ރޮޒައިނާ ހިއްސާވާ ކުންފުންޏަށް ކްލިނިކު ހިންގަން ދިނުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ރޮޒައިނާ މަޖިލީހުގެ ތަޅުގައި: އޭނާގެ ކުންފުންޏަށް ކްލިނިކު ހަވާލު ކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީއިން ވަނީ ނިންމާފައި

ރޮޒައިނާ މަޖިލީހުގެ ތަޅުގައި: އޭނާގެ ކުންފުންޏަށް ކްލިނިކު ހަވާލު ކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީއިން ވަނީ ނިންމާފައި

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑަށް ހުޅުމާލޭގައި ކްލިނިކެއް ހިންގަން ހަވާލު ކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައިފި އެވެ.

"ހެލްތު އެންޑް ވެލްނަސް ސެންޓަރު"ގެ ނަމުގައި ހުޅުމާލޭގައި ކްލިނިކެއް ހިންގުމަށް ޑީވައިއެމްއާ ހަވާލުކުރި މައްސަލަ ބޮޑުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރުހުންފާޅު ކުރެއްވުމާ އެކު އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ޑީވައިއެމް ކުންފުންޏަކީ އެކަމަށް ޝަރުތު ހަމަވާ ކުންފުންޏެއް ނޫނެވެ. އެ ކުންފުންޏާ ކްލިނިކް ހަވާލުކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ނާޖައިޒު ނުފޫޒުން ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

ރޮޒައިނާ އެކަން ދޮގު ކުރައްވައި ވިދާޅުވެފައިވަނީ ވިޔަފާރި ކުރައްވަނީ ފާޅުގައި ކަމަށާއި ހުށަހެޅުއްވީ ޝަރުތު ފުރިހަމަވާ ބިޑެއް ކަމަށެވެ.

"އެންމެ ބޮޑު އަގެއް ބިޑެއް ހުށަހެޅީ ޑީވައިއެމުން، އެހެންވީއިރު އެ ކަމުގައި ފައްޔާޒަށް ގުޅައިގެން ނުފޫޒު ފޯރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ރޮޒައިނާ ވިދާޅުވެފައިވެ އެވެ.

މި އަރައިރުން ބޮޑުވުމާ އެކު މައްސަލަ އޭސީސީ އަށް ބަޔަކު ހުށަހެޅީ އެވެ.

އޭސީސީގެ ތަހުގީގަށް ފަހު މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ ކްލިނިކު ހަވާލުކުރާނެ ފަރާތެއް ހޯދުމަށް އެޗްޑީސީންކުރި ދެ އިވެލުއޭޝަންގައި ވެސް ދެ ފަހަރު ދެ ގޮތަކަށް ނިންމާފައިވާ ކަމާއި އެހެންވެ އަލުން އިވެލުއޭޝަން ފުރިހަމަކޮށްގެން ކުރިއަށް ގެންދަން ފެންނަ ކަމަށެވެ.

"...އެހެންނަމަވެސް، މިކަމުގައި ގަސްތުގައި ވަކި ފަރާތަކަށް ނާޖައިޒު ފައިދާއެއް ލިބިދީ، ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައެއް ނުވޭ،" އޭސީސީގެ ނިންމުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލައަކީ ތަހުގީގު ކުރަން ޖެހޭ މައްސަލައެެއް ނޫން ކަމަށް ކަނޑައަޅައި، އެކަން އެޗްޑީސީއަށް ވަނީ އަންގައިފަ އެވެ.

ސިޔާސީ މަޝްރަހުގައި މި މައްސަލަ އެހާ ހޫނުވެގެން ދިޔަ ސަބަބަކީ، ރޮޒައިނާގެ ކުންފުންޏާ ވާދަކޮށްފައިވާ އަނެއް ކުންފުންޏަކީ ވެސް އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް ދެ މެންބަރެއްގެ ކުންފުންޏަކަށް ވުމެވެ. ނަޝީދާއި ފައްޔާޒާ ދެމެދު، ހިޔާލު ތަފާތުވުން ބޮޑުވެފައިވަނީ ވެސް ބައެއް މަޖިލިސް މެންބަރުންނަށް ފައިދާވާ ގޮތަށް ފައްޔާޒު ކަންކަން ބައްޓަން ކުރައްވަމުންދާ ކަމަށް ނަޝީދު ތުހުމަތު ކުރައްވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox