ސިޔާސީ ނުފޫޒު ނެތް ޕްރޮޕެޝަނަލް ބަޔަކަށް ސިފައިން ހެދިއްޖެ: މާރިޔާ

މިނިސްޓަރު މާރިޔާ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ސިފައިން ޕްރޮފެޝަނަލް ބަޔަކަށް ހެދިއްޖެ ކަމަށް-- ފޮޓޯ: ޑިފެންސް

މިނިސްޓަރު މާރިޔާ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ސިފައިން ޕްރޮފެޝަނަލް ބަޔަކަށް ހެދިއްޖެ ކަމަށް-- ފޮޓޯ: ޑިފެންސް

ސިޔާސީ ނުފޫޒުން ދިވެހި އަސްކަރިއްޔާ އެއްކިބާކޮށް "ޕްރޮފެޝަނަލް ފައިޓިން ފިޓް ފޯސް" އެއްގެ ގޮތުގައި އެންމެނަށް ހަމަހަމަކަމާއި އޯގާތެރިކަމާއެކު ސިފައިންގެ ހިދުމަތް ދޭނެ މަގު ފަހިކޮށްދެވިއްޖެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެެ އެވެ.

ސިފައިންގެ 129 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރު މާރިޔާ ވަނީ ސިފައިންނަށް ތަހުނިޔާއާއި މުބާރިކްބާދީ އަރިސްކޮށްފަ އެވެ.

މި އަހަރުގެ ޝިއާރެއްގެ ގޮތުގައި "ސިފައިންގެ ގާބިލްކަން - ގައުމުގެ އަމާންކަން" ކަނޑައަޅާފައިވާއިރު، މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިފައިންގެ ދުވަސް ފާހަގަ ކުރަން އެކިއެކި ޝިއާރުތައް ހެދި ނަމަވެސް އެކަންކަމަށް އަމަލު ނުކުރާ ކަމަށެވެ.

Advertisement

"2017 އަދި 2018 ގެ ޝިއާރު ވެގެންދިޔައީ ހަމައެކަނި ސިފައިންގެ އަހަރީ ދުވަހު އިއުލާން ކޮށްލުމަށްފަހު، ވަތްގަނޑަށްލާ ތަޅުލާފައިވާ އޮތް ޝިއާރުތަކަކަށެވެ. އެއިން ޝިއާރެއް ހަގީގަތަކަށް ހެދުމަށް ކުރެވިފައިވާ އަމަލީ މަސައްކަތެއް ފެންނާކަށް ނެތެވެ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މިދިޔަ ހަތަރު އަހަރުގެ ޝިއާރުތަކަށް މިސަރުކާރުގެ ދެ އަހަރުތެރޭގައި މަސައްކަތްކޮށް ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލްކުރެވިފަ އެވެ.

މީގެ އިތުރުންވެސް މިންތީގެ ހަމަހަމަކަން ގާއިމްކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އަންހެން ސިފައިން ބާރުވެރިކުރުމުގައި ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މާރިޔާ ފާހަގަކުރައްވާފައިވެ އެވެ.

އެގޮތުން ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން ބޭފުޅަކު ވަނީ ހަމަޖައްސާފަ އެވެ. އެހެން ކަމުން ސިފައިންގެ ލީޑާޝިޕުން ނިންމާ ނިންމުން ތަކުގައި އަންހެނުންގެ ބަސް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިފައިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ރޮނގުތަކުން ގައުމު ފަހުރުވެރިވާ ފަދަ ރަން ވަނަތަކާއި މެޑަލްތައް ހާސިލްކޮށްފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މިހާ ކުރު މުއްދަތެއްގެ ތެރޭގައި ލިބިނު ކުރިއެރުމުގެ ފަހަތުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ހަރުދަނާ ވިސްނުންފުޅާއި ތަސައްވަރުކަން ފާހަގަކޮށް މާރިޔާ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox