ހަޅުތާލުކުރި ޔުނައިޓެޑް ސަޕޯޓަރުންނާ ވާހަކަދެއްކީ ސޯލްޝެއާ

Apr 23, 2021, 10:23 AM
ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.-- ފޮޓޯ: މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.-- ފޮޓޯ: މެންޗެސްޓާ ޔުނައިޓެޑް

މެންޗެސްޓާ (އޭޕްރީލް 23) - މެންޗެސްޓާ ޔުނައިޓެޑްގެ ޓްރެއިނިން ދަނޑަށް ވަދެ ހަޅުތާލުކުރި ސަޕޯޓަރުންގެ ބަޔަކާ ވާހަކަ ދައްކައި ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ މައްސަލަ ހައްލުކޮށްފި އެވެ.

މައްސަލަ ބޮޑުވެފައިވާ ޔޫރަޕިއަން ސުޕަ ލީގުގައި ޔުނައިޓެޑުން އެންމެ ފުރަތަމަ ބައިވެރިވި މައްސަލައިގައި ކުރިއަށް ވުރެ ބޮޑަށް ސަޕޯޓަރުންގެ ނުރުހުން ޔުނައިޓެޑްގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާ އަށް ވަނީ އަމާޒުވެފަ އެވެ. ޔުނައިޓެޑްގެ ސަޕޯޓަރުން އަންނަނީ މިއީ ގްލޭޒާ އާއިލާ އިން ޔުނައިޓެޑް ވިއްކާލަން ޖެހޭ ވަގުތު ކަމަށް ބުނެ ޝުއޫރުފާޅުކުރަމުންނެވެ.

އެ ގޮތުން ބުރާސްފަތި ދުވަހު ޔުނައިޓެޑްގެ ސަޕޯޓަރުންތަކެއް ވަނީ ބެނާއެއް ހިފައިގެން އެ ޓީމުގެ ޓްރެއިނިން ދަނޑަށް ވަދެ ހަޅުތާލުކޮށްފަ އެވެ. ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރެއިނިން ދަނޑަށް ވަން ސަޕޯޓަރުންނާ ވާހަކަ ދައްކައި މައްސަލަ ހައްލުކުރުމުގައި ސޯލްޝެއާ ވެސް ބައިވެރިވި ކަމަށެވެ. ސޯލްޝެއާއާ އެކުގައި އެސިސްޓަންޓް ކޯޗު މައިކަލް ކެރިކް އާއި ޓެކްނިކަލް ޑިރެކްޓަރު ޑަރެން ފްލެޗާ އަދި އެ ޓީމުގެ މިޑްފީލްޑަރު ނަމަންޏާ މަޓިޗް ވެސް ބައިވެރިވި އެވެ.

ޔުނައިޓެޑްގެ ސަޕޯޓަރުން ޓްރެއިނިން ދަނޑުގައި ބެނާ ހިފައިގެން.

"ސަޕޯޓަރުންގެ ޝަކުވާތައް ގިނަ. އެކަމަކު އެ ގޮތަށް ސަޕޯޓަރުން ޓްރެއިނިން ދަނޑު ތެރެއަށް ވަނުން އެންމެ ރަނގަޅެއް ނުވާނެ. އެހެންވެ އެ ވާހަކަތައް އަހަރެމެން ސަޕޯޓަރުންނަށް ހިއްސާކުރީ،" ނޯވޭގެ ޓީވީ ޗެނަލަކަށް ސޯލްޝެއާ ބުންޏެވެ.

ސުޕަ ލީގުން ޔުނައިޓެޑް ވަކިވާން ނިންމުމާ ގުޅިގެން އެކަމާ ހިތްހަަމަނުޖެހި ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ވަނީ މަގާމުން އިސްތިއުފާ ދޭން ނިންމައިފަ އެވެ. ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާ ވުޑްވާޑް ވަކިވުމުން ހިތްހަމަޖެހޭ އެ ކްލަބްގެ ގިނަ ސަޕޯޓަރުންތަކެއް އެބަތިއްބެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޔުނައިޓެޑްގެ ސަޕޯޓަރުންގެ ބަޔަކު ވަނީ ވުޑްވާޑް ދިރިއުޅޭ ގެޔަށް ވެސް ހަމަލާދީފަ އެވެ.

މީގެ 15 އަހަރު ކުރިން 2005 ވަަނަ އަހަރު ގްލޭޒާ އާއިލާ އިން ޔުނައިޓެޑް ގަތުމަށް ފަހު އެ ކްލަބުން ލިބޭ އާމްދަނީ ޓީމަށް އެހާ ބޮޑަށް ހަރަދުނުކުރާ ކަމުގެ ވާހަަކަތައް އަބަދު ވެސް އިނގިރޭސި މީޑިއާގައި ދެކެވެ އެވެ. ޔުނައިޓެޑް ގަންނަން އެކި މަހުޖަނުން މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ގްލޭޒާ އާއިލާ އިން އެ ގޮތަށް ބޭނުމެއް ނުވިއިރު، އެ މީހުން ވަނީ އަހަރުން އަހަރަށް ކްލަބްގެ މެޖޯރިޓީ ހިއްސާގެ ޕަސެންޓް ވެސް އިތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox