ކުވެއިތުން އިތުރު އެހީ ލިބޭނެ ކަމުގެ ޔަގީންކަން ދީފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުވައިތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު: ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ކުވެއިތުން ވަމުން ގެންދާ އެހީތަކަށް ޝާހިދު ޝުކުރުއަދާކުރެއްވި -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުވައިތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު: ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ކުވެއިތުން ވަމުން ގެންދާ އެހީތަކަށް ޝާހިދު ޝުކުރުއަދާކުރެއްވި -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއަށް ކުވެއިތުގެ އިތުރު އެހީތައް ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުން މިއަދު ދީފި އެވެ.

މި ޔަގީންކަން ކުވެއިތުން ދިނީ އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދުގެ އަރިހަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޒިޔާރަތުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުވެއިތުގެ އަމީރު ޝައިހް ނަވާފް އަލް އަހްމަދު އަލް ޖާބިރް އަލް ސަބާހްއަށް ފޮނުއްވި ސިޓީފުޅެއް، މިނިސްޓަރު ޝާހިދު ބޮޑުވަޒީރަށް ރައްދުކޮށްދެއްވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ދެ ގައުމުގެ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި ގަދަރުގެ މައްޗަށް ބިނާވެގެންވާ، ދީނީ އަދި ސަގާފީ ގުޅުމެއް ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށް ކުވައިތު ފަންޑުންނާއި ކުވައިތު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ އެހީއަށް ޝުކުރު އަދާކުރެއްވި އެވެެ.

މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ކުވައިތުގެ ބޮޑުވަޒީރާ ހިއްސާކުރައްވައިފަ އެވެ.

ކުވައިތުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ކޮވިޑު ބަލިމަޑުކަމުން ރައްކާތެރިވުމަށާއި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލަން ސަރުކާރުން ކުރި މަސައްކަތަށް ތައުރީފްކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަގުބަލުގައި ވެސް ރާއްޖެއަށް ކުވައިތުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މި ބައްދަލުވުމުގައި ބައިނަލްއަގްވާމީ މަޝްރަހުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ޝާހިދުގެ ކުވައިތު ދަތުރުގައި އެ ގައުމުގެ ގިނަ އިސް އޮފިޝަލުންތަކަކާ ބައްދަލުކުރައްވއި ކުވައިތުގެ އެހީގައި ރާއްޖޭގައި ހިނގަމުންދާ މަޝްރޫތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އެ ގައުމުން ފޯރުކޮށްދީފައިވާ އެހީގެ ދަށުން މިހާރު ވެސް ރާއްޖޭގައި ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަކަށް އަންނަނީ ފަންޑްކޮށްދެމުންނެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަޕްގްރޭޑިންގެ މަސައްކަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox