ސަލްމާ ގަޔަށް ލޭ އެޅުން ލަހެއް ނުކުރަން: އޭޑީކޭ

ވިހެއުމުގެ ތެރެއިން ނިޔާވި ސަލްމާ: އޭނާގެ ގަޔަށް ލޭ އެޅިލެއް ލަސް ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ސޯޯޝަލް މީޑިއާ

ވިހެއުމުގެ ތެރެއިން ނިޔާވި ސަލްމާ: އޭނާގެ ގަޔަށް ލޭ އެޅިލެއް ލަސް ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ސޯޯޝަލް މީޑިއާ

އޭޑީކޭ ހޮސްޕިޓަލުގައި ވިހެއިތާ ގަޑިއިރުތަކެއް ފަހުން މަރުވި، ސަލްމާ ނަސީރު، 25، ގަޔަށް ލޭ އެޅުން ލަސްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނުމުން އޭޑީކޭއިން މިއަދު އެކަން ދޮގުކޮށްފި އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ސަލްމާ މަރުވި މައްސަލަ ބަލައި ހެލްތު މިނިސްޓްރީން އޭނާގެ ފިރިމީހާއަށް އިއްޔެ ފޮނުވި، ކުރު ތަހުގީގު ރިޕޯޓެއްގައި ބުނެފައި ވަނީ ވިހެއުމަށް ފަހު އަންހެންމީހާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް ހޮސްޕިޓަލުން ލޭ އަޅާފައި ވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ. އެކަމަކު ވިހެއުމުގެ ކުރިން ސަލްމާއަށް ލޭ ދޭނެ ދެ މީހަކު އާއިލާއިން ހަމަޖައްސައި، ކްރޮސްމެޗު ހެދި ކަމަށް ވެސް މިނިސްޓްރީގެ ރިޕޯޓުން އެނގެ އެވެ.

އެހެން ކަމުން ތަހުގީގު ރިޕޯޓުން ނިންމައިފައިވަނީ ސަލްމާގެ ގަޔަށް ލޭ އެޅުން ލަސްވި ކަމަށެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ސުވާލު ކުރުމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓާ، އަހުމަދު އަފްއާލް ވިދާޅުވީ އެ މައްސަލާގައި ހެލްތު މިނިސްޓްރީއާ ބައްދަލުކޮށް އެ މިނިސްޓްރީގެ ހޯދުންތަކަށް އިންކާރު ކޮށްފައިވާ ކަމަށެވެ. ސަލްމާގެ ގަޔަށް ލޭ އެޅުމުގައި ލަސް ކޮށްފައި ނުވާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

ލޭއެޅުމުގެ ކަންކަން ގެންދިޔައީ އުސޫލާ އެއްގޮތަށް އަދި ވީ އެންމެ އަވަހަކަށް ލޭ އެޅިން -- އަފްއާލް

އެ މައްސަލައާ ގުޅިގެން އިތުރު އެއްޗެއް އަފްއާލް ވިދާޅެއްނުވެ އެވެ.

ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވަނީ ސަލްމާ ގަޔަށް އަޅަންޖެހޭ ލޭ ގެންނަން ބުނީ ވެސް އޭނާ ވިހެއިތާ އެއް ގަޑިއިރު ފަހުން ކަމަށާއި ލޭ ގެނައުމަށްފަހު ވެސް ވިހާ ކޮޓަރީގައި އޮތް ސަލްމާ ގަޔަށް ޑޮކްޓަރުން ލޭ އަޅާފައިނުވާ ކަމަށެވެ. ލޭ ގެނައީ ވެސް ސަލްމާގެ މޫނު މައްޗަށް އަނިދިރިވާން ފެށުމުންނެވެ.

ވިހެއުމަށްފަހު ލޭ ފައިބާތީ އޭގެ ސަބަބު ދަނެގަތުމަށް މަސައްކަތްކޮށް ލޭ މަނާ ކުރުމަށް ޑޮކްޓަރުން ބޭސް ދީފައިވެ އެވެ. އަދި ސަލްމާގެ ފުރާނަ ސަލާމަތް ކުރަން ރަހިމު ނަގަންޖެހިދާނެކަން އާއިލާއަށް ވެސް ޑޮކްޓަރުން އެންގި އެވެ. ސަލްމާ ގަޔަށް ލޭ އަޅާފައި ވަނީ އޭގެ ވެސް އެއް ގަޑިއިރު ފަހުންނެވެ.

ސަލްމާ ގަޔަށް އެންމެ ފަހުން ލޭ އަޅާފައި ވަނީ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު އެވެ. އެއިރު ސަލްމާ ބުނަމުންދިޔައީ އޭނާއަށް ނޭވާލާން އުނދަގޫވަމުންދާ ކަމަށެވެ. އެއިރު ސަލްމާގެ ލޭގެ ޕްރެޝަރެއް ނެތެވެ. އަދި ވިންދު ހުރީ ވަރަށް މަތިކޮށް މިނެޓަކު 190 ގަ އެވެ.

ހެލްތު މިނިސްޓްރީގެ ތަހުގީގުން އެނގިގެން ދިޔައީ ސަލްމާ ހަށިގަނޑުން ލޭ ބޭރުވެފައިވާ މިންވަރު އޭޑީކޭގެ ލިޔެކިޔެމުން ފެންނަން ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox