ނާސާއިން ކާމިޔާބުކަމާ އެކު މާސްގައި ހެލިކޮޕްޓަރު ދުއްވައިފި

މާސް މިޝަންގައި މަސައްކަތް ކުރާ އިންޖެނުއިޓީ ހެލިކޮޕްޓަރާއި ޕާސިވިއަރެންސް އުޅަނދު.-- ފޮޓޯ: ނާސާ

މާސް މިޝަންގައި މަސައްކަތް ކުރާ އިންޖެނުއިޓީ ހެލިކޮޕްޓަރާއި ޕާސިވިއަރެންސް އުޅަނދު.-- ފޮޓޯ: ނާސާ

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ކާމިޔާބުކަމާ އެކު މާސްގައި ކުޑަ ހެލިކޮޕްޓަރެއް ދުއްވައިފި އެވެ.

އިންޖެނުއިޓީގެ ނަން ދީފައިވާ ކުޑަ ޑްރޯން ވައިގެ ތެރޭގައި އުދުހުނީ މިނެޓަކަށް ވުރެ ކުޑަ ވަގުތުކޮޅެކެވެ.

ނާސާއިން އެކަން ފާހަގަކޮށް އުފާ ފާޅުކުރަމުން ދަނީ ދުނިޔޭގައި ތިބެގެން އެހެން ޕްލެނެޓެއްގައި ވައިގެ އުޅަނދެއް ކޮންޓްރޯލް ކުރެވުނު ފުރަތަމަ ފަހަރަށް ވާތީ އެވެ.

Advertisement

އިންޖެނުއިޓީ އުދުހުނުކަން ނާސާއަށް ޔަގީންވީ މާސްގައިވާ ސެޓެލައިޓަކުން ހެލިކޮޕްޓަރުގެ ޑޭޓާ ނެގުމަށް ފަހު ދުނިޔެއަށް ފޮނުވުމުންނެވެ.

އިންޖެ
އިންޖެ

އިންޖެނުއިޓީ އުދުހެމުން ދިޔައިރު މާސްގެ ބިމަށް އޭގެ ހިޔަނި އެޅިފައި. މި ފޮޓޯ ނަގާފައިވަނީ އިންޖެނުއިޓީގައި ހަރުކޮށްފައިވާ ދެ ކެމެރާގެ ތެރެއިން ކެމެރާއަކުން.-- ފޮޓޯ: ނާސާ

ނާސާއިން ބޭނުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ހެލިކޮޕްޓަރު ބޭނުންކޮށްގެން އިތުރު އުދުހުންތައް ކުރިއަށް ގެންދާށެވެ.

އެގޮތުން އިންޖެނުއިޓީއަށް އަންގަމުން ދާނީ ވީހާވެސް މައްޗަށް އަދި ދުރަށް އުދުހުމަށެވެ. އެއީ އެ އުޅަނދު ކޮންޓްރޯލް ކުރުމުގެ ޓެކްނޮލޮޖީ ޓެސްޓު ކުރުމުގެ ގޮތުންނެވެ.

މި ކުޑަ ހެލިކޮޕްޓަރު މާސްއަށް ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެ ޕްލެނެޓަށް ތިރި ކުރި މާސްގެ ޕާސިވެރަންސް އުޅަނދުގަ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މާސްގައި ވައިގެ ތެރެއަށް އުދުއްސައިގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެ ޕްލެނެޓުގެ ވައިގެ ފަށަލަ ނުވަތަ އެޓްމޮސްފިއާ ދުނިޔެއާ އަޅާ ބަލާއިރު ވަރަށް ތުންޏެވެ.

ނަމަވެސް މާސްގައި ދުނިޔެއަށް ވުރެ ގްރެވިޓީ ނުވަތަ ބިމަށް ދަމާ ބާރު ކުޑަވުމުން ކޮންމެވެސް ވަރަކަށް އެހީވެދެ އެވެ.

އެހެންކަމުން އިންޖެނުއިޓީ އުފައްދާފައިވަނީ ވަރަށް ލުއިކޮށެވެ. އަދި އޭގެ ބުރަފަތި މިނެޓަކު 2500 ބުރު ޖެހޭ ވަރަށް ބާރު ދީފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox