ކޮވިޑުން ރައްކާތެރިވާން އިޒްރޭލުގައި ދެން މާސްކު އަޅަން ނުޖެހޭނެ

އިޒްރޭލުގެ މާރުކޭޓެއްގައި މީހުން ވިޔަފާރި ކުރަނީ. އެ ގައުމުގައި ބޭރަށް ނިކުމެ އުޅޭ އިރު މާސްކު އެޅުން ދެން މަޖުބޫރެއް ނުވާނެ.-- ފޮޓޯ: ފްލޭޝް90

އިޒްރޭލުގެ މާރުކޭޓެއްގައި މީހުން ވިޔަފާރި ކުރަނީ. އެ ގައުމުގައި ބޭރަށް ނިކުމެ އުޅޭ އިރު މާސްކު އެޅުން ދެން މަޖުބޫރެއް ނުވާނެ.-- ފޮޓޯ: ފްލޭޝް90

ކޮވިޑާ ދެކޮޅަށް އާބާދީގެ ބޮޑު ބަޔެއް ވެކްސިން ފުރިހަމަކޮށްފައިވާ އިޒްރޭލުގައި ބޭރަށް ނިކުމެ އުޅޭ އިރު މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން މިއަދު އުވާލައިފި އެވެ.

އެއާއެކު އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަހު ފުރަތަމަ ފަހަރަށް ސްކޫލުތައް ވެސް ވަނީ އެއްކޮށް ހުޅުވާފަ އެވެ.

ޓައިމްސް އޮފް އިޒްރޭލު ނޫހުގައިވާ ގޮތުން ބޭރުގައި އުޅޭ އިރު މާސްކު އެޅުން ދެން މަޖުބޫރު ނުވި ނަމަވެސް، އާއްމު ތަންތަނުގައި މާސްކު އަޅަން ޖެހޭނެ އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ވެސް ލަފާ ދެނީ ބޭރަށް ނުކުންނަ އިރު އަދި ގިނަ މީހުން އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށެވެ.

މީގެ އިތުރުން މިއަދު ވަނީ އެންމެ ތުއްތު ކުދިންގެ ޑޭކެއާއިން ފެށިގެން ގްރޭޑް 12 އާ ހަމައަށް ސްކޫލުތައް ހުޅުވާ، ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދޭ ގޮތަށް ހަމަޖައްސާފަ އެވެ.

ކްލާސްތަކުތަކުގައި ތިބޭ އިރު ކުދިންނަށް މާސްކު އެޅުން މަޖުބޫރު ވާނެ އެވެ. ނަމަވެސް ޖިމް ގަޑި އާއި އިންޓަވަލް ގަޑި އައި ދެ ކްލާސް ދެމެދުގައި ހޭދަވާ ހުސް ވަގުތުކޮޅުގައި މާސްކު އަޅާކަށް ނުޖެހެ އެވެ.

ކޮވިޑުގެ ތިން ވަނަ ރާޅެއްގައި އިޒްރޭލުގެ ހާލަތު ވަރަށް ގޯސްވި އެވެ. ނަމަވެސް އެންމެ ކާމިޔާބުކަމާ އެކު ގައުމަކުން ހިންގި ވެކްސިން ޕްރޮގްރާމަށް ފަހު ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ އެވެ.

އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެއްގެ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވާއިރު، އަދަދުތައް ވަނީ ފާހަގަކުރެވޭ މިންވަރަށް ދަށަށް ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox