ރީސައިކަލްކޮށްފައިވާ ކެޕްސޫލެއްގައި ފުރަތަމަށް ފަހަރަށް ޖައްވަށް ދަތުރުކޮށްފި

ރީސައިކަލްކޮށްފައިވާ ކެޕްސޫލް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ޖައްސަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނާސާ ލައިވް ފީޑް

ރީސައިކަލްކޮށްފައިވާ ކެޕްސޫލް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ޖައްސަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނާސާ ލައިވް ފީޑް

ކުރިން ޖައްވަށް ދަތުރުކޮށްފައިވާ އުޅަނދެއްގެ ރޮކެޓް ބޫސްޓަރު ދެ ވަނަ ފަހަރަށް ބޭނުންކޮށްގެން ނުވަތަ ރީސައިކަލްކޮށްގެން ހަތަރު އެސްޓްރޮނޮޓުން ޖައްވަށް ދަތުރުކޮށްފި އެވެ.

ރީސައިކަލްކޮށްފައިވާ ކެޕްސޫލެއްގައި ފުރަތަމަ ފަހަރަށް ޖައްވަށް ދިޔެ މީހުން މިހާރު ވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ފައިބާފަ އެވެ. އެމީހުން ދަތުރު ކުރީ ސްޕޭސް އެކްސްގެ ކްރޫ ޑްރެގަން ކެޕްސޫލް އެންޑެވާ ގަ އެވެ.

އެ ދަތުރުގައި ޖައްވަށް ދިޔެއީ އެމެރިކާ، ޖަޕާން އަދި ފްރާންސަށް ނިސްބަތްވާ ތިން ފިރިހެނުންނާއި އެއް އަންހެނެކެވެ. އެ ދަތުރު ނިންމާ އައިއެސްއެސްއަށް ފޭބުމަށް 23 ގަޑިއިރު ހޭދަވި އެވެ.

ކެޕްސޫލް އެންޑެވާއަކީ މިދިޔަ މޭ މަހު ސްޕޭސް އެކްސްއިން އަލަށް ޖައްވަށް ކުރި ދަތުރުގައި ވެސް ބޭނުންކުރި ކެޕްސޫލެވެ.

އޭގައި ހަތަރު އެސްޓްރޮނޮޓުން ޖައްވަށް ދިޔުމާއެކު މި ވަގުތު ދުނިޔެ ވަށާ ބުރު ޖަހަމުން އައިއެސްއެސް ލެބޯޓަރީގައި ޖުމްލަ 11 މީހުން އެބަ ތިއްބެވެ. މިއީ ގިނަ އަހަރުތަކަކަށް ފަހު މިހާ ގިނަ އަދަދެއްގެ އިންސާނުން އެއް ފަހަރާ ޖައްވުގައި ތިބި ފަހަރެވެ.

އެހެންކަމުން އައިއެސްއެސްގައި އެސްޓްރޮނޮޓުން އުފާ ފާޅުކޮށް ހަދާ މަންޒަރު ފެންނަ ވީޑިއޯ އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން އާއްމުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީސްޓާ ސަންޑޭ ހަމަލާ: 15 މީހެއްގެ މައްޗަށް ކުށް ސާބިތު

2019 ވަނަ އަހަރު ސްރީލަންކާގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން ދައުވާ އުފުލި 15 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ކުށް ސާބިތުވި މީހުންގެ ތެރޭގައި ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ނައުފަރު މައުލަވީ ހިމެނޭއިރު، މި މައްސަލާގައި ދައުވާކުރި އިތުރު 9 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން ނޫސްތަކުން ކޯޓަށް

ސީއެންއެން އާއި ޕޮލިޓިކޯ ފަދަ މީޑިއާތައް ވައިޓް ހައުސްއަށް ވަނުން ރައީސް ޓްރަމްޕްގެ ސަރުކާރުން މަނާކުރުމާ ގުޅިގެން، އެ މުއައްސަސާތަކުން ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމަށް މި ފިޔަވަޅު އެޅި ނަމަވެސް، ޓްރަމްޕް ވަނީ އެއީ ދޮގު ޚަބަރު ފަތުރާ މީޑިއާތަކެއް ކަމަށް ބުނެ އެ ނިންމުމަށް ތާއީދުކުރައްވާފައެވެ.

ދެކުނު ކޮރެއާގަ 5 އަހަރުން ދަށުގެ ކުދިން ވިޔަފާރި މަންދޫބުންނަށް

ދެކުނު ކޮރެއާގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ކުޑަކުދިންނެއް ވިޔަފާރިތަކުގެ މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކޮށް، ބޮޑެތި އާމްދަނީތައް ހޯދަމުންދާކަން ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުދިންވެސް ހިމެނޭއިރު، ބައެއް ކުދިންނަށް އަހަރަކު 100 މިލިއަން ވޮންއަށްވުރެ ގިނައިން އާމްދަނީ ލިބޭކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިކަމަކީ އެ ގައުމުގެ މުޖުތަމައުގައި އޮތް އިގްތިސާދީ ނުހަމަހަމަކަން ހާމަކޮށްދޭ ކަމެއް ކަމަށް މަސްއޫލުވެރިން ފާހަގަކުރައްވައެވެ.

410 މިލިއަން ޑޮލަރުގެ ޑީލްތަކުގައި 25000 މީހުން ޑީޕޯޓުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 410 މިލިއަން ޑޮލަރުގެ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން، 25،000 އަށްވުރެ ގިނަ ހިޖުރަވެރިން އެމީހުންނާ ގުޅުމެއް ނެތް ތިންވަނަ ގައުމުތަކަށް ޑީޕޯޓްކޮށްލާފައިވާކަން ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެއެވެ. މި އެއްބަސްވުންތަކަށް އެއްބަސްވުމަށް ބައެއް ގައުމުތަކަށް މަޖުބޫރުކުރުވާފައިވާއިރު، ގާނޫނީ އެއްވެސް ހިމާޔަތެއް ނެތި މި މީހުން ފޮނުވާލަނީ ނުރައްކާތެރި ހާލަތަކަށް ކަމަށް ވަކީލުން ބުނެއެވެ.

ދެކުނު އެފްރިކާގައި ނުވަ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ

ދެކުނު އެފްރިކާގެ ޖޯހަނަސްބާގުން ނުވަ އަންހެނެއްގެ ހަށިގަނޑު ފެނުނު މައްސަލައިގެ ތަހުގީގަށް ފިރިހެނަކާއި ދެ އަންހެނުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި މަރުތަކަކީ ސިލްސިލާ ގާތިލެއްގެ އަމަލުތަކެއްކަން އަދި ކަށަވަރުނުވި ނަމަވެސް، މިއީ އެ ގައުމުގައި އަންހެނުންނަށް ކުރާ އަނިޔާ އިންތިހާއަށް އިތުރުވެފައިވާކަން ހާމަވާ ކަމެކެވެ.

އޮސްޓްރޭލިއާގައި އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވަނީ

އޮސްޓްރޭލިއާގައި އުފަންވާ މީހުންނަށް ވުރެ މަރުވާ މީހުންގެ އަދަދު 2060 ގެ އަހަރުތަކުގައި އިތުރުވެ، އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވާނެ ކަމަށް އެ ގައުމުން ލަފާކޮށްފިއެވެ. މިއީ އުފަންވާ މިންވަރު ދަށްވުމާއި ހިޖުރަކުރާ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ބަދަލެއް ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް 40 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އިމްރާން ޚާންގެ ކޮއްކޯފުޅު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކުގެ ކުރިން، އޭނާގެ ކޮއްކޮ އަލީމާ ޚާނަމް 30 ދުވަހުގެ މުއްދަތަށް ހައްޔަރުކޮށްފިއެވެ. ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި އޭނާ ހައްޔަރުކުރީ ގައުމުގެ އަމަންއަމާންކަން ގެއްލުވާލުމަށް މީހުން އެއްކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީއެވެ.

Newsletter

Get the latest news delivered straight to your inbox