ޕީއެސްޖީގެ މުހިއްމު މޮޅަށް އެމްބާޕޭގެ އަނިޔާގެ ހިޔަނި

Apr 24, 2021, 9:15 PM
އަނިޔާވެގެން އެމްބާޕޭ ދަނޑުމަތީގައި ވެއްޓިފައި.

އަނިޔާވެގެން އެމްބާޕޭ ދަނޑުމަތީގައި ވެއްޓިފައި.

ޕެރިސް (އޭޕްރީލް 25) - ފްރެންޗް ލީގުގައި މިރޭ މެޓްޒް އަތުން 3-1 އިން މުހިއްމު މޮޅެއް ހޯދައި ޕީއެސްޖީން ލީގު އެއް ވަނަ އަށް އަރައި ހިތްހަމަޖެހުމެއް ހޯދި މެޗަށް އެ ޓީމުގެ ތަރި ކީލިއަަން އެމްބާޕޭގެ އަނިޔާގެ ހިޔަނި އެޅިއްޖެ އެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ ވަނީ މިރޭގެ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. އެކަމަކު މެޗުގެ 87 ވަނަ މިނިޓްގައި އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކުރި އެވެ. ޕީއެސްޖީން މި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެމްބާޕޭ އަށް ލިބުނު އަނިޔާ ސީރިއަސްވާނެ ކަމަށް ނުބެލެވޭ ކަމަށާއި އެކަމަކު ސީދާ އެއްޗެއް ބުނެވޭނީ ޓެސްޓްތަކެއް ހެދުމަށް ފަހު ކަމަށެވެ.

Advertisement

މިރޭގެ މޮޅާ އެކު ޕީއެސްޖީ ލީގުގެ އެއް ވަނަ އަށް އެރީ 34 މެޗުން 72 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިލް އަށް 33 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ލީގުގެ ހަތަރެއްގައި އޮތް ލިޔޯން ބަލިކޮށްގެން ލިލް އަށް އަލުން އެއް ވަަނަ އަށް އެރޭނެ އެވެ.

ޕީއެސްޖީ އަށް މިރޭގެ މެޗުގައި ލީޑުނަގައިދިން ގޯލު އެމްބާޕޭ ކާމިޔާބުކުރީ މެޗުގެ ހަތަރު ވަނަ މިނިޓްގައި އެންޑަ ހެރޭރާ ދިން ބޯޅައަކުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިތަނުން ބޮލުން ގޯލެއް ޖަހައި މެޓްޒްގެ ފަބިއަން ސެންޓޯޒް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ޕީއެސްޖީން ދެ ވަނަ ފަހަރު ލީޑުނެގީ 59 ވަނަ މިނިޓްގައި އެމްބާޕޭ ކާމިޔާބުކުރި ގޯލުންނެވެ.

މެޗުގެ ފަހު މިނިޓްގައި ޕީއެސްޖީގެ ތިން ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން މައުރޯ އިކާޑީ އެވެ. އެ ޕެނަލްޓީ ހޯދީ ވެސް އިކާޑީ އެވެ. އިކާޑީ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox