އޭޑީކޭގައި ވިހެއި ސަލްމާ ގަޔަށް ލޭ އަޅަން އިންތިހާއަށް ލަސްވިކަން ހާމަވެއްޖެ

ވިހެއުމުގެ ތެރެއިން ނިޔާވި ސަލްމާ: އޭނާގެ ގަޔަށް ލޭ އެޅިލެއް ލަސް ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ސޯޯޝަލް މީޑިއާ

ވިހެއުމުގެ ތެރެއިން ނިޔާވި ސަލްމާ: އޭނާގެ ގަޔަށް ލޭ އެޅިލެއް ލަސް ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ސޯޯޝަލް މީޑިއާ

އޭޑީކޭ ހޮސްޕިޓަލުގައި މިދިޔަ ފެބްރުއަރީ މަހު ވިހެއުގެ ގަޑިއިރުތަކެއް ފަހުން ސަލްމާ ނަސީރު، 25، މަރުވި، ޑޮކްޓަރުންގެ ޓީމަށް އޭނާގެ ހަށިގަނޑުން ލޭ ފޭބި މިންވަރު ނުބައިކޮށް އަންދާޒާ ކުރުމުގެ އިތުރުން ލޭ އެޅުން ވެސް އިންތިހާއަށް ލަސްވެފައި އޮއްވާކަން ހެލްތު މިނިސްޓްރީގެ ތަހުގީގަކުން ހާމަވެއްޖެ އެވެ.

ސަލްމާ މަރުވި މައްސަލަ ބަލައި ހެލްތު މިނިސްޓްރީން އޭނާގެ ފިރިމީހާއަށް ފޮނުވި ކުރު ތަހުގީގު ރިޕޯޓެއްގައި ބުނެފައި ވަނީ ވިހެއުމަށްފަހު އަންހެންމީހާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް ހޮސްޕިޓަލުން ލޭ އަޅާފައި ވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ.

އެކަމަކު ވިހެއުމުގެ ކުރިން ސަލްމާއަށް ލޭ ދޭނެ ދެ މީހަކު އާއިލާއިން ހަމަޖައްސައި، ކްރޮސްމެޗު ހެދި ކަމަށް ވެސް މިނިސްޓްރީގެ ރިޕޯޓުން އެނގެ އެވެ.

Advertisement

ސަލްމާ ގަޔަށް އަޅަންޖެހޭ ލޭ ގެންނަން ބުނީ ވެސް އޭނާ ވިހެއިތާ އެއް ގަޑިއިރު ފަހުން ކަމަށާއި ލޭ ގެނައުމަށްފަހު ވެސް ވިހާ ކޮޓަރީގައި އޮތް ސަލްމާ ގަޔަށް ޑޮކްޓަރުން ލޭ އަޅާފައިނުވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. ލޭ ގެނައީ ވެސް ސަލްމާގެ މޫނު މައްޗަށް އަނިދިރިވާން ފެށުމުންނެވެ.

"ބޭބީ ގެންދިޔައިރު ވެސް ބަލިމީހާ ވަރަށް ހެވިފައި އޮތްކަމަށް، އަދި އިރުކޮޅެއް ފަހުން ފުސްވާކަހަލަ ގޮތެއްވާ [މޫނު މައްޗަށް އަނދިރިވާން ފެށީ] ކަމަށް ބަލިމީހާ ބުނިކަމަށް އެހީތެރިޔާގެ ބަޔާނުން ފެންނަން ހުރުން،" ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.

ވިހެއުމަށްފަހު ލޭ ފައިބާތީ އޭގެ ސަބަބު ދަނެގަތުމަށް މަސައްކަތްކޮށް ލޭ މަނާ ކުރުމަށް ޑޮކްޓަރުން ބޭސްި ދީފައިވެ އެވެ. އަދި ސަލްމާގެ ފުރާނަ ސަލާމަތް ކުރަން ރަހިމު ނަގަންޖެހިދާނެކަން އާއިލާއަށް ވެސް ޑޮކްޓަރުން އެންގި އެވެ. ސަލްމާ ގަޔަށް ލޭ އަޅާފައި ވަނީ އޭގެ ވެސް އެއް ގަޑިއިރު ފަހުންނެވެ.

ސަލްމާ ގަޔަށް އެންމެ ފަހުން ލޭ އަޅާފައި ވަނީ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު އެވެ. އެއިރު ސަލްމާ ބުނަމުންދިޔައީ އޭނާއަށް ނޭވާލާން އުނދަގޫވަމުންދާ ކަމަށެވެ. އެއިރު ސަލްމާގެ ލޭގެ ޕްރެޝަރެއް ނެތެވެ. އަދި ވިންދު ހުރީ ވަރަށް މަތިކޮށް މިނެޓަކު 190 ގަ އެވެ.

ހެލްތު މިނިސްޓްރީގެ ތަހުގީގުން އެނގިގެން ދިޔައީ ސަލްމާ ހަށިގަނޑުން ލޭ ބޭރުވެފައިވާ މިންވަރު އޭޑީކޭގެ ލިޔެކިޔެމުން ފެންނަން ނެތް ކަމަށެވެ.

"މި ކޭސްގައި ފާހަގަ ކުރެވުނީ ލޭ ދޭނެ ފަރާތެއް ހަމަޖައްސައިފައި ވީނަމަވެސް ބަލި މީހާއަށް ލޭ އެޅުމުގައި ލަސްވެފައިވާކަން،" މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެ އެވެ.

ސަލްމާ ވިހެއި ކުއްޖާގެ ހާލު ރަނގަޅެވެ. ކުއްޖާ ބަލަމުންދަނީ އޭނާގެ ބައްޕަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox