ނަޖީބު މަރާލި ބިރުވެރި ރޭ ކަންތައް ހިނގި ގޮތް ހަނާ ދުލުން

ހަނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ނެގި ފޮޓޯއެއް: ހަނާ ބުނީ މުއްރަތު، ނަޖީބު މަރާލީ، އޭނާ ރާ ބޮއެގެން ނިދާފައި އޮއްވާ ކަމަށް. -- ފޮޓޯ: ޕޮލިސް ސާވިސް

ހަނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ނެގި ފޮޓޯއެއް: ހަނާ ބުނީ މުއްރަތު، ނަޖީބު މަރާލީ، އޭނާ ރާ ބޮއެގެން ނިދާފައި އޮއްވާ ކަމަށް. -- ފޮޓޯ: ޕޮލިސް ސާވިސް

"ދެން އެ ހިސާބުން ބޮޑީ ޑިސްޕޯސް ކޮށްލަން (ހަށިގަނޑު ނައްތާލަން) ވާހަކަ ދެއްކުނީ،"

އެއީ ގާނޫނީ ވަކީލު އަލްއުސްތާޒް އަހުމަދު ނަޖީބު (ކެރެޓް ނަޖީބު) މަރައިލި ގޮތާއި އޭނާގެ ހަށިގަނޑު ނައްތާލުމަށް ކުރި މަސައްކަތް ސުޕްރީމް ކޯޓުގައި، ވީޑިއޯ މެދުވެރިކޮށް މިއަދު ކިޔައިދެމުން، އޭނާގެ ގާތިލް ފާތިމަތު ހަނާ ދެއްކި ވާހަކައެކެވެ.

ވަކީލު ނަޖީބު މަރާލިތާ ނުވަ އަހަރު ވާން ކައިރިވެފައިވާއިރު އެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ށ. ގޮއިދުއަށް ނިސްބަތްވާ ހަނާ، އޭނާގެ ވާހަކަތައް މިއަދު ކިޔައިދިނީ އަލަށެވެ.

މިއަދުގެ އަޑުއެހުމުގައި ހަނާ ވަނީ ހަމަ އެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ އޭނާގެ ލޯބިވެރިޔާ އަހުމަދު މުއްރަތުގެ ގެ ކަމަށްވާ މ. މަސްރޫރާ އަށް، ޖުލައި 1، 2012 ގައި ނަޖީބު ދާންޖެހުނު ގޮތާއި އެ ގޭ ތެރެއިން މައްސަލައެއް އުފެދުނު ގޮތާއި ނަޖީބުގެ ފަހު ވަގުތުކޮޅު ކޯޓަށް ކިޔައިދީފަ އެވެ.

"އަސްލު ވަރަށް އުނދަގޫވޭ އަޅުގަނޑަށް މި ވާހަކަތައް ކިޔައިދޭން. ފުރަތަމަ އެކަން ވެގެން ދިޔައިކީ... ފުރަތަމަ އަނެއް... ނަޖީބުއަށް ގުޅަނީކީއެއް... މުއްރަ ބުނެގެން ގުޅަނީ ނަޖީބުއަށް. މުއްރަގެ މަންމަގެ ގޭގެ މައްސަލައިގައި ގާނޫނީ އެހީތެރިކަން ހޯދުމަށް މުއްރަ ބުނީ ނަޖީބަށް ގުޅާށޯ. ދެން މުއްރަ ބުނީމަ އަޅުގަނޑު ނަޖީބަށް ގުޅީ،" ވާހަކަ ފަށަމުން ހަނާ ބުންޏެވެ.

މަސްރޫރާ ގެއަށް ނަޖީބު އައުމުން މުއްރަތާއި ހަނާ އާއި ނަޖީބު ވާހަކަ ދައްކަން ދިޔައީ މުއްރަތު ކޮޓަރިއަށް ކަމަށް ހަނާ ބުންޏެވެ. އެކަމަކު ގިނައިރުތަކެއްވީ އިރު ވެސް މުއްރަތު މަންމަ ގެއަށް ނައުމުން މުއްރަތު ދިޔައީ ތިރިއަށް ވާނުވާ ބަލަން ކަމަށް ހަނާ ބުންޏެވެ. މައްސަލަ ޖެހެން ފެށުނީ އެ ހިސާބުން ކަމަށް ހަނާ ބުންޏެވެ.

ނަޖީބުގެ މަރުގެ މައްސަލައިގައި ހަނާއާ އެކު ބައިވެރިވި މުއްރަތު
ނަޖީބުގެ މަރުގެ މައްސަލައިގައި ހަނާއާ އެކު ބައިވެރިވި މުއްރަތު

ނަޖީބުގެ މަރުގެ މައްސަލައިގައި ހަނާއާ އެކު ބައިވެރިވި މުއްރަތު

"އަސްލު ނަޖީބަށް ލަސްވާތީވެ މުއްރަތު ދިޔައީ މުއްރަތު މަންމަ ކޮބާތޯ ބަލާލަން ތިރިއަށް. އެވަގުތު ކޮޓަރި ތެރޭގައި ތިބީ އަޅުގަނޑާ ނަޖީބުއާ ދެ މީހުން. ދެން މުއްރަތު ދިޔުމުން އަޅުގަނޑަށް ނަޖީބުގެ ފަރާތުން ވަރަށް އުނދަގޫވާ ކަހަލަ ކަންތައްތަކެއް ދިމާވީ.... އެއީ... އަނެއް ... ފުރަތަމަ ނަޖީބުގެ ... އަނެއް ... ބެލުން ހުރި ގޮތް ވެސް އަޅުގަނޑަށް ކަމަކު ނުދިޔަ. އެއީ އަޅުގަނޑަށް ހަމަ ޔަގީން ކުރެވުނު ނަޖީބުގެ އިންޓެންޝަން ރަނގަޅެއް ނޫންކަން. ދެން އެކަމާ ހެދި އަޅުގަނޑު ހުރީ ވަރަށް ބޮޑަށް އަންއީޒީވެފަ (އުނދަގޫވެފަ)،" ހަނާ ކިޔައިދިނެވެ.

ނަޖީބު އުޅުނު ގޮތުގެ ވާހަކަ އޭނާ މުއްރަތު ކައިރި ބުނި ކަމަށް ހަނާ ކިޔައިދިނެވެ.

"ދެން އަޅުގަނޑު ތިރިއަށް މުއްރަތު ކޮބައިތޯ ބަލާލަން ދިޔައިރު މުއްރަތު ހުރީ ތިރީގައި ސިނގިރޭޓެއް ބޯންވެގެން. ދެން އަޅުގަނޑު މުއްރަތު ކައިރި ގޮސްފަ ބުނިން ނަޖީބު މިހެން މިހެން ކަންތައް ކޮށްފިޔޭ އަޅުގަނޑަށް ވަރަށް އުނދަގޫވެޔޭ. އޭނަ އަޅުގަނޑުގެ ގައިގަ އަތްލާ ހެދިއޭ. އޭނާ ބަލަނީކީ ވެސް ރަނގަޅަކަށް ނޫނޭ. އަޅުގަނޑަށް ވަރަށް އުނދަގޫވެޔޭ ދެން އޭނާ އަޅުގަނޑާ ވާހަކަ ދެއްކީ ވެސް ވަރަށް ފްލާޓީކޮށޭ. ބުނީމާ މުއްރަތު ބުނީ ދާށޯ މައްޗަށް އޭނާ މި އަންނަނީއޭ،" ކޯޓަށް ހަނާ ކިޔައިދެމުން ދިޔަ އެވެ.

އޭގެ ފަހުން ހަނާއަށް ވެސް ލިބުނީ ސިހުމެއް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ގޮސްފަ މައްޗަށް އަރާފަ މަޑުކޮށްލިތަނާ އިރުކޮޅަކުން މުއްރަތު އަންނަނީ އަނެއް ... ވަޅިއެއް ހިފައިގެން އައި ގޮތަށް އައިސް ނަޖީބު ކަރުގައި ޖައްސަނީ. ޖައްސާފަ ބުނަނީ ކަލެއަށް އިނގޭހޯ ކީއްކަން ތި ކުރެވުނީ. ކީއްކުރަންހޯ އޭނައާ ދޭތެރޭ ތިހެން ކަންތައް ކުރީ. ހަމަ ކޮންމެ އަންހެނެއް ފެނުނަސް އެހެނޯ ކަންތައް ކުރާނީ ކިޔާފަ ވަރަށް ހަޑިކޮށް ވާހަކަ ދެއްކީ،" އެ ބިރުވެރި ވަގުތުކޮޅު ހަނާ ސިފަކޮށްދިނެވެ.

ނަޖީބުގެ އަނގަ މަތީ ޓޭޕު އެޅީ ހަނާކަން އޭނާ އެއްބަސްވެ އެވެ. އެކަމަކު ހަނާ ބުނީ ޓޭޕު އެޅީ ނަޖީބަށް ނޭވާލެވޭނެ ވަރަށް ކަމަށެވެ.

"ދެން އެވަގުތު ވެސް މުއްރަ ހުރީ ނަޖީބު ކަރުގަ ވަޅި ޖައްސާފަ. އަޅުގަނޑު ކައިރި ބުނީ އޮންނާނެއޯ ޓޭޕްރޯލެއް އޭގެން އޭނާގެ އަނގަމަތީގަ އަޅާށޯ ބުނީ. ދެން އަސްލު އެ ވަގުތު އަޅުގަނޑު ވެސް ބިރުގަނެފައި ހުރިވަރުން އަޅުގަނޑު ވެސް އެގޮތަށް ކަންތައް ކުރީ. ދެން އަޅުގަނޑު ޓޭޕް އެޅީ ނަޖީބުގެ މޫނުގައާ އަނގަމަތީގައާ ލޯމަތީގައާ. އެކަމަކު އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި އަޅުގަނޑު އޭނާގެ ނޭފަތަކު ޓޭޕެއް ނާޅަން. އޭނަ ހުންނާނީ ހަމަ ނޭވާލެވޭ ގޮތަށް،" ހަނާ ބުންޏެވެ.

އެއަށް ފަހު ނަޖީބުގެ ވޮލެޓު ނެގުމަށް ފަހު މުއްރަތާއި ހަނާ ދިޔައީ ކާއެއްޗެއްސާއި ބަނގުރާ ގަތުމަށް ކަމަށް ހަނާ ބުންޏެވެ.

"ދެން ޓޭޕު އެޅުމަށްފަހު މުއްރަތު ބުނީ ވޮލެޓު ކޮބާހެއްޔޯ ވޮލެޓު ދޭށޯ. ބުނީމަ މުއްރަތު ވޮލެޓު ނަގަނީ. ދެން ބުނީ ޕިން ނަންބަރު ކިޔައިދޭށޭ. ބުނީމަ އަޅުގަނޑާ މުއްރަތާ ދެމީހުން ދަނީ އައިޖީއެމްއެޗު ކައިރީ ހުރީ އޭޓީއެމްއަކަށް. ގޮސްފަ އެތަނުން ލާރި ނެގުމަށްފަހު ކާއެއްޗެއްސާއި ރަލާ ގަނެގެން ދިޔައީ އެ ގެއަށް،" ކަންތައްވީ ގޮތް އޭނާ ކިޔައިދެމުން ދިޔަ އެވެ.

ހަނާގެ ބަހުން ނަމަ ނަޖީބު މަރުވީ ރާބޮއެގެން އޭނާ ނިދާފަ އޮއްވަ އެވެ. ނަޖީބުގެ މަރުގައި އޭނާގެ އެއްވެސް އަތެއް ނެތް ކަމަށް ހަނާ ހުވާ ކުރި އެވެ.

"ގެއަށް ދިއުމަށްފަހު އަޅުގަނޑާ މުއްރައާ އަނެއް.. ރާ ބޮއެގެން އަސްލު އަޅުގަނޑަށް ނިދުނީ. ނިދިފަ ދެން އަޅުގަނޑަށް ހޭލެވުނީ ހެނދުނު. އަޅުގަނޑަށް ހަނދާންވަނީ ހައެއް ނޫނީ ހަތެއް ޖަހާކަންހާއިރު ހޭލެވެނީ. މުއްރަ ވަރަށް ހާސްވެގެން އަޅުގަނޑަށް ގޮވަނީ. ގޮވާފަ ބުނަނީ މުއްރަ އަތުން ނަޖީބު މަރުވެއްޖެއޯ. ބުނީމަ އަޅުގަނޑު ބުނީ ކީއްހޭ ތި ކުރީކީ. އެ ވަގުތު އަޅުގަނޑު ވެސް ވަރަށް ހާސްވި. އެއީ އެއްވެސް އިރެއްގަ އަޅުގަނޑުގެ އިންޓެންޝަނެއް ނޫން އެހެން ހެދުމަކީ،" އޭނާގެ ނިޔަތް ހަނާ ކިޔައިދިނެވެ.

ހަށިގަނޑު ނައްތާލުމުގެ ވާހަކަތައް ދެކެވުނީ އެހާ ހިސާބުން ކަމަށް ހަނާ ބުންޏެވެ.

"ދެން މުއްރަ ބުނީ އޭނަ ހަޅޭއްލަވާ އަޑުގަދަކުރަން ފެށުމުންނޯ އެހެން ކަންތައްވީ. ދެން އަޅުގަނޑު ބުނީ ކިހިނެއްހޭ ހަދާނީ. އެވަގުތު އަޅުގަނޑު ވެސް ވަރަށް ހާސްވި. އެއީ މުއްރަތަކީ އަޅުގަނޑު ވަރަށް... އެއިރު ވަރަށް ދުވަސްވަންދެން އުޅުނު މީހެއް ކަމާ އެކު އޭނަ އެގޮތަށް ހާސްވެގެން ރޯން ފެށީމަ... އަސްލު އެހެންވެ އަޅުގަނޑަށް ބޮޑަށް އިފެކްޓް ކުރީ. ދެން އެ ހިސާބުން ބޮޑީ ޑިސްޕޯސް ކޮށްލަން ވާހަކަ ދެއްކުނީ،" ހަނާ ބުންޏެވެ.

ގާނޫނީ ވަކީލް ނަޖީބް.
ގާނޫނީ ވަކީލް ނަޖީބް.

ގާނޫނީ ވަކީލް ނަޖީބް.

ހަނާ ބުނި ގޮތުގައި އޭނާ އިއުތިރާފްވީ އެކަމުގައި އޭނާގެ ބައިވެރިވުމެއް ވާކަން ހަމަ ހަގީގަތުގައި ވެސް ކުރިން އަމިއްލައަށް ގަބޫލު ކުރެވިގެން ކަމަށެވެ. އެކަމަކު ނަޖީބުގެ މަރުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ހަނާ ބުންޏެވެ. ނަމަވެސް ނަޖީބުގެ ހަށިގަނޑު ފޮރުވައި، ނައްތާލަން މަސައްކަތް ކުރި ކަމަށް ހަނާ ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ.

"ދެން އަސްލު އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު ވެސް ހިތައް އަރާފާނެ ކީއްވެގެންހެއްޔޭ އަޅުގަނޑު ކުރިން އިނީ އިއުތިރާފްވެފަ. އަސްލު ވަރަށް ގިނަ މީހުން އަޅުގަނޑާ ކުރާ ސުވާލެއް އެއީ ކީއްވެގެންތޯ އިއުތިރާފްވެފަ އިނީ. އަސްލު އެކަންތައްވީ ގޮތަކީ އެއިރު ކަންތައް ދިމާވި ގޮތުން އަޅުގަނޑަށް ބިލީވް ކުރެވިފަ އިނީ އަޅުގަނޑަށް ކުރެވުނު ކަންތައްތަކަކުން... އެހެން ކަންތައް ދިމާވީ އަޅުގަނޑާ ހެދިއޭ،" ހަނާ އަސަރާއެކު ކިޔައިދިނެވެ. "ބޮޑީ ޑިސްޕޯސްކޮށްލަން ވެސް... އެ ހުރިހާ ކަންތައްތަކެއްގަ ބައިވެރިވެވުނީމަ."

އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ކެރެޓް ނަޖީބުގެ ނަމުން މަޝްހޫރު ނަޖީބަކީ އޭރު ރާއްޖޭގައި މަޝްހޫރު ގާނޫނީ ވަކީލެކެވެ. އޭނާ ވަނީ ދިވެހި ތާރީހުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުންނާ ބެހޭ ފޮތެއް ވެސް ލިޔުއްވައިފަ އެވެ. ނަޖީބު މަރާލިއިރު އޭނާގެ 13 ކުދިން ދުނިޔޭގައި ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox