މޮޅަކުން ފަށައި ޓޮޓެންހަމްގެ ޒުވާން ކޯޗަށް ރެކޯޑެއް، ސިޓީ ލީގު ހޯދުމާ ގާތަށް

Apr 21, 2021, 9:37 PM
ޓޮޓެންހަމްގެ ކޯޗު މޭސަން (ކ) އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

ޓޮޓެންހަމްގެ ކޯޗު މޭސަން (ކ) އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

ލަންޑަން (އޭޕްރީލް 22) - ފަހަތުން އަރައި ސައުތެމްޓަން އަތުން 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވެ އެ ޓީމުގެ ޒުވާން ކޯޗު އިނގިރޭސި ޕްރިމިއާ ލީގުގެ ރެކޯޑެއް ހެދިއިރު، އެސްޓަން ވިލާ 2-1 އިން ބަލިކޮށް ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް މެންޗެސްޓާ ސިޓީން ޖެހިލައިފި އެވެ.

ދާދިފަހުން ހޯސޭ މޮރީނިއޯ ވަކިކޮށް މި ސީޒަނުގެ ނިޔަލަށް ޓޮޓެންހަމްގެ ކޯޗަކަށް ހަމަޖެއްސި އުމުރުން 29 އަހަރުގެ ރަޔާން މޭސަން އަކީ ޕްރިމިއާ ލީގުގައި މޮޅެއް ހޯދި އެންމެ ޒުވާން ކޯޗެވެ. މި މޮޅާ އެކު އެ ޓީމު ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތް ވަނައިގައި މިހާރު އޮތް ލިވަޕޫލާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ދެ ޓީމަށް ވެސް 53 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމުން ވަނީ 33 މެޗުން ކުޅެފަ އެވެ. ލިވަޕޫލުން ކުޅުނީ 32 މެޗެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ޑެނީ އިންގްސް ވަނީ ސައުތެމްޓަން އަށް ލީޑުނަގައިދީފަ އެވެ. އަނިޔާގެ ސަބަބުން ހެރީ ކޭން ނުލައި ކުޅުނު ޓޮޓެންހަމަށް އެއްވަރުކޮށްދިނީ މެޗުގެ 60 ވަނަ މިނިޓްގައި ގަރެތު ބޭލް ޖެހި މޮޅު ގޯލުންނެވެ. ސައުތެމްޓަނަކީ ޓޮޓެންހަމަށް ބަދަލުވުމުގެ ކުރިން ބޭލް ކުޅުނު ޓީމެވެ. ޓޮޓެންހަމް މޮޅުވި ގޯލު އިތުރު ވަގުތުގައި ޕެނަލްޓީ އަކުން ޖެހީ ސޮން ހެއުން މިން އެވެ. މިއީ މޫސާ ޖެނެޕޯ އޭރިއާތެރެެއިން ސާޖް ރެގީލޯން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މޭސަން ބުނީ މި މޮޅާ އެކު އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ލީގު ކަޕްގެ ފައިނަލް މެޗަށް ޓޮޓެންހަމް ދާނީ ރަނގަޅު ރޫހެއްގައި ކަމަށެވެ. ލީގު ކަޕް ފައިނަލުގައި ޓޮޓެންހަމް ބައްދަލުކުރާނީ މިރޭ ލީގު ހޯދުމާ ގާތަށް ޖެހިލި ސިޓީ އެވެ.

ސިޓީގެ ފޯޑެން (މ) އާއި ބެނާޑޯ ސިލްވާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީ އެއް ވަަނައިގައި އޮތީ 33 މެޗުން 77 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 32 މެޗުން ވަނީ 66 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ޗެމްޕިއަންކަން ހޯދަން ސިޓީ އަށް ބާކީ އޮތް ފަސް މެޗުން ބޭނުންވަނީ އަށް ޕޮއިންޓެވެ.

ވިލާ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 20 ސިކުންތު ތެރޭގައި އޮލީ ވަޓްކިންސް ޖެހި ގޯލުން އެސްޓަން ވިލާ އިން ލީޑުނެގި އެވެ. ރިޔާދު މާރޭޒާއި ބެނާޑޯ ސިލްވާ އަދި އޮލެކްސަންޑަ ޒިންޗެންކޯ ގުޅިގެން އުފެއްދި އެޓޭކެއްގައި މެޗުގެ 22 ވަނަ މިނިޓްގައި ސިޓީ އަށް އެއްވަރުކޮށްދިނީ ފިލް ފޯޑެން އެެވެ. ސިޓީ އަށް މެޗުގެ 39 ވަަނަ މިނިޓްގައި ލީޑުނަގައިދިން ގޯލު ޖެހީ ރޮޑްރީ އެވެ.

ސިޓީން ލީޑުނެގިތާ ހަތަރު މިނިޓް ފަހުން އެސްޓަން ވިލާގެ ޖޭކަބް މާފީ އަށް ކުރި ނުރައްކާތެރި ފައުލަކަށް ސިޓީގެ ޖޯން ސްޓޯންސް އަށް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރަތް ކާޑެއް ދައްކައިފަ އެވެ. މެޗުގެ 57 ވަނަ މިނިޓްގައި އެސްޓަން ވިލާގެ މެޓީ ކޭޝް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކިއިރު، އެ ޓީމުން މެޗުގެ ފަހު ތިރީހަކަށް މިނިޓް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ދެ ޓީމުގެ ވެސް އެއް ކުޅުންތެރިއަކު މަދުވުމުން ސިޓީން ވަނީ މެޗުގެ ކޮންޓްރޯލް ނަަގައިގެން ރަނގަޅަށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox