އިންތިހާބު ކުރިއަށް، ގިނަ ގައުމުތަކެއްގެ މަންދޫބުންނާއެކު ޝާހިދުގެ ބައްދަލުވުމެއް

ޝާހިދު މީގެކުރިން ސަފީރަކާ ބައްދަލު ކުރައްވަނީ: އިންޑިއާގައި ގިނަ ގައުމުތަކެއްގެ މަންދޫބުންނާ ބައްދަލު ކުރެއްވި --

ޝާހިދު މީގެކުރިން ސަފީރަކާ ބައްދަލު ކުރައްވަނީ: އިންޑިއާގައި ގިނަ ގައުމުތަކެއްގެ މަންދޫބުންނާ ބައްދަލު ކުރެއްވި --

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގިނަ ގައުމުތަކެއްގެ މަންދޫބުންނާ ނިއުދިއްލީގައި މިއަދު ބައްދަލު ކުރައްވައިފި އެވެ.

އަންނަ ޖޫން މަހު، އާންމު މަޖިލީހުގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަނީ އަބްދުﷲ ޝާހިދާއި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލެވެ.

އިންތިހާބު އިއުލާންކޮށްފައިވަނިކޮށް މިނިސްޓަރު ޝާހިދު ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވާފަ އެވެ. މި ދަތުރުފުޅުގެ މައިގަނޑު މަގުސަދު ފޮރިން މިނިސްޓްރީން ހާމަކޮށްފައިނުވީ ނަމަވެސް ދަތުރުފުޅުގައި އިންޑިއާގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށް ވަނީ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެގޮތުން އެއް ދުވަހުގެ ދަތުރުފުޅުގެ އަޕްޑޭޓް ދެއްވަމުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އޭނާ މިއަދު ވަނީ އިންޑިއާގައި ތިއްބެވި 16 ގައުމެއްގެ މަންދޫބުންނާއި ހަތް ގައުމެއްގެ އެމްބެސެޑަރުންނާ ބައްދަލު ކުރައްވާފަ އެވެ.

ޝާހިދު ބައްދަލު ކުރައްވާފައިވަނީ ޗެކްރިޕަބްލިކް، ސްލޮވަކް ރިޕަބްލިކް، ޖޯޖިއާ، ޔޫކްރެއިން، ރޮމޭނިއާ، ސީބިއާ އަދި ހަންގޭރީގެ އެމްބެސެޑަރުންނާ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި، ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަކީ އެންމެ އިސްކަންދޭ ކަމެވެ.

އެފެރިކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ވެސް ފާހަގަ ޝާހިދުގެ ޓުވީޓްގައި ފާހަގަ ކުރެއްވި އެވެ. އޭނާގެ ޓުވީޓްގައިވާ ގޮތުން، އެކިއެކި ދާއިރާތަކާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރެއްވީ، އެފެރިކާގެ ނުވަ ގައުމު ކަމަށްވާ އަލްޖީރިއާ، މޮރޮކޯ، ސެނެގަލް، ޓިއުނީޝިއާ، ޔުގެންޑާ، ޒެމްބިއާ، ރުވަންޑާ، ގިނީ އަދި ނަމީބިއާގެ މަންދޫބުންނާ އެވެ.

އޭގެއިތުރުން ދެން ބައްދަލު ކުރެއްވީ، ޔޫރަޕްގެ ހަތް ގައުމު ކަމަށްވާ އޮސްޓްރިއާ، ބެލްޖިއަމް، ސައިޕްރަސް، އަޔަލެންޑް، މާލްޓާ، ސްވެޑެން، ޑެންމާކް، އައިސްލޭންޑް އަދި ޕޯޖުގަލްގެ މަންދޫބުންނާ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެ ބޭފުޅުންނާއެކު މަޝްވަރާ ކުރެއްވީ އެކިއެކި ދާއިރާތަކާއި ކޮވިޑުން އަރައިގަތުމާ ގުޅޭ ގޮތުންނެވެ.

އިންޑިއާގައި ހުންނަވައި، ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝްއާ ފޯނުން ގުޅުއްވައި ވެސް ވަނީ މަޝްވަރާތަކެއް ޝާހިދު މިއަދު ކުރައްވާފަ އެވެ. އެކަން ހާމަ ކުރައްވަމުން ޝާހިދު ކުރެއްވި ޓުވީޓްގައި ލަންކާ އާއި ރާއްޖޭގެ ގުޅުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، އެ ގައުމަށް ތައުރީފު ކުރައްވާފައިވެ އެވެ.

މި ދަތުރުފުޅުގައި ޝާހިދު، އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރުއާ ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވާއިރު އަދި އެ ބައްދަލުވުން ބާއްވާފައެއް ނުވެ އެވެ.

ޝާހިދު، އިންޑިއާގައި ގިނަ ގައުމުތަކެއްގެ މަންދޫބުންނާ ބައްދަލު ކުރައްވާފައިވާއިރު، އާންމު މަޖިލީހުގެ ރައީސް ހޮވުމުގެ އިންތިހާބުގައި އިންޑިއާގެ ތާއިދު ޝާހިދުއާ ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އދ. އާންމު މަޖިލީހުގެ ރައީސުން އިންތިހާބު ކުރަނީ ރޮޓޭޝަނުގެ އުސޫލުންނެވެ. މިގޮތުން، އިންތިހާބުކުރަނީ ކޮންމެ އަހަރަކުވެސް އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅެކެވެ. މިފަހަރު ފުރުސަތު ލިބުނީ އޭޝިއާ ޕެސިފިކް ގައުމުތަކަށެވެ.

މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފައި އެވެ.

މި މަގާމަށް ރާއްޖޭން ޝާހިދު ގެނައުމަށްޓަކައި ކެމްޕެއިން ކުރުމަށް މި އަހަރުގެ ބަޖެޓްގައި ވެސް ފައިސާ ވަނީ ހިމަނާފަ އެވެ.

އދ. އާންމު މަޖިލީހުގައި މެންބަރު ހުރިހާ 193 ގައުމު ބައިވެރިވެ އެވެ. މި މަޖިލީހަކީ އދ. ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ކަނޑައަޅާ ފަރާތެވެ. އަދި މި މަޖިލީހުގައި މެންބަރު ހުރިހާ ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ވެސް މަސައްކަތް ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox