ކޮރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެވިފައިވަނީ، ދެ ފަހަރެއްގެ މަތިން ކޮރިއާ މަގުން ރާއްޖެ ގެނައި ޕާރުސަލްތަކެއް ބަލައި ފާސްކުރަނިކޮށް ކަމަށެވެ.
މިގޮތުން، އަތުލައިގެންފައިވަނީ ޖަމައިކާ އާއި ނައިޖީރިއާ އިން އެތެރެކޮށްފައިވާ ކޮކެއިން ކަމަށާއި ޖުމްލަ ބަރުދަނުގައި ދޮޅު ކިލޯއަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ އަގު 4.7 މިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އިތުރުވަމުންދާ މައްސަލަ ދަނީ ދުވަހެއް ދުވަހަކުން އިތުރުވަމުންނެވެ.












