ކުޅުދުއްފުށީ ހޮސްޕިޓަލުގައި ވިހެއި ކުއްޖަކު ވެއްޓުނު މައްސަލައެއް ބަލަނީ

Apr 17, 2021, 11:21 AM
ކުޅުދުއްފުށީ ހޮސްޕިޓަލް: އެތަނުގައި ވިހެއި ކުއްޖަކު ވެއްޓުނު މައްސަލައެއް ދަނީ ބަލަމުން - ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށީ ހޮސްޕިޓަލް: އެތަނުގައި ވިހެއި ކުއްޖަކު ވެއްޓުނު މައްސަލައެއް ދަނީ ބަލަމުން - ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވިހެއި ކުއްޖަކު، ނަރުހުންގެ އިހުމާލުން ވެއްޓުނު މައްސަލައެއްގައި އާއިލާއިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އުތުރުގެ މައި ހޮސްޕިޓަލްގައި މީގެ ހަ ދުވަސް ކުރިން ވިހެއި އެ ކުއްޖާ އޮތީ ރީނދޫވެގެން މަންމައާ ވަކިކޮށް ފަރުވާދިނުމަށް ނާސަރީގައި އެވެ. ކުއްޖާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދިޔައީ ނަރުހުންނެވެ.

"ކުއްޖާއަށް ގާތުންދިނުމަށް މަންމަ މިއަދު ނަރުހުންނަށް ގުޅީމަ ބުނީ ގާތުންދީފައޭ އޮތީ، ދެން ކުއްޖާގެ މަންމަ ފަހުން ދިޔައިރު އެ ކުއްޖާ ހަރަކާތެއް ނުކުރޭ، އޭރު ވެސް ނަރުހުން ނުބުނޭ ކަމެއްވެފައިވާ ކަމެއް، ބުނީ ހަމައެކަނި ގާތުންދީފައި އޮތް ކަމަށް،" މިއަދު މެންދުރުފަހު އެ ހޮސްޕިޓަލްގައި ހިނގާ ދިޔަ މި ހާދިސާއާ ގުޅޭ ގޮތުން އާއިލާ މެންބަރަކު "އަދަދު"އަށް ކިޔައިދިނެވެ.

"އޭގެ އިރުކޮޅެއް ފަހުން ޑޮކްޓަރު ގުޅާފައި ކުއްޖާ މަންމަ ގާތު ބުނީ އައިސްދިނުމަށް، ދެން ޑޮކްޓަރު ބުނީ ވަރަށް ބޮޑު ކަމެއް އިހުމާލަކުން ވެއްޖެ ކަމަށް، ޑޮކްޓަރުން ބުނީ ކުއްޖާ އެނދުން ވެއްޓުނީ ކަމަށް،"

އޭނާ ބުނި ގޮތުގައި ކުއްޖާ ބާއްވާފައި އޮތް އެނދަކީ ވެއްޓޭ ގޮތަށް ހުންނަ އެނދެއް ނޫންކަމުން އެކަން ގަބޫލު ނުކުރެވޭ ކަމަށާއި އެހެންވެ، އަސްލުވީ ގޮތް ސާފުކުރުމަށް އާއިލާއިން ބޭނުންވި ކަމަށެވެ.

"އަޅުގަނޑުމެން އެދުނިން ނަރުހެއްގެ އަތުން ވެއްޓުނުނަމަ، އެ މީހެއް ބުނެދިނުމަށް، ޑޮކްޓަރު ބުނީ ވެއްޓުނީ ކާކުގެ އަތުން ކަމެއް ނުބުނެވޭނެ ކަމާއި ވަރަށް ބޮޑަށް އެކަމަށް މާފަށް އެދޭ ކަމަށް،" އާއިލާ މީހާ ބުންޏެވެ.

ވެއްޓުމުގެ ސަބަބުން ކުއްޖާއަށް އަނިޔާއެއްވި ކަމެއް އަދި ސާފު ނުވާއިރު ބައެއް ޓެސްޓްތައް ވަނީ ހަދާފަ އެވެ.

ހަ ދުވަހުގެ ކުއްޖާ ވެއްޓިފައިވަނީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ޑޮކްޓަރު އާއިލާ ގާތުގައި ބުނެފައިވާއިރު އާއިލާގެ އެދުމުގެ މަތިން ކުއްޖާ މިހާރު ވަނީ އޭނާގެ މަންމަ ގާތަށް ގެނެސްފަ އެވެ.

ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު "އަދަދު"އަށް އެކަމާ ގުޅޭ ގޮތުން ވިދާޅުވީ މިއަދު ހޮސްޕިޓަލުގައި އެފަދަ ކަމެއް ހިނގާފައިވާ ކަމާއި އެކަން ހިނގާދިޔަ ގޮތް ބަލަމުން ގެންދާ ކަމަށެވެ.

"އިތުރު މައުލޫމާތެއް މިވަގުތަށް ދެވެން ނެތް،" ފޯނުން ޖަވާބު ދެއްވަމުން ދާއޫދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރު ތިން އަތޮޅުން ވެސް ގިނަ އަދަދެއްގެ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެކެވެ. ގިނަ ބަޔަކު ވިހެއުމަށް ވެސް އެ ހޮސްޕިޓަލް އިހުތިޔާރު ކުރާއިރު، ކޮވިޑްގެ ތެރޭގައި މާލެ އަތޮޅުން ވެސް މީހުން ވިހެއުމަށް އެ ހޮސްޕިޓަލަށް ގޮސްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox