އެމްއެމްއޭ އަށް "ބީރުކަންފަތެއް" ދިނުމުން އިދިކޮޅުން ކަންބޮޑުވެއްޖެ

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާ ގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީއަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

އޯޑީއަށް ދީފައިވާ ހުއްދަ އިތުރުކުރުމާ ގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީއަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ އިތުރުކޮށް ދިނުމަށް ސަރުކާރުން އެދިފައިވާއިރު، އެކަން ކުރުމުގެ ކުރިން އެމްއެމްއޭއިން ހުށަހެޅި ޝަރުތުތައް ނުހިމަނައި ހުއްދަ ދޭން އުޅޭތީ އިދިކޮޅުން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކުރުމަށް މިދިޔަ އަހަރު ސަރުކާރުން އެދުނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް އަސަރުކުރުމުން، މަރުކަޒީ ބޭންކުން ދަރަނި ނެގޭ ލިމިޓު ބޮޑުކޮށް ދިނުމަށެވެ.

ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.

ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ އޭގެ ކުރީ ތިން އަހަރުގެ ދައުލަތު އާމްދަނީގެ 20 ޕަސަންޓަށްވާ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ.

އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.

އެއާއެކު ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.

އެ ހުއްދަ އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، ކޮވިޑުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަދި އަރައިގަނެވިފައިނުވާތީ، އެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

އެކަމާމެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ކޮމިޓީއަކުން އެ މައްސަލަ ދިރާސާކުރަން ހުށަހެޅި ހުށަހެޅުން ފާސްނުވެ، އެކަމަށް މަޖިލީހުން ގޮތެއް ނުނިންމުނެވެ.

އޭގެ ފަހުން، ރިޔާސަތުން ވަނީ އެ މައްސަލަ އަލުން ތަޅުމަށް ހުށަހަޅައި، މެމްބަރުންގެ ތާއީދާއެކު ކޮމިޓީއަކުން އެކަން އިތުރަށް ދިރާސާކުރަން ފާސްކޮށްފަ އެވެ.

އެއާއެކު އެ ހުއްދަ ދިނުމުގެ ކުރިން، ގައުމުގެ މާލީ އަދި އިގުތިސޯދީ ހާލަތު ދެނެގަތުމަށް މަޖިލީހުން ވަނީ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ނަގައިފަ އެވެ.

ކޮމިޓީން މިދިޔަ ބުދަ ދުވަހު ވަނީ އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކޮށްފަ އެވެ.

ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ގަވަރުނަރު ގިނަ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާއިރު، އޭނާ ވިދާޅުވި ގޮތުގައި، ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ރޭޓް އެކްސްޗޭންޖު ރޭޓާ ވަރަށް ބޮޑަށް ގުޅިފައިވާއިރު، މަނިޓަރީ ފައިނޭންސިންގެ (ސަރުކާރުގެ ހަރަދަށް ސީދާ މަރުކަޒީ ބޭންކުން ފައިސާ ދިނުން) ސަބަބުން އިންފްލޭޝަން ރޭޓު ހިފެހެއްޓުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި އިގުތިސޯދީ ހާލަތު މިހާރު އޮތް ގޮތުން އެކަން ކުރަންޖެހިފައިވީ ނަމަވެސް، މަދުވެގެން އަހަރަކު ދެ ފަހަރު، ދަރަންޏަށް ނެގި ފައިސާ ސަރުކާރު ބޭނުންކުރަމުންދާ ގޮތް މުރާޖައާ ކުރަންޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

އޯވާޑްރާފްޓާ ގުޅޭގޮތުން އެމްއެމްއޭއިން ގިނަ ކަންބޮޑުވުންތައް ފާހަގަކުރި ނަމަވެސް، ހުއްދަ އިތުރުކޮށް ދިނުމުގެ ޝަރުތެއްގެ ގޮތުގައި ކޮމިޓީން ފާސްކުރި ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.

އެމްއެމްއޭގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާޅުކުރި ކަންބޮޑުވުންތައް ވެސް ރިޕޯޓުގައި ހިމަނާފައިވަނީ ކޮމިޓީން ކުރި ދިރާސާތަކުން ހޯދުނު މައުލޫމާތުތަކުގެ ގޮތުގަ އެވެ.

އެއާއެކު ކޮމިޓީގެ އަގުލަބިއްޔަތުން ނިންމާފައިވަނީ، ސަރުކާރުން އެދުނު ގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށް ދިނުމަށެވެ.

ހުއްދަ ހުއްޓުވަން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

އެ މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓު މާދަމާގެ ކުރިން ފާސްކުރުމަށް މިހާރު ކުރިއަށްދާ މަޖިލީހުގެ ހާއްސަ ޖަލްސާއަށް އިދިކޮޅުގެ ފަރާތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލަ ހުށަހެޅީ، މަރުކަޒީ ބޭންކުގެ ވެސް ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު އޯވާޑްރާފްޓްގެ ހުއްދަ އިތުރުކޮށްނުދީ ފައިސާ ޗާޕުކުރުން ހުއްޓުވަމަށެވެ.

ނަމަވެސް، މަޖިލީހުގެ ގަވައިދަށް ހަވާލާދީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ އެޖެންޑާގައި ހިމެނެން ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކުއްލި މައްސަލައެއްގައި ފުރިހަމަވާންޖެހޭ ސިފަތަކުގެ މާއްދާއާ ފުށު އެރުންތަކެއް ހުރި ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 175 ވަނަ މާއްދާ

  • (އ) ހުށަހެޅިފައިވާ ބިލުތައްް ނުވަތަ މައްސަލަ އެއްގައި ހިނގާނެ ބަހުސާގުޅޭ މައުލޫއަކަށްްއޮތްް މައްސަލައަކަށްް ނުވުން.
  • (ވ) ދައުރުގައި މަޖިލީހުގައި ބަހުސްކޮށްފައިވާ މައްސަލައެއްް އަލުންް އުފަންކުރުމަށްް ހުށަހެޅޭ މައްސަލައަކަށް ނުވުން.
  • (މ) ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭގޮތުންް ދުރާލާ އެއްޗެއްް ބުނުމުގެ ބޭނުމުގައި ހުށަހަޅާ ހުށަހެޅުމެއްް ކަމުގައި ނުވުން.

ނަޝީދު ވިދާޅުވީ އެ މައްސަލަ ބަލައިނުގަނެވުނު ނަމަވެސް، ކޮމިޓީ ރިޕޯޓުގެ ބަހުސްގެ ތެރެއިން އެކަމާ ގުޅިގެން ހުރި ކަންބޮޑުވުމެއް ހިއްސާކުރެއްވުމަށް ފުރުސަތު ލިބޭނެކަމަށެވެ.

އެމްއެމްއޭ އަށް "ބީރު ކަންފަތެއް"

ރިޕޯޓާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގެ ތެރެއިން، ވަގުތީ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ގަވަރުނަރުގެ ހުރިހާ ކަންބޮޑުވުންތަކަށް ކޮމިޓީން އަޅާނުލި ކަމަށެވެ.

މިގޮތުން، އެ ފައިސާ އަނބުރާ ދައްކާ ގޮތުގެ ޕްލޭނެއް ހިމެނުމަށް މިދިޔަ އަހަރު ހުއްދަ ދިން އިރުވެސް ގަވަރުނަރު އެދިވަޑައިގެންނެވި ކަމަށާއި އެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަޅާނުލެއްވި ކަމަށް ސައީދު ވިދާޅުވި އެވެ.

ދދ
ދދ

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

"ކޮމިޓީގައި ގަވަރުނަރު ވަރަށް ސާފުކޮށް ވިދާޅުވި ތިމަންނާއެކީ ފިނޭންސް މިނިސްޓަރު މަޝްވަރާއެއް ނުކުރައްވައޭ. އެކަމަށް ބީރުކަންފަތެއް ދެއްވިކަން ވަރަށް ސާދާކޮށް ކޮމިޓީގެ ޔައުމިއްޔާގައި އޮންނާނެ،" އޭނާ ތުހުމަތު ކުރެއްވި އެވެ.

އަދި ގަވަރުނަރު އެ ވިދާޅުވި ވާހަކަތައް ކޮމިޓީގެ ޔައުމިއްޔާއިން އުނިކުރަން މަސައްކަތް ކުރިކަމަށް ވެސް ސައީދު މިއަދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ސައީދު އިތުރަށް ވިދާޅުވި ގޮތުގައި ބޭރުގެ މާލީ އިދާރާތަކުން ވެސް އޯޑީ ފެސިލިޓީއެއް ދޭނަމަ ގަވަރުނަރުގެ އިރުޝާދުތައް އަޑުއަހަން ލަފާދީފައިވާ ކަމަށެވެ.

ނަމަވެސް، ކުރީ އަހަރު ދަރަންޏަށް ނެގި ފައިސާ ހަރަދުކުރި ގޮތެއް ސާފުނުވާއިރު، އަނެއްކާ ދެވަނަ އަހަރަކަށް އެ ހުއްދަ އިތުރުކޮށްދޭން އުޅުމަކީ އިންތިހާއަށް ކަންބޮޑުވުންއޮތް ކަމެއްކަމަށް ސައީދު ފާހަގަކުރެއްވި އެވެ.

"ދެވަނަ އަހަރަކަށް ހުއްދަ ދޭން އުޅޭއިރު ރައްޔިތުން އެބަ ސުވާލުކުރޭ ކުރިން ނެގި ފައިސާއަށް ކުރީ ކިއްހޭ؟" ސައީދު ވިދާޅުވި އެވެ.

މިއަދުގެ އިދިކޮޅުގެ އެހެން މެމްބަރުންވެސް ކަންބޮޑުވުންފާޅު ކުރެއްވި ނަމަވެސް، މަޖިލީހުން މިއަދު ވަނީ ކޮމިޓީން ނިންމި ގޮތަށް އެ ރިޕޯޓު ފާސްކޮށް، އޯޑީގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox