނުން ފުރަތަމަ 35 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނެގި އެވެ. ލިޔޯނަށް މެޗުގެ 20 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މެކްސެން ކަކޭރޭ ނެގި ހުރަހަކުން އަލްޖީރިއާގެ ފޯވާޑް އިސްލާމް ސްލިމާނީ އެވެ. މެޗުގެ 35 ވަަނަ މިނިޓްގައި ލިޔޯނުން ލީޑުފުޅާކުރީ ލިލްގެ ޕޯޗުގީސް ޑިފެންޑަރު ހޯސޭ ފޮންޓް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިލް އަށް ކުޅޭ ތުރުކީ ފޯވާޑް ބުރަކް ޔިލްމާޒް ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުއްމީދެއް ހޯދައިދީފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 15 މިނިޓް ތެރޭ ޖޮނަތަން ޑޭވިޑް ވަނީ ލިލް އަށް އެއްވަރުކޮށްދިނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔޫސެފް ޔަަޒީޝީ ދިން ބޯޅައަކުން ލިލް މޮޅުކޮށްދިން ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޔިލްމާޒް އެވެ.

ލިލްގެ މި މޮޅާ އެކު ފްރާންސް ލީގުގެ ފަހު މެޗުތަކަށްދާއިރު، ލީގުގެ ރޭސް ވަނީ ފޯރިގަދަވެފަ އެވެ. ރޭހުގައި އޮތީ ލިލް އާއި ޕީއެސްޖީ އަދި މޮނާކޯ އެވެ. މީގެއިން ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ހަތަރު މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox