އިރާނުގެ ނިއުކްލިއާ ޕްލާންޓަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ދެނެގަނެފި

އިރާނުގެ ނިއުކްލިއާ ޕްލާންޓަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ރިޒާ ކަރީމީ-- ފޮޓޯ: އޭޕީ

އިރާނުގެ ނިއުކްލިއާ ޕްލާންޓަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ރިޒާ ކަރީމީ-- ފޮޓޯ: އޭޕީ

އިރާނުގެ ނަތާންޒް ނިއުކްލިއާ ޕްލާންޓަށް ސައިބާ ހަމަލާއެއް ދިނުމުގެ ތުހުމަތު ކުރެވޭ މީހާ ދެނެގަނެވިއްޖެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ދައުލަތު ޓީވީން ހަބަރު ފެތުރި ގޮތުގައި ތުހުމަތު ކުރެވޭ އުމުރުން 43 އަހަރުގެ ރިޒާ ކަރީމީ ވަނީ މިދިޔަ އާދީއްތަ ދުވަހު ދިން ހަމަލާގެ ކުރިން ގައުމުން ފިލާފަ އެވެ.

ނަތާންޒް ޕްލާންޓަށް ދިން ސައިބާ ހަމަލާގައި މުޅި އެ ތަނުން ކަރަންޓު ގޮސް، ޔުރޭނިއަމް މުއްސަނދި ކުރަން ބޭނުން ކުރާ ސެންޓްރިފިއުޖްތަކަށް ގެއްލުންވެފައި ވެއެވެ.

Advertisement

އެ ހަމަލާގެ ފަހަތުގައި ވެސް އިޒްރޭލު ކަމަށް އިރާނުން ބުނެ އެވެ. އިޒްރޭލުގެ ޖާސޫސީ އޮފިޝަލުން ވެސް ނުރަސްމީކޮށް ބުނެފައި ވަނީ ހަމަލާ ދިނީ އެ ގައުމުން ރާވައިގެން ކަމަށެވެ.

ހަމަލާގެ ތުހުމަތު ކުރެވޭ މީހާގެ ފޮޓޯ އާއްމުކޮށް އިރާނުގެ ދައުލަތުގެ ޓީވީން ބުނީ އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކުރިން ދިން ހަމަލާތަކުގެ ފަހަތުގައި ވެސް އިޒްރޭލު

މީގެ ކުރިން ވެސް އެ ފެސިލިޓީއަށް ހަމަލާތައް އަމާޒުވެފައި ވެއެވެ. އެގޮތުން އެމެރިކާ އާއި އިޒްރޭލު ގުޅިގެން 2010 ވަނަ އަހަރު އުފެއްދި ކަމަށް ބެލެވޭ ސްޓަކްސްނެޓް ކޮމްޕިއުޓަރު ވައިރަސްގެ ސަބަބުން ނަތާންޒްގައި ހުރި ސެންޓްރިފިއުޖްތައް ހަލާކުވެފައި ވެއެވެ.

އޭގެ އިތުރުން މިދިޔަ ޖުލައި މަހު ވެސް ނަތާންޒްގެ ސެންޓްރިފިއުޖްތައް ރައްކާކޮށްފައި ހުންނަ ސަރަހައްދުގައި ގޮވުމެއް ގޮވި އެވެ. އެއީ ވެސް ސައިބާ ހަމަލާއެއް ކަމަށް އިރާނުން ބުންޏެވެ.

އިރާނުން މިހާރު ނަތާންޒް ފެސިލިޓީ ގާއިމްކޮށްފައިވަނީ ފަރުބަދައެއްގެ ތެރެއިން ބިމު އަޑީގަ އެވެ. މީގެ ކުރިން އެތަނަށް ދިން ހުރިހާ ހަމަލާއެއްގެ ފަހަތުގައި ވަނީ ވެސް އިޒްރޭލު ކަމަށް ބެލެވެ އެވެ.

އަނެއްކާވެސް ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާ ދިން ކަމަށް ބުނެފައި މި ވަނީ އިރާނާއެކު އެމެރިކާއިން އެކުލަވާލި ނިއުކްލިއާ އެއްބަސްވުމެއްގެ މަސައްކަތް އަލުން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ. ދެ ހާސް ފަނަރަ ވަނަ އަހަރުގެ އެ އެއްބަސްވުން ހުއްޓުމަކަށް އައިސްފައި އޮތީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ހުރަސް އެޅުއްވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox