މެދުކެނޑުމަށް ފަހު ހިޔާ ފްލެޓުގެ ގުރުއަތުލުން އަންނަ ހަފުތާގައި ފަށަނީ

ހިޔާ މަޝްރޫއުގެ ގުރުއަތު ނެގުން ކުރިއަށް ގެންދަނީ. --ފޮޓޯ/އެޗްޑީސީ

ހިޔާ މަޝްރޫއުގެ ގުރުއަތު ނެގުން ކުރިއަށް ގެންދަނީ. --ފޮޓޯ/އެޗްޑީސީ

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ގުރުއަތުލުން، މެދުކެނޑުމަކަށް ފަހު އަންނަ ހަފުތާގައި ފަށަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ޓީވީން ލައިވް ކޮށްގެން މި މަހު އަށް ވަނަ ދުވަހު ގުރުއަތުލުން ފެށުމަށް ފަހު މިހާތަނަށް ގުރުއަތު ލައިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރި އެޗް10 ކެޓަގަރީން އެކަންޏެވެ. ކުރިން ނިންމާފައި އޮތީ އޭރު ފެށިގޮތަށް ހަފްތާއެއްގެ ތެރޭގައި ގުރުއަތުލުން ނިންމާލުމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް މިއަަދު "އަދަދު"އަށް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން މެދުކެނޑުނީ ހައުސިން މިނިސްޓްރީން ފައިނަލް ލިސްޓެއް ނުލިބިގެން ކަމަށެވެ. އިއްޔެ އެ ފައިނަލް ލިސްޓް ލިބުމާއެކު އަންނަ ހަފުތާގައި ގުރުއަތުލާން ފަށަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ގުރުއަތުލުން ކުރިއަށް ގެންދަނީ ޔެސް ޓީވީން ލައިވްކޮށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެ މީހަކަށް ލިބޭ ފްލެޓް ހޮވުމުގެ ގުރުއަތު ކުރިން ނަގަނީ މީހުން ބައިވެރިކޮށްގެންނެވެ. އެކަމަކު ހިޔާ މަޝްރޫއުގައި މީހުން ގިނަކަމުން އެންމެން ހާޒިރުކޮށްގެން ކުރިއަށް ގެންދަން ދަތިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ސުހެއިލް ވިދާޅުވީ އަންނަ ހަފުތާގައި ގުރުއަތުލުން ނިންމައި ލިބޭނެ ފްލެޓްތައް ކަނޑައެޅޭނެ ކަމަށެވެ.

"ލިސްޓްގައި މިއުޅެނީ 6،000 އެއްހާ މީހުން. އެކަމަށް ފަސް ދުވަސް ނޫނީ ހަ ދުވަސް ވާނެ ކަމަށް ބެލެވެނީ. މިހާރުގެ ޓާގެޓަކީ އަންނަ ހަފްތާގައި ނިންމުން،" ސުހެއިލް ވިދާޅުވި އެވެ.

ގުރުއަތުލުމަށ ފަހު ފްލެޓް ލިބޭ ގޮތް ސްކްރީނުން ދައްކަނީ: އަންނަ ހަފްތާގައި ގުރުއަތުލުން ފަށަން ވަނީ ނިންމައިފައި-- ފޮޓޯ: އެޗްޑީސީ
ގުރުއަތުލުމަށ ފަހު ފްލެޓް ލިބޭ ގޮތް ސްކްރީނުން ދައްކަނީ: އަންނަ ހަފްތާގައި ގުރުއަތުލުން ފަށަން ވަނީ ނިންމައިފައި-- ފޮޓޯ: އެޗްޑީސީ

ގުރުއަތުލުމަށ ފަހު ފްލެޓް ލިބޭ ގޮތް ސްކްރީނުން ދައްކަނީ: އަންނަ ހަފްތާގައި ގުރުއަތުލުން ފަށަން ވަނީ ނިންމައިފައި-- ފޮޓޯ: އެޗްޑީސީ

ޓީވީ މެދުވެރިކޮށް ގުރުއަތު ނަގާއިރު އެ މީހަކަށް ފްލެޓް ލިބޭ ފްލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ދައްކަ އެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ފްލެޓްގެ ވެރި ފަރާތަށް އެ މައުލޫމާތު ދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކުރީގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ 16 ޓަވަރުގައި 6,720 ފްލެޓް އަޅާފައިވެ އެވެ. މި ފްލެޓްތަކުގެ ތަޅުދަނޑި މި މަހުގެ ތެރޭގައި ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އެކަމަކު ފްލެޓްތަކަށް ވަދެވޭނީ ފިނިޝިން ނިންމައި ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގަ އެވެ. އެ މުއްދަތުގައި ކުއްޔެއް ނުނަގާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox