ޖޯޖް ފްލޮއިޑުގެ ކަރަށް އެރި ޑެރެކް ޗައުވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ

ޑެރެކް ޗައުވިން ކޯޓުގައި. އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާއެއް ސާބިތުވި.-- ފޮޓޯ: ސްކައި ނިއުސް

ޑެރެކް ޗައުވިން ކޯޓުގައި. އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާއެއް ސާބިތުވި.-- ފޮޓޯ: ސްކައި ނިއުސް

މިދިޔަ އަހަރު އެމެރިކާގެ މިނިއަޕޮލިސްގެ މަގެއްގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލި ކަމުގެ ކުށް ކުރީގެ ފުލުހަކަށް ސާބިތުވެއްޖެ އެވެ.

އުމުރުން 45 އަހަރުގެ ޑެރެކް ޗައުވިންގެ ކަކުލުން ފްލޮއިޑުގެ ކަރު މައްޗަށް އަރައިގެން ނުވަ މިނެޓަށް ވުރެ ގިނަ އިރު ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ މޭ މަހު އާއްމުވި އެވެ.

އެ ވީޑިއޯ ފެނި އެމެރިކާގައި ނަސްލީ ތަފާތު ކުރުމާއި ފުލުހުން ނަހަމަ ބާރު ބޭނުން ކުރުމާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބޭއްވި އެވެ.

Advertisement
ޑެރެކް ޗައުވިން، ޖޯޖް ފްލޮއިޑުގެ ކަރު މައްޗަށް ކަކުލުން އަރައިގެން.--
ޑެރެކް ޗައުވިން، ޖޯޖް ފްލޮއިޑުގެ ކަރު މައްޗަށް ކަކުލުން އަރައިގެން.--

ޑެރެކް ޗައުވިން، ޖޯޖް ފްލޮއިޑުގެ ކަރު މައްޗަށް ކަކުލުން އަރައިގެން.--

ޗައުވިންއަށް މަރުގެ ކުށް ސާބިތުވުމާއެކު ހުކުމް އިއްވަން ދެން އޭނާ ހުންނާނީ ބަންދުގަ އެވެ. އަދަބެއްގެ ގޮތުން އެތައް އަހަރެއް ޖަލުގައި ހޭދަކުރަން ޖެހޭނެ އެވެ.

މި ޝަރީއަތް ތިން ހަފްތާއަށް ކުރިއަށް ދިޔައިރު، މިނިއަޕޮލިސްގައި ހަމަނުޖެހުން ބޮޑުވެދާނެ ކަމުގެ ބިރު އޮތެވެ. ގޮތެއް ނިންމަން 12 މެމްބަރުންގެ ޖޫރީން ނެގީ އެންމެ ދުވަހެކެވެ.

ޖޫރީން ނިންމި ގޮތް ކޯޓު ރޫމުގައި އިއުލާން ކުރުމާއެކު މަގުމަތީގައި ތިބި މީހުން އުފާ ފާޅުކުރަން ފެށި އެވެ. ފްލޮއިޑުގެ އާއިލީ ވަކީލު ބެން ކްރަމްޕް ވިދާޅުވީ މިއީ އެމެރިކާގެ ތާރީހުގައި މުހިއްމު ދަނޑިވަޅެއް ކަމަށެވެ.

"ވޭންދެނިވި ގޮތަކަށް ހޯދަން ޖެހުނު އިންސާފު މިއަދު ލިބިއްޖެ. މިއީ ގާނޫނު ތަންފީޒު ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމުގެ ސާފު މެސެޖެއް،" އޭނާ ޓްވީޓު ކުރެއްވި އެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމާއެކު ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސް ވަނީ ވަގުތުން ފްލޮއިޑުގެ އާއިލާއަށް ފޯނުން ގުޅުއްވާފަ އެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން ވެސް ބައިޑެން ވިދާޅުވީ ނިޒާމީ ނަސްލީ ތަފާތު ކުރުމަކީ "ގައުމުގެ ރޫހުގައި ޖެހިފައިވާ ލައްގަނޑެއް" ކަމަށެވެ.

ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވީ އެމެރިކާގެ ފުލުހުން އިސްލާހު ކުރަން ހާއްސަ ޖޯޖް ފްލޮއިޑް ބިލުގެ މަސައްކަތް އަވަސް ކުރަން ޕާލިމެންޓު މެމްބަރުންނަށް ބާރު އަޅުއްވާ ކަމަށެވެ.

އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުގައި މި ނިންމުން ޗައުވިންގެ ފަރާތުން އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox