ކާޑު ބަސްތާތަކެއް ދަށުވި ތިން މީހަކަށް ފަރުވާ ދެނީ

އެސްޓީއޯ މުވައްޒަފުންތަކެއް ކާޑު އުފުލުމުގައި: ކާޑުބަސްތާތަކެއް ދަށުވެ ތިން މީހަކަށް ވަނީ އަނިޔާވެފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އެސްޓީއޯ މުވައްޒަފުންތަކެއް ކާޑު އުފުލުމުގައި: ކާޑުބަސްތާތަކެއް ދަށުވެ ތިން މީހަކަށް ވަނީ އަނިޔާވެފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި ކާޑު ބަސްތާތަކެއް ދަށުވެ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ މިއަދު މެންދުރު ކުރީގައި އެ ހާދިސާ ހިނގީ ކާޑު އުފުލަން އުޅުމުގެ ތެރޭގައި ބަސްތާތަކެއް ފުރޮޅާލައިގެން ކަމަށެވެ. އެ ހާދިސާގައި އަނިޔާވި ތިން މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ނަމަވެސް އެ މީހުންގެ ހާލަތާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވީ ތިން ބިދޭސީންނަށެވެ. އެސްޓީއޯ ކާޑު ގުދަންތަކުގައި ކާޑު އުފުލުމަށް ގިނައިން މަސައްކަތް ކުރަނީ ވެސް ބިދޭސީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

49% ކުދިން ބިޒްނަސް ކިޔަވުން ގޯސް، ރަނގަޅީ %20: ހަސަން ހަމީދު

އޭނާ ވިދާޅުވި ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކާ އަޅާބަލާއިރު މި އަދަދު ރާއްޖޭގައި މަތިވުމަކީ ހާސްވާންޖެހޭ ކަމެއް ކަމަށާއި، މީގެ ސަބަބުން ފަންނީ ދާއިރާތަކަށް ބޭނުންވާ ދިވެހިން އުފެއްދުމަށް ހުރަސްއެޅޭނެއެވެ.

މާރުކުރުމާއި ޓެކްސް ބަދަލު މަޑުޖައްސާލަދީ: ޑެސްޓިނޭޝަން ފިއުޗާ

ސަރުކާރުން ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި ޓެކްސްއަށް ގެންނަން ނިންމާފައިވާ ބަދަލުތައް މަޑުޖައްސާލުމަށް ޓޫރިޒަމް އެޑްވޮކަސީ ޖަމިއްޔާ، ޑެސްޓިނޭޝަން ފިއުޗާއިން ގޮވާލީ ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވަމުންދާ ދަނޑިވަޅެއްގައި މި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުމާއެކީ.

ތެލާއި ކާޑު ގަންނާނެ ފައިސާ މާދަމާ ސަރުކާރަކު ނުހުންނާނެ: ނަޝީދު

މިއީ ބަޖެޓު ސަޕޯޓަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލަށް ދައްކަންޖެހޭ އެންމެ ފަހު ފައިސާކޮޅު ކަމަށްވާއިރު، މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ވަނީ 200.6 މިލިއަން ޑޮލަރަށް ތިރިވެފަ.

ނަމްޒާ ޕީއެންސީގެ ސެނެޓަަށް، ޕީއެސްއެމްގެ ބޯޑުގައި ނުހުރެވޭނެ

ޕީއެސްއެމްގެ ޗެއާޕާސަން އައިމިނަތު ނަމްޒާ ޕީއެންސީގެ ސެނެޓަށް އިންތިޚާބުވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ނުހުރުމަށް ޕީއެސްއެމްގެ ގާނޫނުގައި ބުނާ ޝަރުތު އޭނާގެ ކިބައިން ވަނީ އުނިވެފަ. މިކަމާ ގުޅިގެން ޕީސީބީ އާއި ނަމްޒާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވޭ.

ލޮލުގެ ފެނުން ގެއްލިދާނެ ކެރަޓޯކޯނަސްގެ ނުރައްކާ

ކެރަޓޯކޯނަސް ބައްޔަކީ ލޮލުގެ ކޯނިއާގެ ބައްޓަން ބަދަލުވެ، ފަރުވާ ނުހޯދައިފިނަމަ ލޮލުގެ ފެނުން މުޅިން ގެއްލިދާނެ ނުރައްކާތެރި ބައްޔެއް. މި ބަލި އިތުރަށް ގޯސްވުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ގަދައަށް ލޯ އުނގުޅުން ކަމަށްވާއިރު، ބަލީގެ ކުރީކޮޅު ދެނެގަނެ ފަރުވާ ފެށުމަކީ ފެނުން ސަލާމަތްކުރުމަށް އެންމެ މުހިންމު ކަންތައް.

މާލެ އަދި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ 90 ޕަސެންޓު ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށްވެ އެވެ. އަދި ހުޅުމާލޭގެ ފޭސް އެކެއްގައި ވެސް ކަރަންޓު ނެތް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަނީ ބުނަމުންނެވެ.

ޓުއާ އޮޕަރޭޓަރުން ގުޅައި ކަންބޮޑުވުންތައް އެބަ ހިއްސާކުރޭ: ނަޝީދު

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުވުމުން، ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުރިކަން ކުރީގެ ރައީސް ނަޝީދު ހާމަކުރެއްވި. މި ނިންމުމުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ފައިދާ ކުޑަވެ، ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox