ތިން މަސް ފަހުން ގުރައިދޫ މަރުކަޒަށް ނަރުހުން ހަމަޖައްސައިފި

ގުރައިދޫ މަރުކަޒުގައި ބަލި މީހުންތަކެއް: އެ މަރުކަޒަށް ދެ ނަރުހުން ވަނީ ހަމަޖައްސައިފައި-- ފޮޓޯ: ގުރައިދޫ މަރުކަޒު

ގުރައިދޫ މަރުކަޒުގައި ބަލި މީހުންތަކެއް: އެ މަރުކަޒަށް ދެ ނަރުހުން ވަނީ ހަމަޖައްސައިފައި-- ފޮޓޯ: ގުރައިދޫ މަރުކަޒު

ސިކުނޑީގެ އެކިއެކި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓަމުން އަންނަ ކ. ގުރައިދޫ މަރުކަޒުގައި ސިއްހީ ހިދުމަތްތެރިއަކު ނެތްތާ ތިން މަސް ފަހުން، އެތަނަށް ދެ ނަރުހުން ހަމަޖައްސައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބަލަހައްޓާ އެ މަރުކަޒަށް މިދިޔަ ބުދަ ދުވަހު އިންޑިއާގެ ދެ ނަރުހުން ހަމަޖައްސައި ދިނީ ހެލްތު މިނިސްޓްރީންނެވެ. ރާއްޖެއަށް މުޅިން އަލަށް ގެނައި އެ ދެ ނަރުހުން މިހާރު ތިބީ ގުރައިދޫގައި ކަރަންޓީނުގަ އެވެ.

ގުރައިދޫ މަރުކަޒުގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޑޮކްޓަރަކު ނެތެވެ. އަދި ޖެނުއަރީ 18 ވަނަ ދުވަހުން ފެށިގެން ނަރުހަކު ނެތެވެ. އެ މަރުކަޒުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރަކު ނެތި ވެސް އަހަރަކަށް ވުރެން ގިނަ ދުވަސް ވެއްޖެ އެވެ. މިހާ ދުވަހު އެ މަރުކަޒުގެ މީހުން ޑޮކްޓަރަށް ދައްކަމުން އައީ ގުރައިދޫގައި ހުންނަ ސިއްހީ މަރުކަޒަށެވެ.

ގުރައިދޫ މަރުކަޒުގެ ސީއީއޯ ޔޫޝައު ޝިހާން، "އަދަދު" އަށް މިއަދު ވިދާޅުވީ ދެ ނަރުހުން ހަމަޖެހުނީ ނައިބު ރައީސް ފައިސަލް ނަސީމާއެކު ބޭއްވި ތިން ބައްދަލުވުމަށް ފަހު ނަރުހުންނާއި ޑޮކްޓަރެއް އެ މަރުކަޒަށް ހަމަޖައްސައި ދިނުމަށް ނައިބު ރައީސް ހެލްތު މިނިސްޓްރީއަށް އެންގެވުމުން ކަމަށެވެ.

އަންނަ ހަފުތާގެ ތެރޭގައި އާއްމު ބަލިތަކުގެ ޑޮކްޓަރަކު ވެސް ހަމަޖެހޭނެ ކަމަށް ޝިހާން ވިދާޅުވި އެވެ.

ޝިހާން ވިދާޅުވީ އެ މަރުކަޒުގައި އެންމެ ގިނައީ ނަފްސާނީ ބަލީގެ ފަރުވާ ބޭނުންވާ މީހުންނަށްވާއިރު ސައިކޭޓްރިސްޓެއް ނެތުމުން ގިނަ ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ. ސައިކޭޓްރިސްޓެއް ހަމަޖެހޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުރައިދޫ މަރުކަޒުގައި މިހާރު މީހުން ތިބި އަދަދަށް ބަލާއިރު އެތަނުގައި ހަ ނަރުހުން ތިބެން ޖެހެ އެވެ. ނަމަވެސް މީން ދުވަހަކުވެސް އެއް ފަހަރާ އެ އަދަދަށް އެމަރުކަޒުގައި ނަރުހުން ނުތިބެ އެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން އުމުރުން ދުވަސްވީ, އަޅާލާނެ މީހަކު ނެތް 197 މީހުން ގުރައިދޫ މަރުކަޒުގައި މިހާރު ވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ނަފްސާނީ މައްސަލަތައް ހުރި 158 މީހުންނާއި އުމުރުން ދުވަސްވީ 39 މީހުން ހިމެނެ އެވެ.

ޝިހާން ވިދާޅުވީ ބޭނުންވާ އަދަދަށް ނަރުހުން ނެތް ނަމަވެސް އެ މަރުކަޒުގައި މަސައްކަތް ކުރާ ތަޖުރިބާކާރު އެޓެންޑެންޓުންގެ އެހީތެރިކަމާއެކު ބަލި މީހުންގެ ކަންކަން ބަލަހައްޓަމުން އަންނަ ކަމަށެވެ.

"މި އަންނަ ނަރުހުންނަށް ވުރެވެސް އެ އެޓެންޑެންޓުން އެހީ ބޮޑު. އެއީ މިތާ މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ބައެއް،" ޝިހާން ވިދާޅުވި އެވެ.

ގުރައިދޫ މަރުކަޒުގައި ސިއްހީ ހިދުމަތްތެރިއެއް ނެތި ގިނަ ދުވަސްތަކެއް ވުމުން އެކަން މަޖިލީހުން ވެސް ވަނީ ބަލައިފަ އެވެ. މަޖިލީހުގައި ޖެންޑާއިން ބުނީ ސިއްހީ ހިދުމަތްތެރިން ހޯދަން ދަތީ ކަމަށެވެ. ސިއްހީ އެހީތެރިއެއް ނެތި ލަސްވި މައްސަލައިގެ ޒިންމާ ނަގާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox