ދިހަ މަހަށް ފަހު އިޒްރޭލުގެ ކޮވިޑު މަރުތައް ސުމަކަށް ވެއްޓިއްޖެ

އިޒްރޭލުގައި މީހަކަށް ކޮވިޑް ވެކްސިން ދެނީ.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލުގައި މީހަކަށް ކޮވިޑް ވެކްސިން ދެނީ.-- ފޮޓޯ: ރޮއިޓާޒް

ފާއިތުވި ދިހަ މަސް ތެރޭގައި ފުރަތަމަ ފަހަރަށް، މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުގައި ކޮވިޑް ޖެހިގެން އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖުމްލަ މަރުވެފައިވާ މީހުންގެ އަދަދަކީ 6،346 އެވެ. ބުރާސްފަތި ދުވަހު މި ބަލީގައި މީހަކު މަރުވެފައި ނުވާތީ ޖުމްލަ އަދަދަށް ބަދަލެއް ނާދެ އެވެ.

މިދިޔަ އަހަރު ލޮކްޑައުން ކުރުމަށް ފަހު ޖޫން މަހުގެ ތެރޭގައި ވެސް އިޒްރޭލުގައި ދުވާލެއްގެ މައްޗަށް ރިކޯޑު ކުރަމުން ދިޔައީ ސުން މަރެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ ދުވަހަކު މީހުން މަރުވެ އެވެ.

އިޒްރޭލުގައި ކޮވިޑުގެ ބަލިމަޑުކަން "ޕީކަށް" އެރީ ޖެނުއަރީ ގަ އެވެ. އެއަށް ފަހު ވެކްސިން ދިނުމުގެ ޕްރޮގްރާމު ކާމިޔާބުކަމާ އެކު ހިނގަން ފެށުމުން އަދަދުތައް ދަށް ވާން ފެށި އެވެ.

އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ގައުމަކީ އިޒްރޭލެވެ. މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދިޔައިރު ފަސް މިލިއަން މީހުންނަށް ވެކްސިން ޖަހާފައި ވެއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ ޖުމްލަ އާބާދީ ކަމަށްވާ ނުވަ މިލިއަން މީހުންގެ 53 ޕަސެންޓް ވެކްސިނުގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ހ
ހ

އިޒްރޭލުގެ ރައްޔިތުންނަށް ދެނީ ހަމައެކަނި ފައިޒާއިން އުފެއްދި ދެ ޑޯޒް ޖަހަން ޖެހޭ ކޮވިޑް ވެކްސިން.

"މިއީ ސިއްހީ ނިޒާމަށާއި އިޒްރޭލުގެ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބެއް. އަޅުގަނޑުމެން އެންމެން އެކުގައި ކޮރޯނާވައިރަސް ނައްތާލުމުގެ މަސައްކަތް މި ކުރަނީ،" ހެލްތު މިނިސްޓަރު ޔޫލީ އެޑެލްސްޓައިން އިއްޔެ ޓްވީޓު ކުރެއްވި އެވެ.

އިޒްރޭލުގެ އެންމެ ބޮޑު ހޮސްޕިޓަލް، ޝިބާ މެޑިކަލް ސެންޓަރުގެ ޑިރެކްޓަރު އިޔާލް ލެޝެމް މިދިޔަ ހަފްތާގައި ވިދާޅުވީ އެ ގައުމުން "ހާޑް އިމިއުނިޓީއަށް" ވާސިލްވުމާ ވަރަށް ގާތްވެފައިވާ ކަމަށެވެ.

"ހާޑް އިމިއުނިޓީ" އަކީ އާބާދީގެ ބޮޑު ބަޔެއް ވައިރަހާ ދެކޮޅަށް ރައްކާތެރިކަން ހޯދުމުން، އެ ފެތުރުން ހުއްޓޭ ހުއްޓުމަށް ކިޔާ ނަމެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަޖުރިބާކާރުން ބުނީ "ހާޑް އިމިއުނިޓީ" އަށް ވާސިލްވެވޭނީ އާބާދީގެ 70-65 ޕަސެންޓު މީހުންނަށް ވެކްސިން ދީ ނިންމުމުން ކަމަށެވެ.

ލެޝެމް ވިދާޅުވީ އިޒްރޭލްގެ ކޭސްތައް މަދުވެ، ފިޔަވަޅުތައް އުވާލަމުން ދާއިރު ވެސް އަދަދު މަތި ނުވުމަކީ "އިމިއުނިޓީ" ލިބެމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު އުވާލާ، ދިރިއުޅުން "ނޯމަލްވުމުން" ވެސް ކޭސްތައް ދަނީ މެދުކެނޑުމެއް ނެތި ވެއްޓެމުން. މީގެން އަންގައިދެނީ މީހަކަށް ބަލި ޖެހިފައި ހުރި ނަމަވެސް، އޭނާއާ ބައްދަލުވާ ގިނަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ނޯންނަކަން. -- ޝިބާ މެޑިކަލް ސެންޓަރުގެ ޑިރެކްޓަރު އިޔާލް ލެޝެމް

އިޒްރޭލުގައި ވެކްސިން ޕްރޮގްރާމް ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ. ޕްރޮގްރާމު ފެށުމާއެކު އާބާދީގެ ނިސްބަތުން ވެކްސިން ދިނުމުގައި އެންމެ ކުރީގައި އުޅެނީ އެ ގައުމެވެ.

އިޒްރޭލުގައި މިހާތަނަށް ދީފައި ވަނީ ހަމައެކަނި ފައިޒާގެ ދެ ޑޯޒް ޖަހާ ވެކްސިނެވެ. މިދިޔަ ފެބްރުއަރީ މަހު އިޒްރޭލުގެ ހެލްތު މިނިސްޓްރީން ދިރާސާތަކާ ހަވާލަދީ ބުނީ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ބަލިވުމުގެ ފުރުސަތު 95.8 ޕަސެންޓަށް ކުޑަވެފައިވާ ކަމަށެވެ.

އެ ގައުމުން މިހާރު ތައްޔާރުވަމުން ދަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދިނުމާއެކު އުމުރުން 15-12 އަހަރުގެ ކުދިންނަށް ވެކްސިން ދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox