ދެ ޖަލެއްގައި ކޮވިޑް ފެތުރިފައިވޭތޯ ބަލަން ޓެސްޓު ކުރަނީ

ކޮވިޑް19 އަށް ޓެސްޓު ކުރުމުގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކޮވިޑް19 އަށް ޓެސްޓު ކުރުމުގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މާފުއްޓާއި ހިންމަފުށީ ޖަލުގެ އޮފިސަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ގައިދީންނަށް ބަލި ޖެހިފައިވޭތޯ ބަލަން ސާމްޕަލް ނަގަން ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުރަތަމަ ޕޮޒިޓިވްކަން އެނގުނީ ހިންމަފުށީ އައްސޭރި ޖަލުގެ އޮފިސަރަކާއި ފާމަސިސްޓެއް ކަމަށެވެ. އޭގެފަހުން މާފުށީ ޖަލުގެ ދެ އޮފިސަރަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

މާފުށީ ޖަލުގެ އޮފިސަރެއް ޕޮޒިޓިވްވިއިރު އެ ރަށުގައި އޮތީ ބަލި ފެތުރިފަ އެވެ. އެޗްޕީއޭ އިން ވަނީ އެ ރަށް މޮނީޓަރިންއަށް ވެސް ލައިފަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ދެ ޖަލުގައި ވެސް ހުކުމްތަންފީޒުކުރަމުން އަންނަ ގައިދީންނަށް ބަލި ފެތުރިފައިވޭތޯ ބަލަން މިހާރު އަންނަނީ ސާމްޕަލްތައް ނަގަމުންނެވެ.

"ވީހާވެސް ގިނަ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އެބަދޭ،" އޮފިޝަލް ވިދާޅުވި އެވެ.

މާލެ އާއި އަތޮޅުތަކުގައި ކޮވިޑް ބަލި ފެތުރިފައިވާއިރު މި ފަހުން ކޮވިޑް ކޭސްތައް އެންމެ ގިނަވީ ރެ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، 253 މީހަކު ޕޮޒިޓިވްވި އެވެ. މާލެއަށް ވުރެން ކޮވިޑް ކޭސްތައް މިހާރު ގިނައީ އަތޮޅުތަކުގަ އެވެ.

ރާއްޖެ އިން މިހާތަނަށް 26،920 މީހުން މި ބަލި ޖެހިފައިވާ އިރު 71 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox