ރައީސް ސޯލިހުގެ ކޮމިޝަންތަކަށް މިހާތަނަށް 12 މިލިއަން ރުފިޔާ

ރައީސް ސޯލިހު ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. އެމަނިކުފާނު އުފެއްދެވި ތިން ރިޔާސީ ކޮމިޝަނުން ވެސް އެންމެ ގިނައިން ހަރަދު ކުރީ މުސާރަ އާއި އެލަވަންސަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރައީސް ސޯލިހު ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. އެމަނިކުފާނު އުފެއްދެވި ތިން ރިޔާސީ ކޮމިޝަނުން ވެސް އެންމެ ގިނައިން ހަރަދު ކުރީ މުސާރަ އާއި އެލަވަންސަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އުފެއްދެވި ތިން ރިޔާސީ ކޮމިޝަނަށް މިހާތަނަށް 12.6 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ރައީސް ސޯލިހު އުފެއްދެވި ކޮމިޝަންތަކަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ދުވަހު ނޮވެމްބަރު 17، 2018 އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި ފެބްރުއަރީ 20، 2020 ގައި އުފެއްދެވި ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނެވެ.

މައުލޫމާތު ހޯދުމުގެ ގާނޫނުގެ ދަށުން "އަދަދު" އިން ހޯދި ލިޔުންތަކަށް ބަލާއިރު އެންމެ ގިނައިން ހަރަދުކޮށްފައި ވަނީ ކޮރަޕްޝަންތައް ތަހުގީގު ކުރާ ކޮމިޝަނުންނެވެ. އެ ކޮމިޝަނަށް ދައުލަތުން ވަނީ 7.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މީގެ ތެރެއިން 6.9 މިލިއަން ރުފިޔާއަކީ ކޮމިޝަން މެންބަރުންގެ މުސާރަ އާއި އެލަވަންސަށް ހަރަދުކޮށްފައިވާ ފައިސާ އެވެ.

ކޮރަޕްޝަންތައް ތަހުގީގު ކުރާ ކޮމިޝަނުން ކޮށްފައިވާ ހަރަދުތައް އެނގޭ ގުރާފެއް: އެންމެ ގިނައިން ފައިސާ ހަރަދު ކުރީ މެންބަރުންގެ މުސާރަ އާއި އެލަވަންސަށް -- އިލުަސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު
ކޮރަޕްޝަންތައް ތަހުގީގު ކުރާ ކޮމިޝަނުން ކޮށްފައިވާ ހަރަދުތައް އެނގޭ ގުރާފެއް: އެންމެ ގިނައިން ފައިސާ ހަރަދު ކުރީ މެންބަރުންގެ މުސާރަ އާއި އެލަވަންސަށް -- އިލުަސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު

ކޮރަޕްޝަންތައް ތަހުގީގު ކުރާ ކޮމިޝަނުން ކޮށްފައިވާ ހަރަދުތައް އެނގޭ ގުރާފެއް: އެންމެ ގިނައިން ފައިސާ ހަރަދު ކުރީ މެންބަރުންގެ މުސާރަ އާއި އެލަވަންސަށް -- އިލުަސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަނަށް މިހާތަނަށް ހަރަދުކޮށްފައި ވަނީ 4.3 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 3.8 މިލިއަން ރުފިޔާއަކީ ކޮމިޝަން މެންބަރުންގެ މުސާރަ އާއި އެލަވަންސެވެ.

އެންމެ މަދުން ފައިސާ ހަރަދުކޮށްފައި ވަނީ މިިދޔަ އަހަރު ހުޅުވި ކުޑަކުދިންނަށް ކުރާ އަނިޔާ ބަލާ ކޮމިޝަނުންނެވެ. އެ ކޮމިޝަނަށް 14 މަސް ދުވަހުގެ ތެރޭގައި 504،124ރ. ވަނީ ހަރަދުކޮށްފަ އެވެ.

މަރު ކޮމިޝަނަށް ދައުލަތުން ކުރި ހަރަދު: ކޮންމެ ކޮމިޝަނަކުން ވެސް އެންމެ ބޮޑު ހަރަދު ކުރީ މުސާރައަށް -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު
މަރު ކޮމިޝަނަށް ދައުލަތުން ކުރި ހަރަދު: ކޮންމެ ކޮމިޝަނަކުން ވެސް އެންމެ ބޮޑު ހަރަދު ކުރީ މުސާރައަށް -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު

މަރު ކޮމިޝަނަށް ދައުލަތުން ކުރި ހަރަދު: ކޮންމެ ކޮމިޝަނަކުން ވެސް އެންމެ ބޮޑު ހަރަދު ކުރީ މުސާރައަށް -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު

ކޮރަޕްޝަންތައް ބެލުމަށް އުފެއްދި ކޮމިޝަނުން މައިގަނޑު ގޮތެއްގައި ބަލަނީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ވައްކަމުގެ މައްސަލަކަން އެނގިފައިވެ އެވެ. ނަމަވެސް މިހާތަނަށް އެކޮމިޝަނުން ކުރި މާ ބައިވަރު މަސައްކަތްތަކެއް އާންމުކޮށްފައެއް ނުވެ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރުތައް ތަހުގީގު ކުރާ ކޮމިޝަންގެ ފަރާތުން ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ވަނީ ރިޕޯޓެއް ނެރެފަ އެވެ. ފުލުހުން ކުރިން ހޯދާފައިވާ ގިނަ މައުލޫމާތުތަކެއް ހިމަނައިގެން ނެރުނު އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް މިހާތަނަށް އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތައް ބަލާ ކޮމިޝަނުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox