ކޮމިޝަނުން ބުނީ ޔާމީންގެ މަރުގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް

ޔާމީން ރަޝީދު: އޭނާގެ މަރުގެ އަޑީގައި ތިބި ބަޔަކު ހޯދަމުންދާ ކަމަށް ބުނި

ޔާމީން ރަޝީދު: އޭނާގެ މަރުގެ އަޑީގައި ތިބި ބަޔަކު ހޯދަމުންދާ ކަމަށް ބުނި

އަނިޔާވެރި ގޮތަކަށް ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި އަޑީގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފި އެވެ.

ބަޔަކު ތޫނު އެއްޗަކުން ދިން ހަމަލާތަކަކާ ގުޅިގެން ޔާމީން ރަޝީދު މަރުވިތާ މިއަދަށް ވަނީ ހަތަރު އަހަރު ފުރިފަ އެވެ. މި މައްސަލާގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުން ކަމަށް ތުހުމަތުވާ މީހުންގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހިނގާތާ އަހަރުތަކެއްވީ ނަމަވެސް، އަދި މައްސަލާގެ ހުކުމާއަށް ވާސިލެއް ނުވެވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި، ރިޔާސީ ކޮމިޝަންގެ އެންމެ މުހިންމު މައްސަލަތަކުގެ ތެރޭގައި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ފައިލް އޮތް ނަމަވެސް، އެ ކޮމިޝަނުން ވެސް މިހާތަނަށް އެ މަރާ ގުޅޭ ތަހުގީގުގައި މާބޮޑު ކުރިއެރުމެއް ލިބުނު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެހެންވެ، އާއިލާއިން ވަނީ ޔާމީން ރަޝީދަށް އިންސާފު ލިބުން ލަސްވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޔާމީންގެ މަރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޔާމީން ރަޝީދުގެ މައްސަލާގައި ކުރިއަށްދާ ޝަރީއަތް ހިނގަމުންދާ ގޮތް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އަދި، ހިނގަމުންދާ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރާ ގޮތަށް މަރުގެ އަޑީގައި ތިބި ބައެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެން ކޮމިޝަނުން ބުނު ނަމަވެސް، އެކަމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ބަޔާނުގައި ފާހަގަކޮށްފައެއް ނެތެވެ.

ދެން ކޮމިޝަނުން ބުނެފައި އޮތީ، މިހާރު ހިނގަމުންދާ ޝަރީއަތް ވީހާވެސް އަވަހަކަށް ނިމި، ޔާމީން ރަޝީދަށް އިންސާފު ލިބުމަށް އެ ކޮމިޝަނުން ވެސް އެދޭ ކަމަށެވެ.

"ޔާމީން ރަޝީދު ނެތުމުން އާއިލާއަށާއި ރަހުމަތްތެރިންނަށް ލިބިފައިވާ ފުން ހިތާމާގައި މި ކޮމިޝަނުން ބައިވެރިވަން،" ބަޔާނުގައިވެ އެވެ.

ޔާމީން ރަޝީދުގެ މަރާލި ކަމުގެ ދައުވާ އުފުލާފައިވަނީ، މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން އަދި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެމީހުންނާ ދެކޮޅު ޝަރީއަތުގައި ފުންނާބު ގިނަ ވަކީލުންތަކެއް ދިފާއީ ވަކީލުންގެ ގޮތުގައި ހާޒިރުވާއިރު، ވަކީލުންގެ އަމަލުތަކާ ހެދި، ޝަރީއަތް ލަވަސްވަމުންދާކަން ކުރިމިނަލް ކޯޓުން ވެސް ފާހަގަކުރެ އެވެ. އެ މައްސަލާގައި ތާވަލެއް ހަދައި ޝަރީއަތުގެ އަޑުއެހުންތައް ކަނޑައަޅައި، 2019 ވަނަ އަހަރަށް ނިންމާލަން ވެސް މަސައްކަތްކުރި އެވެ. ނަމަވެސް، އެކިއެކި ސަބަބުތަކާ ހުރެ އަދިވެސް ހެކިންގެ ހެކި ބަސް ނެގުމުގެ މަރުހަލާ ވެސް ނިންމާނުލެވެ އެވެ.

މައްސަލާގެ އަޑުއެހުމެއް ނުބާއްވާތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox