މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ސުޕަ ލީގު ޓީމުތައް ވަކި ނުކުރެވޭނެ: ޕެރޭޒް

Apr 20, 2021, 4:52 AM
މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ސުޕަ ލީގު ޓީމުތައް ވަކި ނުކުރެވޭނެ: ޕެރޭޒް

މެޑްރިޑް (އޭޕްރީލް 20) - ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވެފައިވާ ޓީމުތައް މި ފަހަރުގެ ޗެމްޕިއަންސް ލީގުން ވަކިނުކުރެވޭނެ ކަމަށް ރެއާލް މެޑްރިޑްގެ ރައީސް އަދި ސުޕަ ލީގުގެ ފުރަތަމަ ޗެއާމަން ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ޔުއެފާގެ އެކްސްކޯ ބައްދަލުވުމަށް ފަހު އެ ފެޑެރޭޝަނުގެ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ޗެމްޕިއަންސް ލީގުން ސުޕަ ލީގުގެ ޓީމުތައް ވަކިކުރުމާ މެދު ގޮތެއް ނިންމަން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށެވެ.

އެކަމަކު އޭގެ ފަހުން ޑެންމާކުގެ ޓީވީ އަކަށް ޔުއެފާގެ އެގްޒެކްޓިވް ކޮމިޓީ މެމްބަރު ޔެސްޕާ މޮލާ ވިދާޅުވީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މި ވަގުތު އޮތް ސުޕަ ލީގަށް ނިސްބަތްވާ ރެއާލާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީ އަންނަ ހުކުރު ދުވަހު އެ މުބާރާތުން ވަކިކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

Advertisement

ސްޕެއިނުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޕެރޭޒް ވިދާޅުވީ ސުޕަ ލީގުގެ ކުޅުންތެރިން ވޯލްޑް ކަޕާއި ޔޫރޯގައި ނުކުޅެވޭނެ ގޮތް ނުހެދޭނެ ކަމަށާއި މި ފަހަރުގެ ޗެމްޕިއަންސް ލީގުން ސުޕަ ލީގަށް ނިސްބަތްވާ ޓީމުތައް ވަކިވެސް ނުކުރެވޭނެ ކަމަށެވެ.

"އަހަރެން އެކަންކަމުގެ ގެރެންޓީ ދެން. އެ ކަންކަން ކުރެވޭނެ ގާނޫނީ ހަމައެއް އަދި ނެތް. އެ މީހުންނަށް (ޔުއެފާ އަށް) އަހަރެމެން އަމިއްލަ ގައުމުތަކުގެ ލީގުތަކުން ވެސް ވަކިނުކުރެވޭނެ. ޔުއެފާގެ މޮނޮޕޮލީގެ ނިމުން އައިސް އަހަރެމެން އާ ފެށުމަކުން ފަށަން އެބަޖެހޭ،" ޕެރޭޒް ވިދާޅުވި އެވެ.

ސުޕަ ލީގާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފާލާ ބަޔަކީ ސަޕޯޓަރުންނެވެ. ސުޕަ ލީގުގެ ފައުންޑާ ކްލަބްތަކުގެ ތެރޭގައި މި ވަގުތު އޮތް 12 ކްލަބްގެ މެޖޯރިޓީ ސަޕޯޓަރުން މި ފަށަން އުޅޭ ސުޕަ ލީގު މިހާރު އޮތްގޮތަށް ކުރިއަށް ގެންދިއުމާ ދެކޮޅެވެ. ޕެރޭޒް ވިދާޅުވީ ސަޕޯޓަރުން ކަންބޮޑުވާން ޖެހޭ ކަމެއް މީގަ ނެތް ކަމަށެވެ.

"މިއީ އަހަރެމެން ސަޕޯޓަރުންނަށް ޓަކައި ކުރާ ކަމެއް. އަހަރެމެން އެބަޖެހޭ ސަޕޯޓަރުން ދެކެން ބޭނުންވާ ލެވަލްގެ ފުޓްބޯޅައެއް ދައްކަން. ސުޕަ ލީގަކީ ފުޓްބޯޅައާ ދެކޮޅު އެއްޗެއް ނޫން. ފުޓްބޯޅަ ސަލާމަތްކުރަން އައި އެއްޗެއް،" ޕެރޭޒް ވިދާޅުވި އެވެ.

"ފުޓްބޯޅަ ސަލާމަތްކުރެވޭނީ ސުޕަ ލީގަށް"

ފުޓްބޯޅައިގެ ބާރު ޔުއެފާ އާއި ފީފާ އަތުން ގެއްލި ސުޕަ ލީގާ އެކު އެހެން ބައެއްގެ އަތަށް ދުނިޔޭގެ ފުޓްބޯޅައިގެ ބާރު ގޮސްފާނެތީ ޔުއެފާ އިން ކަންބޮޑުވެ އެވެ. ފީފާގެ ބޮލުގެ ރިހުމަކީ ވެސް އެއީ އެވެ. އެހެންވެ ގިނަ ބަޔަކު ސުޕަ ލީގު ލޭބަލް ކޮށްފައި އޮތީ ފުޓްބޯޅަ ހަލާކުކުރާނެ އެއްޗެއްގެ ގޮތުގަ އެވެ.

ޕެރޭޒްގެ ވިސްނާ ގޮތުގައި ފުޓްބޯޅަ ސަލާމަތްކުރެވޭނީ ސުޕަ ލީގަށެވެ. ސުޕަ ލީގަކީ ހަަމައެކަނި ޗެމްޕިއަންސް ލީގުގެ ބަދަލުގައި ކުޅޭ މުބާރާތެއް ކަމަށާއި މީގެ އެހެން ކަމަކަށް ބިރެއް ނެތް ކަމަށް ޕެރޭޒް ވިދާޅުވި އެވެ.

"ސުޕަ ލީގެއް ނެތި 2024 ގައި ފުޓްބޯޅަ މަރުވާނެ. ބޮޑު އަދި ކުދި ކްލަބްތައް ވެސް ނެތިދާނެ. ވީ އެންމެ އަވަހަށް ފަށަން އަހަރެމެން ބޭނުން. މި ވަގުތު ޔުއެފާ އިން ވަރަށް ބޮޑަށް ރުޅި އައިސްފައި އެ ތިބީ. ހަގީގަތަކީ އެ މީހުން ރުޅި ނައިސް ވެސް މިކަން ކުރެވިދާނެ،" ޕެރޭޒް ވިދާޅުވި އެވެ.

ރެއާލްގެ އިތުރުން ދެން މި ވަގުތު ފައުންޑަ ކްލަބްތަކުގެ ތެރޭގައި އޮތީ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް، ޓޮޓެންހަމް ހޮޓްސްޕާސް، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ.

ރިޕޯޓްތައް ބުނާގޮތުން ފައުންޑާ ކްލަބްތަކުން ސުޕަ ލީގަށް ސޮއިކޮށްފައިވަނީ 23 އަހަރަށެވެ. އުސޫލު އޮތްގޮތުން 20 ޓީމު ވާދަކުރާ ސުޕަ ލީގުގައި 15 ފައުންޑާ ކްލަބް ހިމެނޭއިރު، އެ ޓީމުތައް ރެލިގޭޓެއް ނުވާނެ އެވެ. ދެން އޮތް ފަސް ޓީމަކީ ކޮލިފައިން ނުވަތަ ދައުވަތު ދީގެން އެ ލީގުގައި ކުޅޭނެ ޓީމުތަކެވެ.

"ބިރުން ދެން އެއްވެސް ޓީމަކަށް ފަަހަތަަކަށް ނުޖެހެވޭނެ. ހުރިހާ ޓީމެއް އެ އޮތީ ސޮއިކޮށްފައި،" ޕެރޭޒް ވިދާޅުވި އެވެ.

ޔުއެފާ އިން އިއްޔެ ވަނީ ސުޕަ ލީގުގެ އާ ފޯމެޓް އިއުލާނުކޮށްފަ އެވެ. ގިނަ ޓީމުތަކެއް ހިމެނޭ ގޮތަށް ގިނަ މެޗު ކުޅެން ލިބޭގޮތަށް 2024 ވަނަ އަހަރު ފަށަން ނިންމާފައިވާ އެ ޗެމްޕިއަންސް ލީގުން މާ ބޮޑު ތަފާތެއެއް ނުފެންނާނެ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.

"އެ ބަދަލާ އެކު ވެސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނަށް ލިބެނީ 120-130 ވަރަަކަށް މިލިއަން ޔޫރޯ. މިއީ އެއް ނޫން ހައްގު މިންވަރަކީ. މި އަށް ވުރެ ގިނައިން ސުޕަ ލީގު ލިބޭނެ،" ޕެރޭޒް ވިދާޅުވި އެވެ.

މާލީ ގޮތުން ސުޕަ ލީގާ ހެދި ގިނަ ކްލަބްތަކެއް ރަނގަޅުވާނެ ކަމަށާއި އެ ޓީމުތަކުގެ ދަރަނި ވަރަށް ބޮޑުތަނުން ސަލާމަތްކުރެވޭނެ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox