އިރާނުން ޔުރޭނިއަމް މުއްސަނދި ކުރަނީ ސުލްހަވެރި ބޭނުމަކަށް ނޫން: ސައުދީ އަރަބިއްޔާ

އިރާނުގެ ނިއުކްލިއާ ފެސިލިޓީއެއްގައި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހަމަނާއީ-- ފޮޓޯ: އީޕީއޭ

އިރާނުގެ ނިއުކްލިއާ ފެސިލިޓީއެއްގައި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހަމަނާއީ-- ފޮޓޯ: އީޕީއޭ

ޔުރޭނިއަމް މުއްސަނދި ކުރުން 60 ޕަސެންޓު "ޕިޔުރިޓީ" އަށް އިތުރު ކުރަން އިރާނުން ނިންމީ ސުލްހަވެރި ބޭނުމެއްގައި ނޫން ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ގެންނަމުންދާ ބަދަލުތަކާ މެދު ކަންބޮޑުވާ ކަމަށާއި ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށް ގޮވާލާ ކަމަށެވެ.

އޭގެ އިތުރުން ނިއުކްލިއާ ޕްރޮގްރާމުގެ މަޝްވަރާތަކުގައި ސީރިއަސްކޮށް ބައިވެރިވެ، ސުލްހައަށް އިސްކަން ދިނުމަށް ވެސް ދައުދީ ބަޔާނުގައި ގޮވާލާފައިވެ އެވެ.

Advertisement

އިރާނުގެ އެންމެ އިސް ނިއުކްލިއާ ނެގޯޝިއޭޓަރު އައްބާސް އަރަގްޗީ އިއްޔެ ވިދާޅުވީ ޔުރޭނިއަމް މުއްސަނދި ކުރުން 60 ޕަސެންޓު "ޕިޔުރިޓީ" އަށް އިތުރު ކުރާނެ ކަމަށެވެ.

އޭނާ އެހެން ވިދާޅުވެފައި ވާއިރު، އިރާނުގެ ނަތާންޒް ނިއުކްލިއާ ފެސިލިޓީއަށް ދިން ސައިބާ ހަމަލާއެއްގެ ސަބަބުން އެ ގައުމާއި އިޒްރޭލުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އަރަގްޗީއާ ހަވާލަދީ އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ 60 ޕަސެންޓަށް ޔުރޭނިއަމް މުއްސަނދި ކުރަން ނިންމާ، އެކަން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީއަށް ވެސް އަންގާފައިވާ ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހަމަނާއީ ވިދާޅުވީ އެ ގައުމުން ބޭނުން މިންވަރަކަށް ޔުރޭނިއަމް މުއްސަނދި ކުރެވެން ޖެހޭނެ ކަމަށެވެ.

އިރާނާއި ދުނިޔޭގެ އެންމެ ބާރުގަދަ ހަ ގައުމާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އިރާނަށް ޔުރޭނިއަމް މުއްސަނދި ކުރެވޭނީ 3.67 ޕަސެންޓަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox