ފަހު ވަގުުތު މޮޅުވެ ޕީއެސްޖީން ފަރަގު ކުޑަކޮށްފި

Apr 18, 2021, 3:43 PM
ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ޕީއެސްޖީ

ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ޕީއެސްޖީ

ޕެރިސް (އޭޕްރީލް 18) - ފްރެންޗް ލީގުގައި މިރޭ ފަހު ވަގުތު 3-2 އިން ސެއިން އެޓިއެން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ލީގުގެ އެއް ވަނައިގައި އޮތް ލިލްއާ ފަރަގުކުޑަކޮށްފި އެވެ.

ލީގުގައި ބާކީ ފަސް މެޗު އޮތްއިރު ލިލް އެއް ވަނައިގައި އޮތީ 33 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް 33 މެޗުން ވަނީ 69 ޕޮއިންޓް ލިބިފަ އެވެ.

ޕީއެސްޖީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހުރިހާ ގޯލެއް ފެނުނީ މެޗުގެ ފަހު ކޮޅުގަ އެވެ. ޕީއެސްޖީ ސިއްސުވާލުމަށް ފަހު ސެއިން އެޓިއެން އިން ލީޑުނެގީ މެޗުގެ 77 ވަނަ މިނިޓްގައި ޑެނިސް ބޮއަންގާ ވައްދާލި ގޯލުންނެވެ. އޭގެ ދެ މިނިޓް ފަހުން ކީލިއަން އެމްބާޕޭ ވަނީ ފުރުސަތުގެ ބޭނުންހިފައި ޕީއެސްޖީ އަށް އެއްވަރުކޮށްދީފަ އެވެ. އޭނާ މި ގޯލު ޖެހީ އެންޑަ ހެރޭރާ ދިން ބޯޅައަކުންނެވެ.

Advertisement

އެމްބާޕޭ، ޕީއެސްޖީ އަށް ލީޑުގައިދިނީ މެޗުގެ 87 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ސެއިން އެޓިއެންގެ ކީޕަރު ގްރީން އޭރިއާތެެރެއިން އެމްބާޕޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާ އެކު އެމްބާޕޭ ވަނީ މި ފަހަރުގެ ލީގުގައި އޭނާ ކުޅުނު 28 މެޗުން 23 ގޯލު ޖަހައިފަ އެވެ.

ޕީއެސްޖީ މޮޅުވާނެ ކަމަށް ނިންމައިގެން ތިއްބައި އިތުރު ވަގުތުގެ ދެ ވަަނަ މިނިޓްގައި ސެއިން އެޓިއެންގެ ރޮމޭން ހަމޫމާ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖެހީ މައުރޯ އިކާޑީ އެވެ. މިއީ އެންހެލް ޑި މާރިއާ ބޮލުން ޖައްސާލި ބޯޅައަކުން އިކާޑީ ޖެހި ގޯލެކެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ފެނިގެންދިޔައީ އޭނާގެ ޓީމުން އެންމެ ފަހު ސިކުންތާ ހަމައަށް ވެސް މޮޅުވާން ކުރާ ހިތްވަރު ކަމަށާއި ކުރި މަސައްކަތާ ބަލާއިރު ޕީއެސްޖީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox